އާބަންކޯ އެޕްލިކޭޝަން
ވިޔަފާރި
02 Apr 2023 | 21:43
ޚިދުމަތް ލުއިފަސޭހަކުރަން އަރބަންކޯ އިން އެޕްލިކޭޝަނެއް

އާއްމުންނަށް ދޭ ޚިދުމަތްތައް ލުއިފަސޭހަކުރުމަށް އަރބަންކޯއިން "އަރބަންކޯ އެޕްލިކޭޝަން"ގެ ނަމުގައި އެޕެއް ތައާރަފްކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެ ކޯޕަރޭޝަންގެ ނަން އަރބަންކޯ އަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. 

އާބަންކޯއިން އަބަދުވެސް މަސައްކަތް ކުރަނީ އެ ކޯޕަރޭޝަނާއި ރައްޔިތުންނާ މެދު އޮތް ގުޅުން ބަދަހިކޮށް، އެ ކޯޕަރޭޝަނުންދޭ ޚިދުމްތައް ރައްޔިތުންނަށް ހޯދުމަށް ލުއިފަސޭ ކޮށްދީ ދެފުށް ފެންނަ ރައްޔިތުންނާ ގާތުން ޚިދުމަތްދޭ ތަނަކަށް އެތަން ހެދުމަށް ކަަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. 

މި އަމާޒަށް ވާސިލްވުމަށްޓަކާ އަރބަންކޯއިން "އަރބަންކޯ އެޕްލިކޭޝަން" ގެ ނަމުގައި އެ ކޯޕަރޭޝަންގެ ޚިދުމަތްތައް ހޯދޭނެ އެޕްލިކޭޝަނެއް ތައާރަފްކޮށްފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ. 

މި އެޕްލިކޭޝަންގެ ތެރެއިން އާންމުންނަށް ވަގުތުން މައްސަލަތައް ރިޕޯޓުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާއިރު އެ ކޯޕަރޭޝަންގެ މަސައްކަތްތައް ބަލާލުމާއި، އިވެންޓްތައް ބަލާލުން، ބެލެންސް ޗެކްކޮށްލުން ފަދަ ހުރިހާ އާންމު ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ. 

ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަން އަރބަންކޯއަށް ބަދަލުކޮށްފައިވަނީ ކޯޕަރޭޝަން އިތުރަށް ފުޅާކޮށް، އިތުރު ޚިދުމަތްތަކަށް ވަނުމަށެވެ. ހަމައެކަނި ހުޅުމާލެއަށް ޚިދުމަތް ދެމުން އައިސް، "ބިޔޯންޑް ހުޅުމާލޭ"ގެ ފުޅާ ވިސްނުމާއެކު މިހާރު އެ ކުންފުނީގެ ދަށުން ކުޑަގިރި އާއި ތިލަފުއްޓާއި ގުޅީފަޅުގެ މަސައްކަތާއެކު މަޑުމަޑުން މުޅި ރާއްޖެއަށް ޚިދުމަތްދޭ ކޯޕަރޭޝަނަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.