އިޒްރާއިލް ސިފައިން ޖާރުއްސަލަމްގައި ހަތިޔާރާއި އެކު ހަރަކާތްތެރިވަނީ
ދުނިޔެ
02 Apr 2023 | 23:15
ފަލަސްޠީނުގެ ޒުވާނަކަށް ހަމަލާދީ ޝަހީދުކޮށްލައިފި

އިޒްރާއިލް ސިފައިން ފަލަސްޠީނުގެ 24 އަހަރުގެ ޒުވާނެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފިއެވެ.

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި އިޒްރާއިލް ސިފައިން ބަޑިޖަހައި ޝަހީދުކޮށްލައިފައިވަނީ މުޙައްމަދް ރައީދް ބަރާދިޔާ ނަމަކަށް ކިޔާ ޒުވާނެކެވެ. އިޒްރާއިލް ސިފައިން ބުނެފައިވަނީ މުޙައްމަދު ގެ ގަޔަށް ބަޑިޖަހައި ހަމަލާދިނީ އޭނާ ދުއްވަމުން ދިޔަ ކާރުން އިޒްރާއިލްގެ ސިފައިންގެ ބަޔެއްގެ ގައިގައި ޖެއްސުމުން ކަމަށެވެ.

މަންޒަރު ދުށް މީހަކު ވަފާ ނިއުސް އެޖެންސީ އަށް ބުނެފައިވަނީ 24 އަހަރުގެ މުޙައްމަދު ގަޔަށް ބަޑިޖަހައިފައިވަނީ އޭނާ އޭނާގެ ކާރު ތެރޭގައި ހުއްޓައި ކަމަށެވެ. އަދި ބަޑި ޖަހައި ޒަހަމްކޮށްލުމަށް ފަހު ފަރުވާ ދިނުމަށް އަވަސްފަރުވާ ދޭ މީހުން އޭނާ އޮތް ހިސާބަށް ދިޔުން މަނާ ކުރި ކަމަށެވެ.

"މުޙައްމަދު ގަޔަށް ބަޑިޖަހައި ޒަހަމްވެ ލޭތައް އޮހޮރެމުންދިޔައިރުވެސް ފަރުވާ ދިނަނުދީ ހުއްޓުވި، މަރުވަންދެން އޭނާ ދޫކޮށްލީ" ވަފާ އެޖެންސީގެ ރިޕޯޓަރު ބުނެފައިވެއެވެ.

އިޒްރާއިލް ސިފައިން ބުނެފައިވަނީ މުޙައްމަދު ދުއްވި ކާރުން އިޒްރާއިލްގެ ބައެއްގެ ގައިގައި ޖެއްސުމުގެ ސަބަބުން ތިން މީހަކު އަނިޔާވެ ދެމީހެއްގެ ހާލު ވަރަށް ދެރަ ކަމަށެވެ.

މުޙައްމަދުގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލައިފައިމިވަނީ ޖާރުއްސަލަމްގައި ހުންނަ އަލް އަޤްސާ މިސްކިތުގެ ކައިރީގައި ފަލަސްޠީނުގެ އެހެން ޒުވާނަކު ޝަހީދު ކޮށްލިތާ ގިނަ އިރުތަކެއް ނުވަނީހެނެވެ.

އަޤްސާ މިސްކިތުގެ ކޮމްޕައުންޑްގެ ތެރޭގައި 26 އަހަރުގެ މުޙައްމަދު ޚާލިދް އަލް އޮސައިބީ ގެ ގަޔަށް 10 ފަހަރު ބަޑިޖަހައި ފައިވަނީ އަޤްސާ މިސްކިތަށް އަޅުކަން ކުރަން ދިޔަ ފަލަސްޠީނުގެ އަންހެނަކަށް އިޒްރާއިލް ސިފައިން ފުރައްސާރަ ކުރަން އުޅުމުން އެކަމަށް އޭނާ ހުރަސް އެޅުމުންނެވެ.

ނަމަވެސް އިޒްރާއިލްގެ ޔަހޫދީ ސިފައިން ބުނެފައިވަނީ އޭނާ އަށް ހަމަލާދިނީ ސިފައިންގެ މީހެއްގެ އަތުން ބަޑި އަތުލައި އެމީހުންނަށް ހަމަލާދޭން މަސައްކަތް ކުރުމުން ކަމަށެވެ.

މުޙައްމަދު ޚާލިދް ގެ އާއިލާއިން ވަނީ އޭނާގެ މަރުގެ މައްސަލައިގެ ތަހުޤީޤަށް އެސަރަހައްދުގެ ސެކިޔުރިޓީ ކެމެރާތައް ބަލައިދިނުމަށް އެދިފައެވެ.

މުޙައްމަދު ޚާލިދް އަކީ ދާދި ފަހުން މެޑިކަލް ކޮލެޖުން ދަސްވެނިވި ޑޮކްޓަރެކެވެ.

"އޭނާ އަކީ މަޑުމައިތިރި މީހެއް، އޯގާތެރި މީހެއް، ޑޮކްޓަރުންތަކެއް ހިމެނޭ އާއިލާއަކަށް ނިސްބަތްވާ މީހެއް، އޭނާ އަޤްސާ އަށް ދަނީ އަޅުކަން ކުރަން، އިޒްރާއިލް މީހުން އޭނާ އެމީހުންނަށް ހަމަލާދިނުމަށް މަސައްކަތް ކުރިކަމަށް ބުނުމުން ޤަބޫލެއް ނުކުރެވޭނެ، ހެކި ދައްކާ" މުޙައްމަދު ޚާލިދްގެ އާއިލާ މީހަކު ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.