މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އާސިމް ޙަކީމް--
ހަބަރު
03 Apr 2023 | 10:39
"މިއުޒިކާއި އެކު މަދަހަ ކިޔަމުން، "އަހަރެެން الله ދެކެ ލޯބިވަމޭ" ބުނާއިރު އެ ވެވެނީ ކޮން ލޯތްބެއް؟"

މިހާރަކަށް އައިސް ވަރަށް ގިނައިން މިއުޒިކާއި އެކު މަދަހަ ކިޔަމުން އަންނަތަން ފެންނަ ކަމަށާ، އެ ފަދަ މަދަހަ ތަކުގައި "އަހަރެެން الله ދެކެ ލޯބިވަމޭ" ބުނާއިރު އެ ވެވެނީ ކޮން ކަހަލަ ލޯތްބެއްތޯ ސައުދީ އަރަބިއާގެ އަލް-ޚޯބަރް އަށް އުފަން މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އާސިމް ޙަކީމް ސުވާލުކުރައްވައިފިއެވެ.

މިއުޒިކާއިއެކު މަދަހަ ކިޔުމާއި ގުޅިގެން ޝެއިޚް ދެއްވި ދަރުހެއްގައި ވިދާޅުވީ، ބައެއް މީހުން މަދަހަ ކިޔާއިރު، ޕިޔާނޯ އާއި ވަޔޮލިން އާއި ގިޓާ ޖަހަމުން އެމީހުންގެ މަދަހަ ތަކުގައި "އޭ الله އަހަރެން الله ދެކެ ލޯބިވަމޭ" ކިޔަމުން ދާ ކަމަށެވެ. އެހެންނަމަވެސް އެފަދައިން الله ޙަރާމް ކުރެއްވި ކަމެއް ކުރަމުން އެކަލާނގެ ދެކެ ލޯބިވަމޭ ބުނާއިރު އެ ވެވެނީ ކޮންކަހަލަ ލޯތްބެއް ތޯ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ. 

މިއާއެކު، އޭނާ ވަނީ ބައެއް އެފަދަ މަދަހަ ތަކުގައި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމްއަށް ޘަނާ ކިޔައި، ތައުހީދުގެ ކަލިމަތައްވެސް ތަކުރާރުކޮށް ކިޔަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި އެފަދައިން ކަންކުރުމަކީ الله ސުބުޙާނަހޫވަތަޢާލާގެ ހަނދުމަކުރުންވެސް ފުރައްސާރަ އަކަށް ވެގެންދާފަދަ ކަމެއް ކަމަށާ، އެމީހުން އެފަދައިން ކަންކޮށް މަދަހަ ކިޔަމުން ދަނީ ކުޑަ ފައިސާ ކޮޅަކަށް ކަމަށްވެސް ޝެއިޚު ވިދާޅުވި އެވެ. 

"މިއީ ރަނގަޅު ކަމެއް ނޫން. ރަނގަޅު ވާހަކަ އަކާއި، މާނަ އަކާއި ޢިބުރަތެއް ހުރި ލިރިކްސް ތައް އެއީ ދީނުގައި ހުއްދަ ކަމެއް. އެއާއިއެކު އެއްވެސް މިއުޒިކު ސާމާނެއް ބޭނުންކޮށްގެން ނުވާނެ. އެފަދަ އެއްޗެއް ބޭނުން ކޮށްފިނަމަ އެކަން އެއީ ހަރާމް ކަމެއް. އެއީ އިސްލާމް ދީނެއް ނޫން" ޝެއިޚް ވިދާޅުވި އެވެ. 

ޝެއިޚް މިފަދައިން ދަރުސް ދެއްވާފައިވާއިރު, ދިވެހިރާއްޖޭގައިވެސް މިއުޒިކާއި އެކު މަދަހަތައް ކިޔުން މިހާރު ވަނީ އާއްމުވެފައެވެ. އައުރަ ނިވާ ނުކޮށް، ނުވަތަ ކޮށްގެން ވިޔަސް، މިއުޒިކު ކުޅެމުން، މިއުޒިކުގެ ރާގާއި އެކު މަދަހަ ކިޔަމުންދާ މަންޒަރުތައް ދައުލަތުގެ މީޑިއާ މެދުވެރިކޮށް އަންނަނީ ދައްކަމުންނެވެ. މިފަދަ ކަންކަމާއި ގުޅިގެން ދީނަށް ލޯބިކުރާ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. 

ކޮމެންޓް
އެދުރުބެ2
ކޮބާ މައިމޫނު ބުނަނީ ކީކޭ؟
03 Apr 2023
ކކކ
ވ ރނގޅ ވހކއއ. މފދ ގނ އރޓކލތއ ޕސޓ ކރނ އދނ.
04 Apr 2023
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.