މަދްރަސާ ޢަޒީޒާ
ދުނިޔެ
03 Apr 2023 | 11:36
އިންޑިޔާގެ އެންމެ ދުވަސްވީ މަދްރަސާ ގައި ހުޅުޖަހައި އަންދާލައިފި

އިންޑިޔާގެ ބިހާރް ޝަރީފް ގައި ހުންނަ މަދްރަސާ ޢަޒީޒާ ނަމަކަށް ކިޔާ ދުވަސްވީ މަދްރަސާ އެއް އިންޑިޔާގެ ހިންދޫންގެ ޖަމާޢަތަކުން ހުޅުޖަހައި އަންދައިލައިފިއެވެ.

މި މަދްރަސާ އަކީ އިންޑިޔާގައި ހުރި އެންމެ ދުވަސްވީ މަދްރަސާ ކަމުގައި ބުނެވެއެވެ. މަދްރަސާ އަކީ ޤުރުއާން ހިތުދަސްކޮށްދިނުމާއި ދީނުގެ އެކި އެކި ޙުކުމްތަކާއި ކަންކަން ކުޑަ ކުދިންނަށާއި ބޮޑެތި މީހުންނަށް ދަސްކޮށްދިނުމަށް ޚާއްސަކޮށްގެން ހިންގޭ ތަންތަނަށް ކިޔައި އުޅޭ ނަމެކެވެ.

ބިހާރް ޝަރީފްގައި ހުންނަ މަދްރަސާ ޢަޒީޒާ އަންދާލައިފައިވަނީ ހިންދޫން ފާހަގަ ކުރަމުންދިޔަ އެމީހުންގެ ދީނުގެ މުނާސަބަތެއް ކަމަށްވާ "ރާމް ނަވާމީ" ފާހަގަ ކުރުމުގެ ތެރޭގައެވެ.

މަދްރަސާ އަންދާލުމުގެ ތެރޭގައި އެތަނުގެ އެތެރޭގައި ހުރި 4000 އަށްވުރެ ގިނަ ފޮތް ވަނީ ބޭނުން ނުކުރެވޭވަރަށް އަންދާލައިފައެވެ. އެތަނުގެ އެތެރޭގައި ބޭނުން ކުރެވޭނެ ފަދަ އެއްވެސް އެއްޗެއް ނެތް ކަމަށް ވަނީ ބުނެފައެވެ.

ރަމަޟާން މަހާއި ގުޅިގެން އިންޑިޔާގެ ހައްދުފަހަނަ އެޅި ހިންދޫންގެ ދުއްތުރާތައް ވަނީ ވަރަށް ބޮޑަށް އިތިރުވެގެން ގޮއްސައެވެ. މިސްކިތް ތަކުގައި ނަމާދަށް ތިބޭ ވަގުތު އެމީހުންގެ ދީނުގެ ޝިޢާރުތައް އަޑުގަދަކޮށް ގޮވުމާއި މިސްކިތްތަކަށް އޮއް ގައު އުކުން ފަދަ ކަންކަންވެސް އަންނަނީ ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.