މެމްބަރު އިމްތިޔާޒު އަދި އާރުޑީސީގެ އެމްޑީ މޫކޭ--
ހަބަރު
03 Apr 2023 | 12:21
އާރުޑީސީގެ ތިޖޫރި ފަޅާލުމުގައި އިންތިގެ ބައިވެރިވުން އޮތްކަމަށް ބެލެވޭ: މޫކޭ

ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) ގެ ތިޖޫރި ފަޅާލުމުގައި މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)ގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭކަމަށް އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ތުހުމަތު ކުރައްވައިފި އެވެ.

މޫކޭ މިފަދައިން ތުހުމަތު ކުރައްވާފައިވަނީ ޓްވިޓާގައި ދެބޭފުޅުންގެ މެދުގައި ބަދަލުކުރެވުނު ބަހުގެ ހަމަލާތަކެއްގަ އެވެ.

އެގޮތުން މޫކޭ އަކީ ސަރުކާރު ކުންފުންޏެއް ހިންގުމުގެ ޤާބިލުކަން ނެތް ފަރާތެއްގެ ގޮތުގައި އިންތި ވަނީ ސިފަކުރައްވާފަ އެވެ. އެގޮތުން އިންތި ވިދާޅުވީ އާރުޑީސީ އަކީ އެއް އަހަރުތެރޭ 3 ފަހަރު އެ ކުންފުނީގެ ތިޖޫރި ފަލާލާފައިވާ ކުންފުންޏެއް ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ކުންފުނީގެ ތެރެއިން ބަޔަކު ހިއްސާވެގެން ކަމަށެވެ.

"އެއް އަހަރު ތެރޭ 3 ފަހަރު ތިޖޫރީ ފަޅާލާފައިވާ ތަނެއް ތިޔަ އާރު.ޑީ.ސީ އަކީ. އެތެރެއިން ނޫން ގޮތަކަށް ނޫން އެކަން ވެސް ކޮށްފައިވާނީ"

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)

އިންތިގެ އެ ވާހަކަތަކަށް ރައްދުދެއްވާ މޫކޭ ވިދާޅުވީ އާރުޑީސީގެ ތިޖޫރި ފަޅާލުމުގެ ފަހަތުގައި އިންތި ހިމެނޭކަމަށް ބެލެވޭކަމަށެވެ. ތިޖޫރި ފަޅާލުމުގެ ހަޤީގަތް އެހާ ބޮޑަށް އެނގިވަޑައިގަންނަވާނީ އެކަމުގައި އުޅުއްވާފައިވާތީ ކަމަށް މޫކޭ ވިދާޅުވި އެވެ.

"ބެލެވެނީ އިންތިގެ ބައިވެރިވުމެއް އޮތް ކަމެއް ކަމަށް. އެހެންވެ ތިހާ ބޮޑަށް އެނގިލައްވާނީ"

އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ)

އެމްޑީޕީގެ ތެރޭގައި ދެ ރައީސުންނަށް ތާއީދު ކުރައްވާ މެމްބަރުންގެ މެދުގައި ދެ ފެކްޝަން އުފެދިފައިވާއިރު، އެ ދެ ފެކްޝަނުނުގެ މެމްބަރުން ގެންދަވަނީ އެއްބަޔަކު އަނެއް ބަޔަކަށް ވައްކަމާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.

އެމްޑީޕީގައި ތިއްބެވި ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ގެންދަވަނީ ރައީސް ޞާލިހާއެކު ތިއްބެވި ބޭފުޅުންނަށް ވައްކަމާއި ކޮރަޕްޝަން ހިންގާކަމުގެ ތުހުމަތުތައް ކެނޑިނޭޅި ކުރައްވަމުންނެވެ. އަދި ރައީސް ޞާލިހަށް ދެވަނަ ދައުރެއް ނުދިނުމަށް ވަކާލާތު ކުރަމުންނެވެ.

އަނެއްކޮޅުން ރައީސް ޞާލިހަށް ތާއީދުކުރައްވާ މެމްބަރުން ވިދާޅުވީ މިހާ ދުވަހު ސަރުކާރު ރަނގަޅު ކުރުމަށްފަހު ރިޔާސީ ޕްރައިމަރީން ބަލިވި ހިސާބުން ސަރުކާރު ގޯސްކޮށް ފާޅުގައި ސަރުކާރަށް ދެކޮޅަށް ނިކުތީ ބަލި ގަބޫލު ނުކުރެވެމުން ކަމަށެވެ. އަދި ރައީސް ނަޝީދު ފަޅީގެ ބޭފުޅުން ސަރުކާރުގެ މަޤާމުތަކުގައި ތިބެގެން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ހުރަސްއަޅަމުންދާކަމަށް އެ މެމްބަރުން ދަނީ ބުނަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.