އިޒްރާއިލް ސިފައިން އަލް ހުސެއިނީ ސްޓޭޑިއަމް އަށް ދިން ހަމަލާގެ ސަބަބުން ބަޔަކަށް އަނިޔާވެފައި
ހަބަރު
04 Apr 2023 | 22:44
އޭއެފްސީ އިން އިޒްރާއިލް ސިފައިން ފަލަސްޠީނުގެ ފުޓުބޯޅަ ދަނޑަށް ދިން ހަމަލާ ކުށްވެރިކޮށްފި

އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން އިން އިޒްރާއިލް ސިފައިން ފަލަސްޠީނުގެ އަލް ޙުސެއިނީ ފުޓުބޯޅަ ސްޓޭޑިއަމް އަށް ދިން ހަމަލާ ކުށްވެރިކޮށް ފިއެވެ. 

އިޒްރާއިލް ސިފައިން އިސްވެ ދޭން ފެށި މިހަަމަލާތައް އެސްޓޭޑިއަމް އަށް ދީފައިވަނީ އަބޫ އައްމާރް ކަޕްގެ ފައިނަލް މެޗް ކުޅެވެމުން ދަނިކޮށެވެ. ބަލާތާ އެފްސީ އާއި ޖަބަލް އަލް މުކައްބަރް ފައިސަލް އަލް ހުސެއިނީ އިންޓަރނޭޝަލް ސްޓޭޑިއަމްގައި މެޗު ކުޅެމުން ދަނިކޮށް އިޒްރާއިލް ސިފައިންވަނީ ކަރުނަގޭހާއި ރަބަރު އުންޑައިން ހަމަލާތައްވަނީ ދީފައެވެ. 

މިހަމަލާތަކުގެ ސަބަބުން މެޗް ކުޅެން ތިބި ކުޅުން ތެރިންނާއި މެޗުބަލަން ގޮސް ތިބި ސަޕޯޓަރުންނަށް ވެސް ފަރުވާ ދޭން ޖެހުނެވެ. ކުޑަ ކުދިންނާއި އަންހެނުން ވެސް ހިމެނޭހެން ހާސްވެ ނޭވާލާން އުނދަގޫވުން ފަދަ ކަންކަން ދިމާވެގެން ދަނޑުގެ ދެފާރާތުގަޔާއި ހޮސްޕިޓަލުގައި ވަނީ އެތައް ބަޔަކަށް ފަރުވާދީފައިވެއެވެ. 

އޭއެފްސީ އިން ވަނީ ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރާއިލް ސިފައިން ދެމުންގެންދާ އަނިޔާވެރި ހަމަލާތައް ވަގުތުން ވަގުތައް ހުއްޓާލުމަށް ގޮވައިލައިފައެވެ. އަދި އޭއެފްސީ އޮތީ ފަލަސްޠީނުގެ ފުޓްބޯލް އެސޯސިއޭޝަނާއި ފަލަސްޠީނުގެ ފުޓްބޯޅަ ސަޕޯޓަރުންނާއި އެކުގައި ކަމަށްވެސް އޭއެފްސީ އިން ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.