ރައީސް ޔާމިނަށް ރިޔާސީ ޓިކެޓު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ވޮއިސް
ހަބަރު
04 Apr 2023 | 11:43
އިދިކޮޅުގެ ޖަވާބު: ރައީސް ޔާމީންގެ ފަހަތްޕުޅަށް އަރާވަޑައިގަންނަވާ!

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް އެ ޕާޓީން ވާދަވެރި ސިޔާސީ ޕާޓީ ޕީޕީއެމަށް ފޮނުވި ދައުވަތުގެ ޖަވާބު އިދިކޮޅު އިއްތިހާދު ވަގުތީގޮތުން ހިންގެވުމާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ދެއްވައިފި އެވެ. 

ޖޭޕީއާއެކު ކޯލިޝަން ހަދަން ޕީޕީއެމަށް ދިން ދައުވަތާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއް އެބަހުރިކަމަށެވެ. އެ ބޭފުޅަކީ ޕާޓީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު ކަމަށެވެ. 

އެހެންކަމުން ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގެ ރިޔާސީ ކެންޑީޑޭޓަށް ތާއީދު ނުކުރައްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އެއާއެކު އަބްދުއްރަހީމް ވިދާޅުވީ ޤައުމާއި ރައްޔިތުންނަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުން ރައީސް ޔާމީންގެ ފަހަތްޕުޅަށް އެރުމަށް ދައުވަތުއަރުވާ ކަމަށެވެ. އަދި ޤައުމާއި ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީވެސް ގިނަ ސިޔާސީ ޕާޓީތައް ޕީޕީއެމްގެ ފަހަތަށް އެރުންކަމަށް އޭނާ ވިދާޅުވި އެވެ. 

"ޕީ.ޕީ.އެމް/ޕީ.އެން.ސީ ކޯލިޝަނަކުން އެހެން އެއްވެސް ޕާޓީ އެއްގެ ރިޔާސީ ކެނޑިޑޭޓަކަށް ތާއީދެއް ނުކުރާނެ.މިކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން.ގައުމަށް ހެޔޮ އެދި ވަޑައިގަންނަވާ ބޭފުޅުން މިކޯލިޝަނާ ގުޅިވަޑައިގަންނަވާ.އެއީ ގައުމާ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله

ވ. އާރަށު މުއާމަލާތާއި ގުޅުވާ ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ މިދިޔަ ޑިސެމްބަރު މަހު އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް ކޮށްފައިވީ ނަމަވެސް އެއީ ނުހައްޤުން އިއްވާފައިވާ ހުކުމެއް ކަމަށާއި، ހައިކޯޓުގައި އޮތް އިސްތިއުނާފު މައްސަލަ އެމަނިކޔފާނު ކާމިޔާބު ކުރައްވާނެކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. 

އޭގެ އިތުރުން އެމަނިކުފާނު ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބުކުރައްވާނެ ކަމުގެ ޔަގީންކަންވެސް އޮތްކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. 

އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެހެން ހުރިހާ ސިޔާސީ ޕާޓީއަކުންވެސް ޕީޕީއެމް ފަހަތައް އެރުމަށް އިދިކޮޅުން ވަނީ މީގެ ކުރިންވެސް ގޮވާލާފަ އެވެ. 

ކޮމެންޓް
ބިރުބޮޑު
ރަށްޔިތުންނަށް އަނިޔާ ވެރިވާން ޔާމީނުގެ ކުރިއަށް ވެސް ފަހަތަށްވެސް އަރަން ހެޔޮނުވާނެ
04 Apr 2023
ގުޅޭ ލިޔުންތައް
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.