ޖޭއެމްސީން ފްލެޓު ސަރަހައްދަށް އުކާލާފައި ހުރި ބައެއް ކުނިތައް/ ފޮޓޯ: ވޮއިސް
ހަބަރު
04 Apr 2023 | 18:05
ޖޭއެމްސީގެ ކުނީގެ މައްސަލަ ބޮޑުވެ ކަންބޮޑުވުން ފާޅުކުރުމުން ކުނިތައް ވަޅުލައިފި

ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހައުސިން މަޝްރޫޢު ހިންގުމަށް ހަވާލުކޮށްފައިވާ އިންޑިއާގެ ޖޭއެމްސީ ކުންފުނީގެ މަސައްކަތްތެރިން ފްލެޓުތައް ކައިރިއަށް ކުނިވާ ޒާތުގެ ގިނަ އަދަދެއްގެ ކުނި ޖަމާކުރަމުންދާތީ ހުރި ކަންބޮޑުވުންތައް ފާޅުކުރުމުން ކުނި އުކާލުމުގެ ބަދަލުގައި ގިނަ އަދަދެއްގެ ކުނި ހަމަ އެ ސަރަހައްދުގައި ވަޅުލައިފި އެވެ. 

ޖޭއެމްސީގެ މަސައްކަތްތެރިން ކާން ގެނެސްފައި ހުރި ކުނި ކާއެއްޗެހި ފްލެޓުތައް ކައިރިއަށް އުކާލާފައިވާތީއާއި، އެ ސަރަހައްދަށް ކުނި ޖަމާކުރަމުންދާތީ އެކަން އާންމު ރައްޔިތަކު ވަނީ ކަމާ ބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސްފައެވެ.

އެ ސަރަހައްދަކީ ހިޔާ ފްލެޓުތަކާއި ކައިރި ސަރަހައްދަކަށްވުމުން ކުނި ގިނަވުމުގެ ސަބަބުން ނުބައިވަސް ދުވުމާއި މެހި ގިނަވުމާއި އަދިވެސް އިތުރު އުނދަގޫތައް އާންމުންނަށް ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރިއެވެ. 

އޭގެ އިތުރުން ގިނަ އަދަދެއްގެ ކުނި ރައްކާތެރިކަމާއެކު ނައްތާލުމުގެ ބަދަލުގައި އެއް ސަރަހައްދަކަށް އަޅާފައި ހުރުމަކީ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިގެން ހިނގައިދާނެ ކަމަކަށް ވާތީ އެކަމުގެ ކަންބޮޑުވުން ވެސް އާންމު ރައްޔިތުންވަނީ ފާޅުކޮށްފަ އެވެ. 

ޖޭއެމްސީން ފްލެޓު ސަރަހައްދަށް އުކާލާފައި ހުރި ބައެއް ކުނިތައް

އެކަން މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައި ފަރާތުން "ވޮއިސް" އަށް މައުލޫމާތު ދިން ގޮތުގައި ޖޭއެމްސީން ގާތްގަނޑަކަށް 12 ޓަނުގެ ކުނި ފްލެޓުތައް ސަރަހައްދަށް އުކާފާއި ހުއްޓެވެ. އޭގެ ތެރޭގައި އެ ކުންފުނީގެ މަސައްކަތްތެރިން ކެއުމަށް ގެނައި ހަލާކުވެ ކުނިވެފައި ހުރި ތަކެތިވެސް ހިމެނޭކަމަށް އޭނާ ކިޔައިދިނެވެ. 

އެ ސަހަރައްދުގައި ކުނި އަޅާނެ ޑަސްޓްބިންތައް ވެސް އެކަށީގެންވާ ގޮތެއްގައި ބަހައްޓާފައި ނުހުންނަ ކަމަށާއި، މުޅި ސަރަހައްދަށް ކުނިއަޅައި ގޮނޑުކޮށްފައިވާކަން ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން އަދި އެންވަޔަރުމަންޓު ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ސަމާލުކަމަށްވެސް ގެނެސްފައިވާކަމަށް އޭނާ ކިޔައިދިނެވެ. 

އަދި އެ މައްސަލަ އީޕީއޭއިން ބަލަން ފެށުމާއެކު ޖޭއެމްސީން ގިނަ އަދަދެއްގެ ކުނި އެ ސަހަހައްދުގައި ވަޅުގަނޑެއް ކޮނެ ވަޅުލާފައިވާކަމަށް އެމީހާ ކިޔައިދިނެވެ.  

ޖޭއެމްސީގެ ކުނިތައް ވަޅުލުމަށް ކޮންނަނީ

"ޖޭއެމްސީ މީހުން އުޅޭ އެކޮމޮޑޭޝަން ބްލޮކަށް އަޅުގަނޑު ވަނިން. ކުނިވަސް ދުވާވަރުން އެތަނުގައި ކެތް ނުވޭ. އެމީހުންނަށް ކާންދޭން ގެނެސްފައި ހުންނަނީވެސް ކުނި އެއްޗެހި. ދެން އެ މީހުންގެ ކުނިތައް ގޯނި ގޯންޏަށް އަޅާފަ އުކާފަ މި ހުންނަނީ. ގާތްގަނޑަކަށް 12 ޓަނުގެ ކުނި އެ ސަރަހައްދަށް އުކާލާފައި ހުރި. ދެން އެކަން ސަމާލުކަމަށް ގެނެސް އީޕީއޭއިން މައްސަލަ ބަލަން ފެށުމުން ޖޭއެމްސީ މީހުން މި ކުރި ކަމަކީ ވަޅުގަނޑެއް ކޮނެފަ ކުނިތައް ވަޅުލީ. ވަރަށް މަދު ކުންޏެއް އުކާލީ. ދެން ހަމަ ހުރި ހުރިހާ ކުންޏެއް ވަޅުލީ"

ވޮއިސް އަށް މައުލޫމާތު ދިން އާންމު ރައްޔިތެއް. 

އެ ފަރާތުން ބުނީ އެ މައްސަލަ އީޕީއިން ބަލާނެކަމަށް ބުނި ފަހުން އެ ސަރަހައްދުގައި މިހާރު ޑަސްޓްބިން ވެސް ބަހައްޓާފައިވާކަމަށެވެ. 

އީޕީއޭއިން މައްސަލަ ބަލާނެކަމަށް ބުނުމުން ފްލެޓު ސަރަހައްދުގައި ޑަސްތްބިން ބަހައްޓާފައި 

ކުނިތައް އެ ސަރަހައްދުން ނެގިނަމަ ވެސް ކުނިތައް ވަޅުލާފއިވަނީ ރައްކާތެރިކަމާއެކު ކުނި ނައްތާލުމަށް އަމަލުކުރުމަށް އީޕީއޭއިން އެކުލަވާލާފައިވާ ގަވައިދާއި ޚިލާފަށްކަން ފާހަގަކޮށްލެވެއެވެ. 

އެހާ ގިނަ އަދަދެއްގެ ކުނި އެ ސަރަހައްދުގައި ވަޅުލުމަކީ ވެސް ކަންބޮޑުވާ ކަމެއްގެ ގޮތުގައި އާންމުން ދަނީ ފާހަގަކުރަމުންނެވެ. ވޮއިސްއަށް މައުލޫމާތު ދިން ފަރާތުން ބުނީ އެހާ ގިނަ އަދަދެއްގެ ކުނި ވަޅުލުމަކީ ފެން ތަޣައްޔަރުވުމުގެ މައްސަލަ މުސްތަގުބަލުގައި ދިމާވެދާނެ ކަމެއް ކަމަށެވެ. 

ޖޭއެމްސީން އީޕީއޭގެ ގަވައިދާއި ޚިލާފަށް ކުނި ވަޅުލި މައްސަލަ އެ އިދާރާއިން ދަނީ ބަލަމުންނެވެ. އަދި އެ މައްސަލަ ބަލާ ފިޔަވަޅު އަޅާނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.