އަރަބިއްޔާގެ ދަރިވަރަކު ސްކޫލުން ނުކުމެގެން ދަނީ-- ފޮޓޯ/ މިހާރު
ހަބަރު
04 Apr 2023 | 23:58
"ޢަރަބިއްޔާގެ މޫނުބުރުގާ އަޅާ ދަރިވަރުންގެ ނުރުހުމުގައި މޫނު ނަގުވައި، ޓެރަރިސްޓުންނަށް ވާން ބޭނުމީތޯ ސުވާލު ކުރި"

އަރަބިއްޔާ ސްކޫލުގައި ތައުލީމު ހާސިލުކުރަމުންދާ އަންހެން ދަރިވަރުންގެ ތެރެއިން މޫނު ބުރުގާ އަޅާ ކުދިންގެ މޫނު ބުރުގާ، އެކުދިންގެ ނުރުހުމުގައި ނަގުވައި، އެކުދިން ބޮޑުވެގެން ޓެރަރިސްޓުންނަށް ވާން ބޭނުންވަނީތޯ ސުވާލު ކުރި ކަމަށް ތުހުމަތު ކޮށްފިއެވެ. 

މިފަދަ ތުހުމަތެއް ކޮށްފައި ވަނީ އަރަބިއްޔާގެ ދަރިވަރުންގެ ތެރެއިން މޫނުބުރުގާ އެޅި ދަރިވަރުންގެ މޫނު ބުރުގާ ނެގުމަށް އަންގައި، އެ ކުދިންނާމެދު ތަފާތުކުރުން ގެންގުޅޭ މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައި، އެކަމުގެ ތަފްސީލް ހާމަކުރައްވައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ފޮނުއްވި ސިޓީގައެެވެ.

އެގޮތުން އެ ސިޓީގައި ވިދާޅުވެފައިވަނީ އެ މިނިސްޓްރީއަށް މި މައްސަލަ ހުށަހަޅަން ނިންމީ އަރަބިއްޔާސްކޫލްގައި ތަޢުލީމް ޙާޞިލުކުރަމުންދާ އަންހެންކުދިންގެ ތެރެއިން، މޫނު ކަޝްފުކޮށްގެން މުޖްތަމަޢުގެ ތެރެއަށް ނިކުތުމަށް ޢުޒުރުވެރިވާ ކުދިންގެ ތަޢުލީމްގެ ޙައްޤު ގެއްލޭގޮތަށް ސަރުކާރުން ގަވާއިދުތަކާއި ސިޔާސަތުތައް އެކުލަވާލައްވައި ތަންފީޛުކުރައްވަމުން ގެންދަވާތިއްޔާއި، ސްކޫލްގެ ތެރޭގައި އެކުދިންނާ ދޭތެރޭ ތަފާތުކޮށް ކަންކުރެވެމުންދާތީ، އެކަންކަމުގެ ސަބަބުން އެކުދިންގެ ތަޢުލީމަށް އަދި ނަފްސާނީ ދުޅެހެޔޮކަމަށް ބޮޑެތި ގެއްލުންތަކެއްވެ، އެކުދިންގެ މުސްތަޤްބަލަށް ފޫނުބެއްދޭނޭ ވަރުގެ ގެއްލުންތަކެއް ވަމުންދާތީ ކަމަށެވެ. އަދި ކުޑަކުދިންނާއި އަދި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ އެންމެ އިސް ޒިންމާ ޤާނޫނުން މަތިކޮށްފައިވާ ވަނީ ޖެންޑާ މިނިސްޓްރީ އަށް ކަމަށްވާތީ އެ މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެނައުމަށް ކަމަށެވެ.

އަރަބިއްޔާ ސުކޫލުގެ މޫނުބުރުގާ އެޅި ދަރިވަރުންނާއި މެދު ޢަމަލު ކުރަމުންދާގޮތް ހާމަ ކުރައްވައި އާޒިމާގެ ސިޓީގައި އިތުރަށް ބުނެފައިވަނީ އަރަބިއްޔާގެ މޫނުބުރުގާ އަޅާ ދަރިވަރުން މީގެ ކުރިން އެކަން ކުރަމުންދިޔައީ ލިބިފައިވާ ހުއްދައިގެ ދަށުން ނަމަވެސް، މި ފަހުން އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ވަނީ އެ ކުދިންނާ ބައްދަލުކޮށް މޫނުބުރުގާ ނޭޅޭނެ ކަމަށް އަންގާފައި ކަމަށެވެ. އަދި ސްކޫލުން އެ ކުދިންގެ ބެލެނިވެރިންނާއި ބައްދަލުކޮށް މޫނުބުރުގާ އަޅައިގެން ސްކޫލަށް ނާދެވޭނެ ކަމަށް އަންގާ ސްކޫލުގެ ޔުނީފޯމު ކޯޑުގައި މޫނުބުރުގާ ނުހިމެނޭހެން ސިޓީއެއްވެސް ފޮނުވާފައި ކަމަށް އާޒިމާ ވިދާޅުވެފައި އެވެ.

މީގެއިތުރުން، އެ ސްކޫލުން އަންނަނީ މޫނުބުރުގާ އަޅާކުދިން ވަކިން ކައުންސެލާ ރޫމަށް ގެންގޮސް، ގޭގެ ދިރިއުޅުމުގައި ކަންކަން ހުންނަގޮތާއި، ގޭގެ އިޖްތިމާޢީ ކަންކަމުގެ ވާހަކައާއި ޒާތީ ވާހަކަތައް އަހާފައި ކަމަށާ އެކަމުގެ ސަބަބުން އެ ވާހަކަތައް ސްކޫލް ކުދިންގެ މެދުގައި ދައްކަން ފަށައި، މޫނު ބުރުގާ އެޅި ކުދިންނަށް އެކުދިން ބޭނުންނުވާ ކަހަލަ ސަމާލުކަމެއް ސްކޫލްތެރެއިން ލިބެން ފަށާފައިވާކަންވެސް އާޒިމާ ވަނީ ފާހަގަކުރައްވާފަ އެވެ.

"އަދި މީގެ އިތުރުން، ކުދިން އިމްތިޙާނު ހަދަން ތިއްބައި ހޯލަށް ވަދެ، ކުދިންނަށް މާސްކު ނަގަން އަންގައި، އެކުދިން މޫނު ކަޝްފުވުމުން އިސްދަށަށް ޖެހުމުން، އިސްއުފުލަން އަންގައި އިސްއުފުލަން މަޖުބޫރުކޮށްފައެވެ. މިއީ ކުދިން އިމްތިހާނު ހަދަންތިއްބައި ކުދިންނާ ދޭތެރޭ ކަންކުރެވިފައިވާގޮތެވެ. އަދި ހަމައެއާއެކު، ބައެއް ކުދިންގެ ނިޤާބު އެކުދިންގެ ނުރުހުމުގައި ނެގުމަށްފަހު، މާސްކު އަޅުވުން ފަދަ ޙާދިސާތައް ހިނގާފައި އެބަހުއްޓެވެ."

"އަދި "ތިޔަކުދިން ބޭނުންވަނީ ބޮޑުވެގެން ޓެރަރިސްޓަކަށްވާންހޭ؟" މިފަދަ ވިޔާނުދާ އަދި ކުދިންނާ މުޚާޠަބުކޮށްގެން ނުވާނޭ ބަސްމަގު ބޭނުންކޮށްގެން މުޚާޠަބުކޮށް، ކުދިންގެ އަގުދަށް ކޮށްލާފައި އެބަހުއްޓެވެ." 

މީގެ އިތުރުން އާޒިމާގެ ސިޓީގަައި އިތުރަށް ވިދާޅުވީ، ރާއްޖެއިން ބައިނަލްއަގުވާމީ އެކި މުއާހަދާ ތަކުގައި ބައިވެރިވެ އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދެމުންދާކަމުގެ ބައިނަލްއަގުވާމީ ދުނިޔެއަށް ޔަގީންކަން ދެމުންދިޔަ ނަމަވެސް ދައުލަތުގެ ސިޔާސަތުތައް މިފަދައިން ބެހެއްޓުމަކީ އަންހެނުންގެ ހައްގުގައި ކުރާ ކަމަށް ބުނާ މަސައްކަތްތައް ފަހަތަށް ޖެހޭނެ ކަމެއް ކަމުގައި ދެކޭ ކަމަށެވެ. 

މިއާއެކު އޭނާ ވަނީ ސަރުކާރުގެ ތަޢުލީމުގެ ސިޔާސަތުތައް ބައްޓަންކުރައްވަނީ މޫނު ކަޝްފުކޮށްގެން މުޖްތަމަޢަށް ނިކުންނަން ބޭނުންނުވާ ކުދިންގެ ތަޢުލީމު ލިބިގަތުމުގެ ޙައްޤުތަކަށް އަދި އެނޫންވެސް ކުއްޖެއްގެ ތަޢުލީމުލިބިގަތުމުގެ ޙައްޤަކަށް ގެއްލުމެއްނުވާނޭގޮތުގައި ކަން ޔަޤީންކޮށްދެއްވުމަށް އެދި ޖެންޑަރ މިނިސްޓަރުގެ ކިބައިން އިލްތިމާސް ކުރައްވާފައެވެ. 

ކޮމެންޓް
ސިކްނެސްއެޓްމެކްސް
މީ ތެދެއްނަމަ މިނިވަންކަމޭ ކިޔާ މީހުން މިނިވަން ވަނީ އިސްލާމްދީނާ ދެކޮޅަށް ކުރެވޭ މަސައްކަތަށް އެކަނި، މިނިވަންވީމަ މޫނު އަޅައިގެންވެސް އުޅެވޭނެ، ބުރުގާނާޅާވެސް އުޅެވޭނެ. ޑަބަލް ސްޓޭންޑަޑް ވީމަވާނީ މިހެން،
05 Apr 2023
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.