ވިޔަފާރި
05 Apr 2023 | 10:59
ވިލާ ޓްރޭޑްއިން ކުންފުނި ތަކުގެ މެދުގައި ބާއްވާ ދީނީ ކުއިޒް، "ރޯދަ ޓްރިވިއާ" ފަށައިފި

ވިލާ ޓްރޭޑިންގ އިން ރާއްޖޭގެ ކުންފުނިތަކުގެ މެދުގައި ބާއްވާ އިސްލާމިކް ކުއިޒު މުބާރާތެއް ކަމަށްވާ "ރޯދަ ޓްރިވިއާ" ފަށައިފިއެވެ.

ވިލާ ޓްރޭޑިންގ އިން ބުނީ މި މުބާރާތަކީ، ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި، ކުންފުނިތަކުގައި އިސްލާމްދީނާ ބެހޭ މައުލޫމާތު ފަތުރައި ދީނީ އިލްމު މުއްސަނދި ކުރުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމަށެވެ.

އަދި ވިލާ ޓްރޭޑިންގެ ރަސްމީ މީސް މީޑިއާ ޕްލެޓްފޯމުތަކުގެ ތެރެއިން އިންސްޓަގްރާމް އަދި ފޭސްބުކްގައި ވެސް މި މުބާރާތުގެ ހުރިހާ އެޕިސޯޑުތަކެއް ދައްކާނެ ކަމަށް ވިލާ ޓްރޭޑިންގުން ބުނެއެވެ. އެގޮތުން މި މުބާރާތުގެ ފުރަތަމަ އެޕިސޯޑު ވަނީ މިހާރު ވިލާ މާޓުގެ މީސް މީޑިއާ ޕޭޖްތަކަށް ލާފައެވެ.

"ރޯދަ ޓްރިވިއާ" ގައި ބައިވެރިވި ބައެއް ކުންފުނިތަކުގެ ތެރޭގައި އެލައިޑް އިންޝުއަރެސް ކޮންޕެނީ، އަމާނާ ތަކާފުލް، އެސްޑީއެފްސީ، އެފްޑީސީ، ރާއްޖެ އޮންލައިން، އުރީދޫ މޯލްޑިވްސް، އެމްއެމްއޭ، ވިލާ ޓްރެވަލްސް، ވިލާ ކޮލްޖް އަދި ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގ މި ކުއިޒުން ފެންނާނެ ކަމަށް ވިލާ ޓްރޭޑިންގ އިން ބުނެއެވެ.

ވިލާ ޓްރޭޑިންގ އިން އިތުރަށް ބުނީ، މި ކުއިޒް ކުރިއަށް ގެންދާނީ ރެޕިޑް ފަޔަރ ސްޓައިލްގައި ކަމަށެވެ. އަދި ކޮންމެ ޓީމަކަށް ވެސް ދެވިފައިވާ 1 މިނެޓް 30 ސިކުންތުގެ ތެރޭގައި ވީހާވެސް ގިނަ ސުވާލުތަކަށް ޖަވާބު ދޭން ވާނެ ކަމަށް ބުނެފައި ވެއެވެ.

މި މުބާރާތުގެ އެއްވަނަ ލިބޭ ޓީމަކަށް 4 މީހުންގެ 1 ރޭގެ ރިސޯޓް ދަތުރާއި ދެވަނައަށް ދާ ޓީމަކަށް ސިމްފޯނީ މޯލްޑިވްސް އިން ސްޕޮންސަރ ކުރާ 4 މީހުންގެ ކެއުމާއި، ތިންވަނައަށް ދާ ޓިމަކަށް ވިލާ މާޓުން ގިޕްޓް ވައުޗަރު ލިބިގެންދާނެއެވެ.

ވިލާ ޓްރޭޑިންގް އިން ބުނީ، މި މުބާރާތަކީ ހުރިހާ ބައިވެރިންނަށްވެސް ފޯރިގަދަ އަދި ތައުލީމީ މުބާރާތަކަށް ވާނެކަމަށެވެ. އަދި މީގެ އިތުރުން މުވައްޒަފުންގެ އިލްމް ދައްކާލުމުގެ ފުރުސަތު ލިބި، ރަނގަޅު އިނާމުތަކާއި، އެކު ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން ދަމަހައްޓާނެ މުބާރާތަކަށް ވާނެ ކަމަށްވެސް ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.