އިޒްރާއިލް ސިފައިން އަޤްސާ އަށް ވަދެ ފަލަސްޠީނުގެ މުސްލިމުންނަށް އަނިޔާކުރަނީ, ހައްޔަރު ކުރުމަށް ގިނަ ބަޔަކު ފަހަތައް ކްލިޕް އަޅުވައިފައި
ދުނިޔެ
05 Apr 2023 | 11:35
އަލް އަޤްސާގައި ނަމާދަށް ތިބި ގިނަޢަދެއްގެ ބަޔަކަށް އިޒްރާއިލް ސިފައިން ހަމަލާދީފި

ފަލަސްޠީނުގެ ޖާރުއްސަލަމްގައި ހުންނަ މުސްލިމުންގެ މުޤައްދަސް އެއް  މިސްކިތް ކަމަށްވާ އަލް އަޤްސާ މިސްކިތުގައި ނަމާދުކުރަން ތިބި ފަލަސްޠީނުގެ ގިނަ ޢަދެއްދެއްގެ ބަޔަކަށް އިޒްރާއިލް ސިފައިން ހަމަލާދީފިއެވެ.

ބުދަދުވަހުގެ ފަތިސް ވަގުތުގައި އިޒްރާއިލް ސިފައިން ދިން މިހަމަލާތަކުގައި ފަލަސްޠީނުގެ 7 މީހަކު ވަރަށް ބޮޑަށް ޒަހަމްވެފައި ވާކަމަށް މަންޒަރުދުށް މީހަކު އަލްޖަޒީރާއަށް ބުނެފައިވެއެވެ.

ފަލަސްޠީނުގެ ރެޑްކްރޮސެންޓުން ބުނެފައިވަނީ ހަމަލާތަކުގެ ސަބަބުން ބަޔަކަށް އަނިޔާވި ކަމަށެވެ. ސީދާ ޢަދަދެއް އެމީހުން ހާމަ ކޮށްފައެއް ނުވެއެވެ. އަދި އެމީހުން ބުނެފައިވަނީ ހަމަލާތަކުގައި ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް ޤުދުސް އާއި ހަމައަށް އަވަސްފަރުވާދޭ ފަރާތްތައް ދިޔަނުދީ އިޒްރާއިލް ސިފައިން ހުރަސްއެޅިކަމަށެވެ.

އޭރު މިސްކިތުގެ ހަރިންމަ ތެރޭގައި ޤުރުއާން ކިޔަވަން ހުރި އުމުރުން ދުވަސްވީ އަންހެނަކު ބުނެފައިވަނީ އިޒްރާއިލް ސިފައިން މިސްކިތަށް ވަދެގަނެ ސްޓަން ގްރެނެޑްސް އިން މިސްކިތަށް ހަމަލާދީފައި ވާކަމަށެވެ. އަދި އިޒްރާއިލް ސިފައިންގެ މީހަކު އޭނާގެ މޭމަތީގައި ޖެހުމުގެ ސަބަބުން ނޭވާލާން ދަތިވަމުން ދާކަމަށް  އެމީހާބުނެފައިވެއެވެ.

އިޒްރާއިލް ސިފައިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެމީހުން އަޤްސާއަށް ހަމަލާދިނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު އޮއްގަލާއި ބަޑިބޭސް އަދި ދަނޑިބުރިތައް ހިފައިގެން އަޤްސާތެރެއަށް ވަދެ ފިލައިތިބުމުން ކަމަށާއި، މިލިޓަރީ ރެއިޑަށް މިސްކިތަށް ވަންނަން އުޅުމުން އެ ގްރޫޕުން އެމީހުނަށް އެއެއްޗެހިން ހަމަލާދިން ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް ވާހަކައެއް އެއްވެސް މީޑިއާއެއްގައި ރިޕޯޓު ކޮށްފައެއް ނުވެއެވެ.

އަޤްސާގައި ނަމާދަށް ތިބި މީހުންގެ ގައިގައި އިޒްރާއިލް ސިފައިން ތަޅާ އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ކްލިޕްތައް ދަނީ އިންޓަރނެޓްގައި ދައުރުވަމުންނެވެ. އިޒްރާއިލް ސިފައިންވަނީ ރޭވެސް އަޤްސާގެ ތެރެއިން އެތައް ބަޔަކު ހައްޔަރުކޮށްފައެވެ. 

އިޒްރާއިލް ސިފައިންވަނީ އަލް އަޤްސާގެ އަލް ގިބިއްލީ ނަމާދު ހޯލްގައި ނަމާދަށް ތިބި ފަލަސްޠީނުގެ އަންހެނުންނާއި ކުޑަކުދިނަށްވެސް އެކިވަރުގެ އަނިޔާތައް ދީފައެވެ. ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި އެކުވެއް އިޒްރާއިލްގެ ޔަހޫދީންގެ ދުއްތުރާތައް ފަލަސްޠީނުގެ ޢާންމުނަށް ވަރަށް ބޮޑުވެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.