ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ-- ފޮޓޯ/ މަޖިލިސް
ހަބަރު
05 Apr 2023 | 12:10
"ވަރަށް ސާފުކޮށް މި ދަންނަވަނީ، ބޮމުގެ ހަމަލާގެ މައްސަލާގައި އަޅުގަނޑު ފެއިލްވި ކަމަށް ގަބޫލެއް ނުކުރަން"

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް 2021 ވަނަ އަހަރުގެ މެއި 5 ވަނަ ދުވަހުގެރޭ ދެވުނު ބޮމުގެ ހަމަލާގެ މައްސަލާގައި ދިފާއީ ވަޒީރެއްގެ ހައިސިއްޔަތުން އެކަމުގައި އެއްވެސް އިހުމާލެއް ވާކަމަށް ގަބޫލު ނުކުރައްވާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ. 

މާރިޔާ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު، މާރިޔާއާއި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ޝިޔާމް ވަނީ މާލޭގައި ބޮމެއް ގޮއްވައި، އެ މައުލޫމާތު ލިބި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުނުވުމަކީ ފެއިލްވުންކަމަށް ގަބޫލުނުކުރައްވަންތޯ ސުވާލު ކުރައްވާފަ އެވެ. 

ޝިޔާމްގެ ސުވާލުގެ ޖަވާބުގައި މާރިޔާ ވިދާޅުވީ އެކަމުގައި އޭނާގެ އެއްވެސް ފެއިލިއާއެއް ހިމެނޭކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ފެއިލްވި ކަމަށް، އަޅުގަނޑު ގަބޫލުކުރޭތޯ އެހެން އައްސަވާފައިވާތީ އަޅުގަނޑު ދަންނަވަން، އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ އަޅުގަނޑު ގަބޫލެއް ނުކުރަން،" 

މާރިޔާ އަހުމަދު ދީދީ 

މާރިޔާ އިތުރަށް ވިދާޅުވީ އެއްވެސް ވަޒީރަކު ކުރާ ކަމެއް ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކުން މަޖިލީހުގެ އެއްވެސް މެންބަރަކަށް އެ ވަޒީރަކު ފެއިލްވީ ކަމަށް ގަބޫލުކުރެވޭނަމަ އެ ވަޒީރަކަށް ފިޔަވަޅު އެޅުމުގެ އިހުތިޔާރު ގާނޫނު އަސާސީ އާއި ގާނޫނުން ލިބޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ނަޝީދަށް ހަމަލާދިނީ ގެއިން ނުކުމެވަޑައިގެން ކާރަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ. ދުރާލާ ރާވައި، ގިނަ ދުވަސްތަކެއް ވަންދެން ނަޝީދަށް ފާރަލުމަށް ފަހު ދިން އެ ހަމަލާގެ އެއްވެސް އިންޓެލިޖެންސް މައުލޫމާތެއް ނުލިބޭކަމަށް ގައުމީ ދިފާއީ ބާރުންނާއި ފުލުހުން ވެސް ވަނީ ބުނެފަ އެވެ. އެ މައުލޫމާތު ޑިފެންސް މިނިސްޓްރީއަށް ލިބިފައި ނެތުމަކީ އިންޓެލިޖެންސް ފެއިލިއާއެއްކަން ފާހަގަކޮށް ގިނަ ބަޔަކު މާރިޔާގެ އިސްތިއުފާއަށް ވެސް ގޮވާލި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް