އިންޑިޔާގެ ހައްދުފަހަނަ އެޅި ހިންދޫން އިންޑިޔާގެ މުސްލިމުންނަށް ގޯނާ ކުރަނީ
ހަބަރު
05 Apr 2023 | 14:52
ހިންދޫއިން މުސްލިމުންނަށް އަމާޒުކޮށް ހިންގާ ނަފްރަތުގެ ޢަމަލުތައް އޯއައިސީ އިން ކުށްވެރިކޮށްފި

އިންޑިޔާގެ ހިންދޫން ފާހަގަ ކުރި "ރާމް ނަވާމީ" އޭ ކިޔާ އެމީހުންގެ ދީނީ މުނާސަބަތުގައި ހިންގި ހަރަކާތްތަކުގައި މުސްލިމުންނާއި ދެކޮޅަށް އިންޑީޔާގައި ކުރާ ޢަމަލުތައް ފެނިގެން ހިނގެއްޖެ ކަމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނުން ބުނެފިއެވެ.

އޯއައިސީ އިން މިގޮތައް ބުނުމުން އިންޑިޔާއިން ވަނީ މިކަމާއި ދެކޮޅުހަދައި އޯއައިސީގެ މިވާހަކަ ތަކަކީ ބައިނަލްއަޤްވާމީ މުޖްތަމަޢު އިންޑިޔާ އާއި ދެކޮޅުވެރިކުރުވުމަށް ހިންގާ އެޖެންޑާއެއް ކަމަށްބުނެފައެވެ.

އިންޑިޔާއިން މިކަމަށް ދެކޮޅުހަދައި އޯއައިސީ ގެ ބަސް ކުށްވެރި ކުރި ނަމަވެސް އިންޑިޔާގެ ހިންދޫން ފާހަގަ ކުރި "ރާމް ނަވާމީ" އޭ ކިޔާ މުނާސަބަތުގައި 9 ދުވަހަށް ދެމިގެންދާ ގޮތައް ހިންގި ހަރަކާތްތަކުގައި މުސްލިމުން ދިރިއުޅޭ ހިސާބުތަކުގައި ހިންދޫ ދީނުގެ އެކިއެކި ޝުޢޫރުތައް ފާޅުކުރަމުން އަޑު ގަދަކޮށް ކަނޑިއާއި ދަނޑިބުރި ފަދަ ތަކެތި ހިފައިގެން ހިނގިއިރު ނަފްރަތުން ފުރިގެންވާ ޝުޢޫރުތައް ވަނީ ފާޅުކޮށްފައެވެ. އަދި ބައެއް ހިސާބުތަކުގައި އޮއްގާ އުކައި މުސްލިމުންނަށް އަނިޔާ ދީފައިވެއެވެ. އަދި މުސްލިމުންގެ ގެދޮރާއި ފިހާރަ ތަކުގައި ހުޅުޖަހައިފައިވެސްވެއެވެ.

އިންޑިޔާގެ ލޯކަލް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން މިހަރަކާތް ތަކުގެ ތެރޭގައި ދެމީހަކު މަރުވެފައިވެސްވެއެވެ. އެއީ މުސްލިމުންކަމެއް ނުވަތަ ނޫންކަމެއް ސާފުވެފައެއް ނުވެއެވެ.

އިންޑިޔާގެ ވެސްޓްބަންގާލް، ގުޖްރާތް، އުއްތަރް ޕްރަދޭޝް ފަދަ ސަރަހައްދުތަކުގައި މިފަދަ ހަރަކާތްތަކުގެ ސަބަބުން 100 އެއްހާ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.