ޣަައްޒާ އަށް އިޒްރާއިލް ސިފައިން ހަމަލާދެމުންދިޔަ ވަގުތު
ހަބަރު
05 Apr 2023 | 14:33
އަޤްސާ އަށް ދިން ހަމަލާތަކަށް ފަހު ޣައްޒާ އަށް ހަމަލާދީފި

މަސްޖިދުލް އަޤްސާގައި ނަމާދަށް ތިބި ފަލަސްޠީނުގެ ރައްޔިތުނަށް އަނިޔާކޮށް އެތައްބަޔަކު ހައްޔަރުކުރުމަށް ފަހު އިޒްރާއިލް ސިފައިން ޣައްޒާ އަށް ހަމަލާދީފިއެވެ.

ޣައްޒާއަށް ދިން ހަމަލާތައް އަމާޒުކުރީ ޣައްޒާގެ ހުޅަނގުގައި ހިންގާ މިލިޓަރީ ސައިޓަކަށާއި ނުސްރަތު ރެފިޔުޖީ ކޭމްޕަށް ކަމަށް ޣައްޒާގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު މަރަމް ހުމައިދް ބުނެފައިވެއެވެ.  

މަންޒަރުދުށް މީހަކު ރޮއިޓާސް އަށް ބުނެފައިވަނީ އިޒްރާއިލް ސިފައިންގ ޓޭންކަރުން ޣައްޒާގެ ދެކުނު ބޯޑަރުކައިރީގައި ހަމާސްގެ ހަނގުރާމަ ވެރިން ތިބޭ ތަނަށް ހަމަލާދީފައިވާކަމަށެވެ.

މިހަމަލާތަކުގެ ސަބަބުން މީހަކު ޒަހަމްވެ ނުވަތަ މީހަކު މަރުވިކަމެއް އަދި ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ރޭ ފަތިހު އިޒްރާއިލް ސިފައިން އަލް އަޤްސާއަށް ވަދެގަނެ ރަބަރު ބުލެޓުން ދިން ހަމަލާތަކާއި ކޮޅުފައިނާއި ބަޑިތަކުން ތަޅައި އަނިޔާކުރުމުގެ ސަބަބުން ފަލަސްޠީނުގެ 12 މީހަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އަދި ފަލަސްޠީނުގެ ރެޑްކްރޮސެންޓުގެ އަވަސްފަރުވާ ދޭ ފަރާތްތައް އަޤްސާ އަށް ވަންނަން ކުރި މަސައްކަތް އިޒްރާއިލް ސިފައިން ވަނީ ހުއްޓުވައިފައެވެ.

އިޒްރާއިލް ސިފައިން އަޤްސާ އަށް ވަދެ ނަމާދުކުރަން ތިބި މީހުންނަށް އަނިޔާކުރި މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތަކުން ކްލަބް ތަކާއި ލަޓިބުރި ތަކުން ސިފައިން ފަލަސްޠީނުގެ މީހުން ގައިގައި ތަޅާ މަންޒަރު ފެނެއެވެ. އަދި ވީޑިއޯ ތަކުގައި އަޑުހަރުކޮށް "ޔާﷲ" މިފަދައިން ގޮވާ އަޑުތައްވެސް އިވެއެވެ.

ފަލަސްޠީނުގެ އިސްލާމިކް ޖިހާދުގެ ލީޑަރު ޒިޔާދް އަލް ނަޚާލާމީޑިއާ އަށް ދީފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިއަށްވުރެ ވަރުގަދަ ކުރިމަތިލުން ތަކާއި ހަމަލާތަކަށް، ކުރިއަށް އޮތް ދުވަސްތަކުގައި ފަލަސްޠީނުގެ ރައްޔިތުން ތިބެންވާނީ އަބަދުވެސް ތައްޔާރުވެގެން ކަމަށެވެ.

އިޒްރާއިލްގެ ޔަހޫދީންގެ ސިފައިންގެ ފޯސް މިވަގުތު ހިންގުމާއި ހަވާލުވެހުރީ ފަލަސްޠީނުގެ މުސްލިމުންދެކެ އިންތިހާއަށް ރުޅިއަންނަ މުސްލިމުންނާއި ވަރަށް ދެކޮޅު މީހެއް ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.