މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު -- ފޮޓޯ/ މަޖިލިސް
ހަބަރު
05 Apr 2023 | 15:00
ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ރައީސް ޞާލިހް ބަލިވާނެ ކަމަށް ހިތުގައި އެއްވެސް ޝައްކެތްނެތް: ވަހީދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ބޮޑުތަނުން ބަލިވާނެ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ހުށަހަޅުއްވާފައިވާ، އެމް.ޑީ.ޕީގެ ފުރަތަމަ ވެރިކަމުގައި ރާއްޖޭގެ ދަނޑުވެރިންނަށް ދޫކުރި ދަނޑުވެރިންގެ ސަބްސިޑީ އަލުން އަނބުރާ އިޔާދަކޮށް ދަނޑުވެރި މީހާއަށް ދިނުމަށް ގޮވާލައި ހުށަހަޅާފައިވާ ޤަރާރުގެ އިބްތިދާއީ ބަހުސް ގައި ވާހަކަ ދައްކަވަމުން ވައްޑެ ވަނީ މި ސަރުކާރުގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

އެގޮތުން ވިދާޅުވީ، ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެންނެވީ ޖަޒީރާ ރާއްޖެއެއް ގެނެސް ދިނުމަށް ވަޢުދުވެވަޑައިގެން ކަމަށެވެ. އެގޮތުން، އެމަނިކުފާނުގެ މެނިފެސްޓޯ ގައިވެސް ރާއްޖޭގައި ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއެރުވުމަށް ގިނަ ކަންކަން ކުރައްވާނެ ކަމަށް ލިޔުއްވާފައިވާ ކަން ވަހީދު ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް، މިއަދު ފެންނަމުންދާ މަންޒަރަކީ ރާއްޖެއިން ދަނޑުވެރިކަމާއި މަސްވެރިކަންވެސް ނެތިދާ މަންޒަރު ކަން ފާހަގަކުރައްވައި ވަހީދު ވަނީ ރާއްޖެއަށް ކާށި އެތެރެ ކުރަން ޖެހޭ ހިސާބަށް ދަނޑުވެރިކަން ދަށަށް ގޮސްފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

ކަސްޓަމްސް ގެ އަހަރީ އިންޕޯޓް، ތަފާސްހިސާބު ބަލާލިއިރުގައި، ހަމައެކަނި މިދިޔަ އަހަރު ކާށީގެ އުފެއްދުންތައް ރާއްޖެއަށް އެތެރެ ކޮށްފައި 56.7 މިލިއަން ރުފިޔާއަށް. މި އަހަރުގެ މި ފާއިތުވި ތިން މަސްތެރޭގައި 18 ޓަނުގެ ކާށި ރާއްޖެއަށް އެތެރެ ކޮށްފައި. ޓޫނާ ޕްރޮޑަކްޓްސް، ކަނޑުމަހުގެ، އޭގެ އަދި ބައެއް އެއްޗެހި މިއީ.. އިއްޒަތްތެރި ރައީސް، 17 މިލިއަން ރުފިޔާގެ ކަނޑުމަހުގެ ބާވަތްތައް ރާއްޖެ އެތެރެ ކުރާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ. 

މެންބަރު މުހައްމަދު ވަހީދު 

މިއާއެކު ވައްޑެ ވަނީ ދަނޑުވެރިކަމުގެ ދުވަހާއި ގުޅިގެން ބޭއްވުނު އެކި ޖަލްސާތަކުގައި ރައީސުލްޖުމްހޫރިއްޔާ ދައްކަވާފައިވާ ވާހަކަތަކުގައި އަބަދުވެސް ހުރީ ކަންކަން ކުރަންޖެހޭ ކަމަށް ވިދާޅުވެފައި ކަން ފާހަގަކުރައްވައި އެފަދައިން ޖެހޭ، ޖެހޭ ކިޔުއްވި ނަމަވެސް އެއްވެސް ކަމެއް ކުރެއްވި ތަން ނުފެންނަ ކަމަށް ވިދާޅުވެފައެވެ. 

ވަހީދު ވިދާޅުވީ، ސަރުކާރުގެ ސްޓްރެޓެޖީ ތަކާއި އެކަން ކަން ތަންފީޒު ކުރުމަށް ކުރާނެ ކަންކަން ލިޔެވިފައި ވީ ނަމަވެސް، މި ވީ ހަތަރު އަހަރާއި ބައި ތެރޭގައިވެސް އެއްވެސް "އެކްޝަން" އެއް ނަގައި އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށެވެ. އެގޮތުން އަމަލު ކުރުމުގެ ބަދަލުގައި ރައީސް ޞާލިހު ހުންނެވީ  ކެތްތެރިވެވަޑައިގެން ކަމަށާ، ކަންކަން ކުރިއަރުވައި ރަނގަޅު ކުރުމުގެ ބަދަލުގައި އެމަނިކުފާނު އިސްކުރެއްވީ އަޅާނުލުމާއި އިހުމާލު ވުން ކަމަށްވެސް ވައްޑެ ވިދާޅުވި އެވެ.

"ހަތަރު އަހަރާއި ބައި ވިއިރުވެސް ރައީސް ޞާލިހު އިސްކުރެއްވީ ފަރުވާ ކުޑަ ކަމާއި އިހުމާލު ވުން. ދެން މިވާހަކަ ދެއްކީމާ ދެން މިއަދު އަނެއް ބައްދަލުވުން ބާއްވާފައި ފިޔަވަޅު ކަންނޭނގެ އަޅާނީ. އަޅުގަނޑާއި ދޭތެރޭގައި."

މެންބަރު މުހައްމަދު ވަހީދު 

މިއާއެކު ވައްޑެ ވަނީ މި ދައުރުގެ ބާކީ އޮތް ކުޑަ ދުވަސްކޮޅުގައި ރައީސް ޞާލިހު ގެ މެނިފެސްޓޯގައިވާ ކަންކަން ތަންފީޒުކުރުމުގެ ކުރުމަށް ގޮވާލާފައެވެ. 

"މިވެނި ކަމެއް ކުރަންޖެހެޔޭ، މިވެނި ކަމަކާ ކަންބޮޑުވެޔޭ ކިޔައި ކޮމެންޓްރީ ދޭ އުސޫލުން ވާހަކަ ދެއްކުމުގެ ބަދަލުގައި ދަނޑަށް އަރުއްވައި ކުޅުއްވައިގެން މިކަންކަން ކުރަން އެބަޖެހޭ އުޅުއްވަން. ދެން އަޅުގަނޑުމެންގެ ހިތުގައި ޝައްކެއް ނުހިނގާ، ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު، ބޮޑު ތަފާތަކުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ބަލިވެވަޑައިގަންނަވާނެ ކަމަށް. އެއީކީ ސުވާލެއް ވެސް އޮތް ކަމެއް ނޫން".

މެންބަރު މުހައްމަދު ވަހީދު 

އެހެންކަމުން މިއޮތް ކުރު މުއްދަތުގައި ރައީސް ޞާލިހު ގެ މެނިފެސްޓޯގައިވާ ކަންކަން ތަންފީޒުކުރުމަށް މަސައްކަތް ކުރުމަށް ވައްޑެ ވަނީ ގޮވާލައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.