ހުޅުމާލެ
ހަބަރު
07 Apr 2023 | 04:50
ހުޅުމާލެއިން ބީލަންއުސޫލުން ދިރިއުޅުމަށް ބިން ވިއްކަނީ

ހުޅުމާލެ އިން ބީލަން އުސޫލުން ދިރިއުޅުމަށް ބިން ވިއްކުމަށް ހުޅުވައިލައިފިއެވެ.

އާބަންކޯ އިން ކޮށްފައިވާ އިއްލާނުގައި ބުނެފައިވަނީ ހުޅުމާލެއިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް ޖުމްލަ 15 ބިމެއް "ބިޑް ޕޯޓަލް" މެދުވެރިކޮށް ގަތުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ. އެގޮތުން ބީޗްފްރަންޓުން، 1،270.15 އަކަފޫޓާއި 1،803.28 އަކަފޫޓާއި ދެމެދުގެ ބޮޑުމިން ހުރި ފަސް ބިމަކާއި، ބީޗްސައިޑުން، 2،338.67 އަކަފޫޓާއި 1،644.83 އަކަފޫޓާއި ދެމެދުގެ ބޮޑުމިން ހުރި 10 ބިމެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބީލަން ހުށައަޅާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތު ތަކުގެ ތެރޭގައި ހިމެނެނީ މީލާދީގޮތުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައި ވުން ނުވަތަ ދިވެހި ރާއްޖޭގައި ރަޖިސްޓަރ ކޮށްފައިވާ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވުމެވެ.

ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައިވާ ފުރަތަމަ މަރުހަލާ އަކީ ޝައުގުވެރިވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް(އީއޯއައި) ހުށައެޅުމެވެ. ދެވަނަ މަރުހަލާ އަކީ އީއޯއައި ހުށައަޅައިފައިވާ ބިމަށް ބިޑް ހުށައެޅުމެވެ.

ޝައުގުވެރިވާ ފަރާތްތަކުން، ބީލަމުގެ އުސޫލުން ބިންގަތުމަށް ކުރިމަތިލުމަށް ހަމަޖެހިފައިވަނީ އޮންލައިން ޕޯޓަލް  /https://bids.urbanco.mv މެދުވެރިކޮށެވެ. އެހެންކަމުން، ބިން ގަތުމަށް އެދޭ ފަރާތްތަކުން، ޕޯޓަލް ގައި ރަޖިސްޓްރީ ކޮށް އާބަންކޯއިން ނެރެފައިވާ އިއްލާނުގައި ވާ ކަރުދާހާއި އެއްގޮތަށް ބީލަން ހުށައެޅުމަށް އެއިލާނުގައި ބުނެފައިވެއެވެ.

އަދި އިތުރު މައުލޫމާތު ހޯދުމަށް އާބަންކޯގެ ހޮޓްލައިން 1516 އަށް ގުޅުމަށް ވެސް އިއްލާނުގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.