ލާވާ ކޭކު--
ލައިފްސްޓައިލް
08 Apr 2023 | 12:00
މިއަދު މިއޮތީ ފަހަރި ލައްވާ ތައްޔާރު ކޮށްލަން ރަނގަޅު އެއްޗެއް!

ލާވާ ކޭކަކީ އެ ފެނުމުން ވެސް ކާން ބޭނުންވާހާ މީރު ކޭކެވެ. ރޯދަ ވީއްލާ ގަޑީގައި ފިނި ފިނި ވެނީލާ އައިސްކްރީމް އާއި އެކު ލާވާ ކޭކެއް ކާލުމުން ޔަގީނުންވެސް ހިތްހަމަޖެހުން ލިބޭނެއެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗޮކޮލެޓް ލާވާ ކޭކު ތައްޔާރުކުރާނެ ގޮތެވެ. 

ބޭނުންވާ ތަކެތި:

3 މޭޒުމަތީ ސަމުސާ ފުށް

8 މޭޒުމަތީ ސަމުސާ އަންސޯލްޓެޑް ބަޓަރ

200 ގްރާމް ސެމީ ސްވީޓް ޗޮކްލެޓް ޗިޕްސް

1/4 ޖޯޑު ހަކުރު

1/4 ސައިސަމުސާ ލޮނު

2 ބިސް

2 ބިހުގެ ގޮބޮޅި

1 ސައިސަމުސާ ވެނީލާ އެސެންސް 

ތައްޔާރުކުރާނެ ގޮތް:

1) ކޭކު ފިހާ ކުދި ތަށީގައި ބަޓަރު ކޮޅެއް އުނގުޅާލާފައި އޭގައި ފުށް ވެސް ތުނި ފަށަލައެއް ގޮތަށް އުނގުޅާލާށެވެ. 

2) ތެއްޔަކަށް ކެކިކެކި ހުރި ހޫނުފެން އަޅާފައި އޭގެ މަތީގައި ބިއްލޫރި ތައްޓެއް ބަހައްޓައި ޗޮކްލެޓާއި ބަޓަރު ވިރެންދެން އެއްކުރާށެވެ. މިކްސިން ބޯލް ބަހައްޓާނީ ފެނުގައި ނުޖެހޭ ވަރަށެވެ.

3) އެއަށްފަހު މިކްސަރަކުން ބިހާއި، ގޮބޮޅި އަދި ހަކުރު، މަޑުމަޑު ރީނދޫކުލައެއް އަރަންދެން ގިރާށެވެ.

4) ދެން ކުރިން ވިރުވާފައި ހުރި ޗޮކްލެޓު ހޫނުކޮށް ހުއްޓާ ބިހާއި އެއްކުރާށެވެ. އެއްކުރާނީ ވެނީލާ އެސެންސުވެސް އަޅައިގެންނެވެ.

5) ބިހާއި ޗޮކްލެޓު ރަނގަޅަށް އެކުވުމުން މޭޒުމަތީ ސަމުސަލުގެ ތިން ސަމުސާ ފުށް ވެސް އަޅައި އެއްކުރާށެވެ.

6) ކޭކު ފުށްގަނޑު ހަތަރު ބައިކޮށްފައި ކޮންމެ ބައެއް ކޭކު ފިހާ ކުޑަ ތައްޓަށް އަޅާށެވެ. އަދި އަވަން ހޫނުކުރުމަށްފަހު 220 ޑިގްރީ ގައި ދިހައެއް ނުވަތަ ފަނަރަ މިނެޓު ވަންދެން ފިހެލާށެވެ.

7) ފިހަންވާނީ ކޭކުގެ ބޭރު ރަނގަޅަށް ރޯފިލައި ހަރުކޮށް ހުންނަ ވަރަށް އަދި މެދު މަޑުކޮށް ހުންނަ ވަރަށެވެ.

8) ކޭކު ފިހެވުމުން އެއް މިނެޓު ވަރު ބަހައްޓައި ހިހޫ ކުރުމަށްފަހު ތަށްޓަކަށް ފުށުން ޖަހާށެވެ. އަދި މައްޗަށް އައިސިން ޝުގަރ ކޮޅެއް ފުރޭނުމަށްފަހު، ވެނީލާ އައިސްކްރީމް އާއި އެކު ކާލާށެވެ.

ކޮމެންޓް
ޥަންޑޮލަރު މައިޝޮޕް
އެހެންވިއްޔާ އިމްރާނަށް ޚާއްސަ ކޭކެއްތާ ތީ
08 Apr 2023
ފަހަރި ފިރިމީހާ
ފަހަރި ވާހަކަ ނުވެސް އާދެ ރެސިޕީ އެއްކޮށް ކިޔާ ނިމުނު އިރުވެސް
11 Apr 2023
ގުޅޭ ލިޔުންތައް
26 Jul 2026
އެމްޑީޕީ ވެރިކަމުގައި ރާއްޖޭގައި އޮތީ ޕްރޯ އިސްރާއީލް ޕޮލިސީއެއް: ރައީސް
އިދިކޮޅު އެމްޑީޕީގެ ވެރިކަންތަކުގައި ރާއްޖެއިން އިސްރާއީލާއެކު ގުޅުން ބޭއްވި ކަމަށާ އޭރު ރާއްޖޭގައި އޮތީ ޕްރީ އިސްރާއީލް ޕޮލިސީއެއް ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
26 Jul 2026
ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ރަސްމީ ޖަލްސާގައި މި ޚިދުމަތްތެރީންނަށް ޝަރަފު އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
26 Jul 2026
4 ބޭފުޅަކަށް ދައުލަތުގެ މަތިވެރި ޢިއްޒަތް އަރުވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ހަތަރު ބޭފުޅަކަށް އަރުއްވައިފިއެވެ.
26 Jul 2026
އެމެރިކާ-އީރާނު ހަނގުރާމަ ރަތް ކަނޑާއި ކެސްޕިއަން ކަނޑަށް ފެތުރިއްޖެ
އެމެރިކާ ސިފައިން ހޮނިހިރު ދުވަހު ބުނެފައިވަނީ އީރާނާ ދެކޮޅަށް ކަނޑުގެ މަގުން ހިންގާ ޙިޞާރު "އެއްވެސް ލުޔެއް ނެތި ދެމިއޮތް" ކަމަށެވެ. ނަމަވެސް، ޖެހިޖެހިގެން 13 ރޭ ވަންދެން ދެމުންދިޔަ ހަމަލާތައް ކުއްލިއަކަށް ހުއްޓާލި ސަބަބެއް އެމެރިކާއިން ހާމަކޮށްފައެއް ނުވެއެވެ. މި މުއްދަތުގެ ތެރޭގައި އީރާނުގެ ފަރާތުން އަވައްޓެރި ޤައުމަކަށް ހަމަލާއެއް ދިން ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
26 Jul 2026
އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ރާއްޖެއިން ދަމަހައްޓާނެ
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަން ބަދަހިކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަމާއި އެކަމުގައި ސާބިތުވެ އޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފިއެވެ.
26 Jul 2026
މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވައިފި
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު، ބައިވެރިވެވަޑައިގެންފިއެވެ.
26 Jul 2026
ބައެއް މީހުންގެ ގައިގައި މާ ގިނައިން މަދިރި ހަފަނީ ކީއްވެ؟
ދުނިޔޭގެ ކޮންމެ ތަނަކަށް ދިޔަޔަސް، އެކުގައި އުޅޭ އެހެން މީހުން ދޫކޮށްލުމަށްފަހު ވަކި މީހެއްގެ ގައިގައި މާ ގިނައިން މަދިރި ހަފާ މައްސަލައަކީ ގިނަ ބަޔަކު ކުރާ ޝަކުވާއެކެވެ. ބައެއް މީހުން ބުނާ ގޮތުގައި އެމީހުންނަކީ "މަދިރި ދަމާ މެގްނެޓެއް" ފަދަ ބައެކެވެ.
26 Jul 2026
އަޅުގަނޑުމެންނަށް އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ، މިނިވަންކަން ދެމެހެއްޓުން
ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.