މެމްބަރު ޝަރީފު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
09 Apr 2023 | 21:25
އައްޑޫ ރައްޔިތުންނަށް އެނގޭ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނީ ރައީސް ޞާލިހަށްކަން: ޝަރީފު

އައްޑޫ ސިޓީގެ ތަރައްޤީއާއި ގުޅުންހުރި މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ބޭފުޅަކީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހުކަން އައްޑޫ ރައްޔިތުންނަށް އެނގޭކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ. 

ޝަރީފު ކުރެއްވި ޓްވީޓެއްގައި ދިވެހިރާއްޖޭގެ ތަރައްގީއާއި އައްޑޫ ސިޓީގެ ތަރައްގީ ގުޅި ލާމެހިފައިވާއިރު، އެ ސިޓީ ތަރައްޤީކުރުމަށް ރައީސް ޞާލިހު ގިނަ މަޝްރޫއުތަކެއް ފައްޓަވާފައިވާކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި އައްޑޫގެ ތަރައްގީއަށް މި ސަރުކާރުން ބޮޑު އިންވެސްޓުމަންޓެއް ކޮށްފައިވާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ. 

"އައްޑޫ ބިން ހިއްކުމާ، ގަން އެއާޕޯޓު ތަރައްގީކުރުމަށް 200 މިލިއަން ޑޮލަރާއި، ހައްކެޑެ ތަރައްގީ ކުރުމަށް 145 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހިމެނޭ މަޝްރޫއުތައް އިބްރާހިމް މުޙައްމަދު ޞާލިހުގެ މި ވެރިކަމުގައި ފަށާ ކުރިއަށް އެބަދޭ"

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ)

އެކަންކަން ފާހަގަކުރައްވާ ޝަރީފު ވިދާޅުވީ އެ މަޝްރޫއު ނުހުއްޓި ކުރިއަށް ގެންދެވޭނީ ރައީސް ޞާލިހަށްކަން އައްޑޫ ސިޓީގެ ރައްޔިތުން ޤަބޫލުކުރާ ކަމަށެވެ. އަދި އެ ސިޓީއަށް ލިބެން އޮތް ކުރިއެރުން ހުއްޓޭނެފަދަ އެއްވެސް ގޮތަކަށް އައްޑޫ ރައްޔިތުން އަމަލު ނުކުރާނެކަމަށް ޝަރީފު ވިދާޅުވި އެވެ. 

"އައްޑޫ މީހުންނަށް އެނގޭ މިހާރު އައްޑޫގައި ހިނގަމުންދާ ޕްރޮޖެކްޓުތަކާއި ޕައިޕްލައިނުގައި ރޭވިފައި ހުރި ތަރައްގީގެ ޕްރޮޖެކްޓުތައް ހުއްޓާނުލާ ކުރިއަށް ގެންދެވޭނެ ވެރިޔަކީ ރައީސް ޞާލިހުކަން. އެހެން މީހުން މިހާރުވެސް ދައްކަނީ ދަރަނި ބޮޑުވެގެން މަޝްރޫއުތައް ހުއްޓާލާ ވާހަކަކަން"

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ)

ޝަރީފު އެ ވިދާޅުވީ ރައީސް ޞާލިހަށް ދެވަނަ ދައުރެއް ނުލިބިއްޖެކަމަށް ވާނަމަ އައްޑޫގައި ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ނުގެންދާނެ ވާހަކައެވެ. 

ޝާރިފު އިތުރަށް ވިދާޅުވީ ސަރުކާރުގެ ދަރަނި ބޮޑުވެދާނެތީ މަޝްރޫއުތައް ކުރިއަށް ނުގެންދިއުމަށް ސަރުކާރުގެ ވާދަވެރިން ކެނޑިނޭޅި ގޮވާލާފައިވާއިރު، ކޯވިޑް-19 ގެ އެންމެ ހިތްދަތި ވަގުތުގައިވެސް ރައީސް ޞާލިހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިޔަ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. 

އެމަނިކުފާނަކީ ކޯވިޑް މެނޭޖުކުރުމުގައިވެސް ނަމޫނާ ދައްކަވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވާ ޝަރީފު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށް ވެސް އެންމެ ބޮޑު ހޭދައެއް ކުރައްވާފައިވަނީ ރައީސް ޞާލިހު ކަމަށެވެ. އަދި އެކަން އައްޑޫ ސިޓީގެ ރައްޔިތުން ޤަބޫލުކުރާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.