"ސްޓާފް ނައިޓް"ގައި ގުރުއަތުން ޢުމްރާ ދަތުރު ލިބުނު މުވައްޒަފުން ޢުމްރާއަށް ފުރުން-- ފޮޓޯ/ މާލެސިޓީ ކައުންސިލް
ހަބަރު
09 Apr 2023 | 22:35
މާލެސިޓީ ކައުންސިލް "ސްޓާފްނައިޓް" ގައި ގުރުއަތުން ޢުމްރާ ދަތުރު ލިބުނު މުވައްޒަފުން ޢުމްރާއަށް ފުރައިފި

މާލެ ސިޓީކައުންސިލްގެ ދިގު ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ބޭއްވި "ސްޓާފް ނައިޓް"ގައި ކުރިއަށް ގެންދިޔަ ގުރުއަތުން ޢުމްރާދަތުރުގެ ނަޞީބުވެރި ފަރާތްތަކަށް ހޮވުނު ކައުންސިލްގެ 5 މުވައްޒަފުން ޢުމްރާއަށް ފުރައިފިއެވެ.

މިގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ މާލެސިޓީ ކައުންސިލަށް 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާ، ޙައްޖު އަދި ޢުމްރާގެ އަޅުކަންމިހާތަނަށް އަދާކުރެވިފައިނުވާ ފަރާތްތަކުގެ މެދުގައެވެ.

"ސްޓާފް ނައިޓް"ގައި ގުރުއަތުން ޢުމްރާ ދަތުރު ލިބުނު މުވައްޒަފުން ޢުމްރާއަށް ފުރުން-- ފޮޓޯ/ މާލެސިޓީ ކައުންސިލް

އަގުހުރި އިނާމްތަކަކާއިއެކު މާލެސިޓީ ކައުންސިލްގެ ފުރަތަމަ ”ސްޓާފް ނައިޓް“ ބާއްވާފައިވަނީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ ހެންވޭރު ދަނޑުގައެވެ. ސްޓާފް ނައިޓްގައި މުވައްޒަފުންގެ އަގުވަޒަން ކުރުމަށްއަގުހުރި އިނާމްތަކެއް ވަނީ ދީފައެވެ.

ޢުމްރާ ދަތުރު 5 މުވައްޒަފަކަށް ލިބިފައިވާއިރު މި ދަތުރު ތަކަކީ، ހެޔޮއެދޭ ފަރާތްތަކުން ސްޕޮންސަރކޮށްދީފައިވާ ދަތުރުތަކެކެވެ.

މާލެސިޓީ ކައުންސިލްގެ ސްޓާފް ނައިޓް 2022 ގެތެރެއިން-- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލްގެ ޢުމްރާ ދަތުރުގެ ނަޞީބުވެރި ފަރާތްތަކަށް ހޮވިފައިވަނީ އެސިސްޓަންޓް ކައުންސިލް އޮފިސަރ އައިމިނަތު ތަހުމީނާ، ސީނިއަރ ކައުންސިލް އޮފިސަރ ސުލްތާނާ ހަމީދު، ކައުންސިލް އޮފިސަރ މަރްޔަމް ޒާހިދާ، އަދި އެސިސްޓަންޓް ކައުންސިލް އޮފިސަރ އައިމިނަތު ރަޒާނާ، ގެ އިތުރުންކައުންސިލް އެސިސްޓަންޓް ރަމްލާ އިބްރާހިމް އެވެ.

ކައުންސިލްގެ ސްޓާފް ނައިޓަށް މި ޢުމްރާ ދަތުރުތައް ސްޕޮންސަރ ކޮށްދެއްވާފައިވަނީ ޤިބްލަ ޙައްޖު އެންޑް ޢުމްރާ، ޒަމްޒަމް ޙައްޖު އެންޑް ޢުމްރާ، ލިޓަސް މޯލްޑިވްސް އަދި އޮންދިގޯގެ ފަރާތުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.