ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ/ މަޖިލިސް
ހަބަރު
10 Apr 2023 | 12:10
މަޖިލީހުގައި އިންނެވީ ކޮންސްޓްރަކްޝަން މިނިސްޓަރެއް ނޫންކަން މެންބަރުންނަ ހަނދުމަކޮށްދީފި

މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އިންނެވީ އެޑިއުކޭޝަން މިނިސްޓަރު ކަމަށާ، ކޮންސްޓްރަކްޝަން މިނިސްޓަރެއް ނޫން ކަމަށް، މަޖިލީހުގެ މެންބަރުންނަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަނދުމަކޮށްދެއްވައިފިއެވެ. 

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ އާއި ސުވާލުކުރެއްވުމަށް މެންބަރުންނަށް ވަނީ ފުރުސަތު އަރުއްވާފައެވެ. އެ ފުރުސަތު ގެ ބޭނުން ހިއްޕަވައި ގިނަ މެންބަރުން ކުރައްވާފައިވަނީ، މެންބަރުންގެ ދާއިރާގެ ރަށްތަކުގެ ސުކޫލުތަކުގައި ކުރިއަށްދާ، އަދި ގެންދިޔުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގޮސްފައިވާ ހިސާބާއި ގުޅޭ ސުވާލެވެ. 

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރުވެސް ވަނީ، އެ ސުކޫލުތަކުގައި އިމާރާތް ކުރަމުންދާ އިމާރާތް ތަކުގެ، ކޮންސްޓްރަކްޝަން މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. 

އެކަމާއި ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހަށް މިއަދު ހާޒިރު ކުރައްވާފައިވަނީ އެޑިއުކޭޝަން މިނިސްޓަރު ކަމަށާ، އެ މިނިސްޓަރާއި ސުވާލު ކުރައްވަން ޖެހޭނީ އެ ދާއިރާއިން ކަމަށެވެ. 

"މެންބަރުންގެ އަރިހުގައި އަޅުގަނޑު ދަންނަވާލަން ޖެހޭ، މިއަދު މަޖިލީހަށް ވަޑައިގެން އިންނެވީ އެޑިއުކޭޝަން މިނިސްޓަރު. ކޮންސްޓްރަކްޝަން މިނިސްޓަރެއް ނޫން. އެ މިނިސްޓްރީ އަކާއި ގުޅުންހުރި ކަންކަމާއި ގުޅޭގޮތުން ސުވާލު ކުރައްވަން ޖެހިވަޑައިގަންނަވާނީވެސް. މަޖިލީހުގެ މެންބަރުން ކަންބޮޑުވެލައްވާ ހަމައެކަނި ކަމަކީ ރަށްރަށުގައި ކިހާ މިންވަރަކަށްތޯ ކޮންކްރީޓް އަޅަމުންދާނީ، ބެއްލެވުން ކަމުގައި ވަނީ ނަމަ، މިއަދު ތިޔަބޭފުޅުން ސުވާލުކުރައްވަން ގެންނަވާފައި ތި އިންނެވީ އެކަމާއި ގުޅޭ މިނިސްޓަރެއް ނޫން."

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

މިއާއެކު ނަޝީދު ވަނީ، ދަރިވަރުންގެ އަޚްލާޤާއި އަދި މިނޫންވެސް ތަޢުލީމާއި ގުޅުންހުރި ކަންކަންވެސް އެ މިނިސްޓްރީން ކުރަމުން ގެންދާ ކަނޑ މެންބަރުންނަށް ހަނދުމަކޮށްދެއްވާފައެވެ.  

"މި ދިވެހިރާއްޖޭގެ އެއްލައްކައާއި ގާތްކުރާ އަދަދުގެ ދަރިވަރުންނަށް ތަޢުލީމް ދިނުމާއި، ބެލެހެއްޓުމާއި، އަޚްލާގީ ގޮތުން ރަނގަޅު ޖީލެއް އުފެއްދުމުގައި ހިވާގި މަސައްކަތް ކުރައްވާ ވުޒާރާއެއް އަދި މިނިސްޓަރެއް މިނިސްޓަރަކީ. އަޅުގަނޑު އިއްޒަތްތެރި މެންބަރުންނަށް މިކަން ފާހަގަކޮށްދިނުމުގެ ބޭނުން އޮތް ކަމަށް ދެކެން."

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދުގެ އެ ވާހަކަފުޅަށްފަހުގައިވެސް ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ ކުރެއްވި ސުވާލުގައިވެސް އެ ދާއިރާގެ ސުކޫލެއްގެ އިމާރާތަކާއި ގުޅޭ ސުވާލެއް ކުރައްވާފައެވެ. 

"އިއްޒަތްތެރި ވަޒީރު ބޭނުންފުޅު ނަމަ މިސުވާލު ތަކަށް ޖަވާބު ދެއްވަމުން ގެންދަވާ. ޓިނުގެ އަދަދާއި ކޮންކްރީޓް ގެ އަދަދާއި، ކުޑަ ދޮރުފެ އަދަދާއި ދިޔަ ދޮވީގެ އަދަދާއި މި ބާވަތުގެ ވާހަކަތައް." މެންބަރު އަބްދުލްޣަނީގެ ސުވާލާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވި އެވެ. 

ކޮމެންޓް
ޥަންޑޮލަރު މައިޝޮޕް
މީނަ މިފަދަ މަގާމަކަށް އަދި ތަސައްރަފު ފުދޭ. ސްކޫލްތަކުގެ މަސައްކަތް ހިގަމުންދާ ގޮތް ތައުލީމީ ވަޒީރަށް އެގިފަނެތިއްޔާ ވަޒީރު މަސައްކަތްކުރަނީ ގޭގައިބާ! ލަދެއްވެސްނުގަނޭ ކޯޓްފަޓްލޫން ލައިގެން މިތަންތާ އަގައަރުވަން.
10 Apr 2023
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް