ޖީސީސީގެ ސެކްރެޓަރީ ޖެންރަލް ޖައްސިމް މުޙައްމަދް އަލްބުދައިވީ
ދުނިޔެ
10 Apr 2023 | 12:08
ޖީސީސީ އިން އިޒްރާއިލްގެ ޢަމަލުތައް ކުށްވެރިކޮށްފި

މުސްލިމުންގެ ފުރަތަމަ ޤިބްލަ މަސްޖިދުލް އަޤްޞާ އަށް ގަދަކަމުން ވަދެ ގަނެ އެތަނުގެ ހުރުމަތް ކަނޑައި ގެއްލުންދިން މައްސަލައާއި ގުޅިގެން ގަލްފް ކޯޕަރޭޝަން ކައުންސިލުން ކުށްވެރިކޮށްފިއެވެ. 

ޖީސީސީގެ ސެކްރެޓަރީ ޖެންރަލް ޖައްސިމް މުޙައްމަދް އަލްބުދައިވީ ވަނީ ރަމަޞާން މަސް ފަދަ މަހެއްގައި މަސްޖުދުލް އަޤްޞާ އަށްވަދެ އެތަނުގެ ހުރުމަތް ކެނޑޭދަދަ ކަންކަން ކުރުމުން އިޒްރާއިލާއި މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އަލްބުދައިވީ ވަނީ އިޒްރާއިލް ސިފައިން ތަކުރާރުކޮށް އަޤްޞާ އަށް ވަދެ ހިންގާ މިފަދަ ކަންކަމުގެ ސަބަބުން އެމިސްކިތުގެ ހުރުމަތް ކެނޑެމުން ދާކަމަށް ބުނެފައެވެ. 

އަލްބުދައިވީ ބައިނަލް އަޤްވާމީ މުޖްތަމަޢަށް ގޮވާލައިފައިވަނީ އިޒްރާއިލް ސިފައިން ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ އަނިޔާވެރި ޢަމަލުތަކާއި، އިސްލާމްދީނުގެ މަތިވެރި ތަރިޚާއި ގުލިފައިވާ މުޤައްދަސް ބިމެއް ކަމުގައިވާ ފަލަސްޠީނުގެ ޖާރުއްސަލަމްގެ އަސްލުނެތިކޮށްލައި އިޒްރާއިލްގެ ތަނަކަށް އެތަން ހެދުމަށް ކުަރަމުންދާަ މަސައްކަތް ހުއްޓުވުމަށް ގޮވައިލައިފައެެވެ.

ޖީސީސީ އިން ނެރެފައިވާ ބަޔާނުގައި އިޒްރާއިލްގެ ސިފައިން ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާފައިވާ އަނިޔާވެރި ޢަމަލިތަކުގެ ވާހަކަތައް ތަފްސީލީ ގޮތެއްގައި  ކިޔައިދީފައިވެއެވެ. އެގޮތުން ބޫޓުން ނާއި މުގުރުން އަނިޔާކުރުމާއި، ނަމާދަށް ތިބޭ މީހުންގައި ގައިގައި ތަޅާ، ކޮއްޕައި ހެދުމާއި، އިބްރާހިމީ މިސްކިތް ބަންދުކުރުންވެސް ހިމެނެއެވެ.

އަލްބުދައިވީ ވިދާޅުވީ އިޒްރާއިލް މިފަދަ ޢަމަލުތަކަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި މުސްލިިމުންގެ ހިތްތަކުގައި އިތުރަށް ނަފްރަރު އުފެދިގެން ދާނެ ކަމަށެވެ. އަދި މިހާރު އިޒްރާއިލުން އެދަނި ބައިނަލް އަޤްވަމީ އަޤްވާމީ ޤާނޫނު ތަކާއި ވެސް ޚިލާފުވަމުން ކަމަށެވެ.

އަދި މިހާރު އިޒްރާއިލުން ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންގެންދާ އަނިޔާވެރި ޢަމަލުތަކަކީ އެކަމެއްގެ ސަބަބުން އިޒްރާއިލް ސިފައިން ހީނުކުރާފަދަ ނަތީޖާއެއް ނުކުމެދާމެ، އަދި އެކަމުގެ ޒިންމާ އިޒްރާއިލުމް އުފުލަން ޖެހިދާނެ ފަދަ ޢަމަލުތަކެއް ކަމަށެވެ.

 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.