ފެނަކައިން ފައިސާ ނުދީގެން ސަޕްލަޔަރުން މުޒާހަރާ ކުރަނީ/ ފޮޓޯ: ދިޔަރެސް
ހަބަރު
11 Apr 2023 | 12:26
ފެނަކައިން ވިޔަފާރިތަކަށް ފައިސާ ނުދޭތީ ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ފެނަކަ ކޯޕަރޭޝަނުން ސަޕްލަޔަރުންނަށް ފައިސާ ނުދޭތީ އާންމުންގެ ހުރި ކަންބޮޑުވުންތައް ފާހަގަކޮށް މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ. 

މި މަޖިލީހަށް ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރެވެ. 

އާދަމް ޝަރީފުގެ އެ މައްސަލައިގައި ވަނީ ފެނަކައިން ކުދި ވިޔަފަރާތިކަމަށް ދޭން ޖެހޭ ފައިސާ އަވަސް މުއްދަތެއްގައި ދިނުމާއެކު ފެނަކައިގެ ފައިނޭންޝަލް އޮޑިޓެއް ހެދުމަށް ގޮވާލާ ކަމަށެވެ. 

އެއީ މިހާރުވެސް ފެނަކައިން ކުދި ވިޔަފާރިކަމަށް ދޭންޖެހޭ ފައިސާ ނުދީގެން އާންމުންގެ ހުރި ކަންބޮޑުވުންތަކާއެކު މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރާ ހިސާބަށް ކަންކަން ގޮސްފައިވާތީކަން އެ މައްސަލައިގައި ފާހަގަކޮށްފައި ވެއެވެ. 

"ފެނަކައިން ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށްފަހު މާލެއާއި ރަށްތަކުގެ ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް 2.8 ބިލިއަނަށްވުރެ ގިނަ އަދަދެއްގެ ފައިސާ ދަރާފައިވާއިރު އެ ފައިސާ ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް މާލީ ދަތިތަކާއި ކުރިމަތިވެ މުވައްޒަފުންނަށް މުސާރަ ނުދެވި އަދި ކުލި ދެއްކުންފަދަ ކަންކަން ކުރަން ދަތިވެ ބައެއް ވިޔަފާރިތައް ހުއްޓި ބައެއް ކުންފުނިތައް ބަނގުރޫޓުވުމާއި ހިސާބަށް ގޮސްފައިވާ ހިނދު ފެނަކައިން ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން އެކަމުގެ ޝަކުވާތައް ތަކުރާރުކޮށް ކުރުމުންވެސް ފައިސާ ނުލިބުމުން ބައެއް ފަރާތްތަކުން ފެނަކަ ކުރިމަތީގައި މުޒާހަރާކުރާ ހިސާބަށް ފެނަކައިގެ ހާލަތު ގޯސްވެއްޖެ"

އާދަމް ޝަރީފު 

އާދަމް ޝަރީފު ވިދާޅުވީ ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކާތީ ފެނަކައާއި މެދު ކުދި ވިޔަފާރިތަކާއި އާންމުން ކުރާ އިތުބާރު ގެއްލިފައިވާކަމަށެވެ. 

އެހެންނަމަވެސް، އެއިން އެއްވެސްކަމަށް ބެލުމެއްނެތި އިންތިޚާބުތަކާއި ސިޔާސީ ކަންކަމަށް ފެނަކައިން ބޮޑެތި ޚަރަދުތަކެއް ކުރަމުންދާކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ. އަދި ކުންފުނި ހިންގުމާއި ވިޔަފާރި ހިންގުމުގައި ކޮރަޕްޝަނުގެ އެތައް ކަމެއް އެ ކުންފުނިން ހިންގަމުންދާކަން ވެސް ފާހަގަކުރެއްވި އެވެ. 

އެއާއެކު އާދަމް ޝަރީފުވަނީ ފެނަކައިން ކުދި ވިފަރާތިތަކާއި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ލަސްނުކޮށް ދިނުމަށް ގޮވާލާފަ އެވެ. 

އެ ކުއްލި މައްސަލައަށް ބަހުސްކުރުމަށް ފެންނަކަމަށް ވޯޓުދެއްވީ ވޯޓުގައި ބައިވެރިވި ބޭފުޅުންގެ ތެރެއިން 15 ބޭފުޅުންނެވެ. ނުފެންނަކަމަށް 18 ބޭފުޅުން ވޯޓުދެއްވާފައި ވެއެވެ. އެއާއެކު އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.