ލަޒާނިއާ--
ލައިފްސްޓައިލް
11 Apr 2023 | 13:03
މިއީ ކައްކަން އެންމެ މޮޅު ކަމަށް ދައުވާ ކުރާ މީހުން ލައްވާ ހަދާކަހަލަ އެއްޗެއް!

މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް މީރުކޮށް ލަޒާނިއާ ތައްޔާރުކުރާނެ ގޮތެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.

މީޓް ސޯސް އަށް ބޭނުންވާ ތަކެތި

1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

1 ކިލޯ މިންސްޑް ބީފް ( ނުވަތަ މިކްސަރުން މުގުރާފައި ހުރި ބީފް)

1 ޖޯޑު ޕިއްޒާ ސޯސް

1 ދަޅު ޓޮމާޓޯ ޕޭސްޓް

1 ފިޔާ (ކުދިކޮށް ކިޔުބްކޮށް ކޮށާފަ)

2 ލޮނުމެދު ( ކުދިކޮށް ކިޔުބްކޮށް ކޮށާފައި)

1/2 ސައި ސަމުސާ މުގުރި އަސޭމިރުސް

1/2 ސައި ސަމުސާ އޮރެގާނޯ ޕައުޑަރ

ރަހަލާ ވަރަށް ލޮނު

1 ޖޯޑު ޕާމޭސަން ޗީޒް (ގާނާފައި، މައްޗަށް އެޅުމަށް)

9 ލަޒާނިއާ ޝީޓް (ލަޒާނިއާ ޝީޓް ޕެކެޓް ގައިވާ ގޮތައް ކައްކާފައި)

ވައިޓް ސޯސް އަށް ބޭނުންވާތަކެތި: 

1/4 ޖޯޑު ޕާމޭސަން ޗީޒް (ގާނާފައި) 

2 ދަޅު ނެސްލޭ ކްރިމް 

1 ބިސް 

1 ޖޯޑު މޮޒަރެއްލާ ޗީޒް ( ގާނާފައި) 

ވައިޓް ސޯސް ހެދުމަށް މި ހުރިހާ ތަކެތި ތަށްޓެއްގެ ތެރޭގައި ރަނގަޅަށް އެކުލަވައިލާށެވެ. 

މީޓް ސޯސް ހަދާނެގޮތް: 

1) އޮލިވް އޮއިލް ފޮދެއްގައި، މުގުރާފައި ހުރި ބީފް ކޮޅު ރޯފިލުވާލާށެވެ.

2) ބީފްގެ ރަނގަޅަށް ރޯފިލުމުން ފިޔާ، ލޮނުމެދު، އަސޭމިރުސް، އަދި އޮރެގާނޯ މަސްގަނޑު ތެރެއަށް އަޅައިގެން 5 މިނިޓް ވަރު ވަންދެން ކައްކާލާށެވެ.

3) ދެން ޕިއްޒާ ސޯސް އަދި ޓޮމާޓޯ ޕޭސްޓު އަދި ލޮނު އެޅުމަށްފަހު ރަނގަޅަށް ކައްކާލާށެވެ. 

4) މީޓް ސޯސް ތައްޔާރު ވުމުން ބޭކިންގ ޓްރޭ އެއްގެ ތެރޭގައި ލަޒާނިއާ ޝީޓެއް ބާއްވާލާށެވެ.

5) އެއަށްފަހު އޭގެ މަތީގައި ވައިޓް ސޯސް ރަނގަޅަށް އަތުރާލާށެވެ.

6) ދެން ރަނގަޅަށް މީޓް ސޯސް އެޅުމަށްފަހު އޭގެ މަތީގައި ލަޒާނިއާ ޝީޓެއް ބާއްވާލާށެވެ. މިފަދައިން އިތުރު އިތުރު ލެޔާރ ތަކެއް ހަދާލާށެވެ. އެންމެ މަތީ ލެޔާރ ގައި ހުންނަން ވާނީ މީޓް ސޯސް އެވެ. 

7) ފަހު ކަމަކަށް މީޓް ސޯސް މައްޗަށް ގާނާފައި ހުރި ޗީޒު އަޅާލުމަށްފަހު އަވަނަށް ލައިގެން ފިހެލާށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Aug 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށް، އެއްލައްކައިން ޖޫރިމަނާ
މި މަހުގެ ނުވަވަނަ ދުވަހު ކޯޓުން މި ހުކުމް އިއްވިއިރު އޭނާ 100،000 ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައިވެ އެވެ.
10 Aug 2026
ސާކްގެ ސެކްރެޓަރީ ޖެނެރަލް، ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި، ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި އެމަނިކުފާނު ކޮށްދެއްވި އިހްލާސްތެރި ހިދުމަތްތަކާއި ދެއްވި އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި އެވެ.
10 Aug 2026
ހާލު ދެރަވެ ސާޢިދަށް އައިސީޔޫގައި ފަރުވާ ދެނީ
އެނގިފައިވާ ގޮތުގައި ކިޑްނީ ޑޯނަަރަކު ހަމަޖެހި އެކަމަށް ހިނގާނެ ހަރަދު ވެސް މުޅީން ހަމަޖެހި މި މަހުގެ 13 ވަނަ ދުވަހު ލަންކާއަށް ފުރަން އޮތީ ހަމަޖެހިފަ އެވެ.
10 Aug 2026
ފާމުދޭރިކިލެގެފާނުގެ ކާފަދަރިކަނބަލުން ޤުލްފިޝާން ކުއްލި ގޮތަކަށް އަވަހާރަވެއްޖެ
އެކަމަނާ އަވަހާރަވީ ޔޫއޭއީގައި އިއްޔެގެ ވަގުތެއްގަ އެވެ.
10 Aug 2026
އުރީދޫ އެޕް މެދުވެރިކޮށް ޓްރޫކޯލާ ޕްރީމިއަމްގެ ޚިދުމަތް މިހާރު ލިބޭނެ
ކޯލްކުރާ ފަރާތްތައް ދެނެގަތުމާއި ސްޕޭމް ކޯލްތަކުން ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެންމެ ކުރީގައިވާ ޓްރޫކޯލާއާއެކު ވެވުނު މި ޚާއްސަ ޕާޓްނަޝިޕްގެ ދަށުން، އުރީދޫގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޓްރޫކޯލާ ޕްރީމިއަމް ބޭނުންކުރެވޭނެއެވެ. އަދި މި ޚިދުމަތުގެ ފީ ސީދާ އުރީދޫ ބިލަށް އިތުރުކުރެވޭނެއެވެ.
10 Aug 2026
މަސައްކަތް ނުފަށާތީ ކުރީ ސަރުކާރު ހަވާލުކުރި 16 މަޝްރޫޢެއް ބާތިލުކޮށްފިން
ކުރީގެ ސަރުކާރުން ސިއްޙީ ދާއިރާގެ ތަރައްޤީއަށް ހަވާލުކުރި މަޝްރޫޢުތަކުގެ ތެރެއިން ޢަމަލީ މަސައްކަތް ނުފެށި ހުރި 16 މަޝްރޫޢެއް ބާތިލުކޮށް، އެ މަޝްރޫޢުތަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރި 60 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
10 Aug 2026
ގޯލެއް ފާހަގަކުރަން އުޅުމުގެ ތެރޭ ކުޅުންތެރިއަކު ޓަނަލްއެއްގެ ތެރެއަށް ވެއްޓިއްޖެ
ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހު ކޮރިޓީބާގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައެވެ. ޖޭސީ ގޯލެއް ޖެހުމަށްފަހު، އުފާފާޅުކުރުމަށްޓަކައި ދަނޑު އަރިމަތީގައި ހުރި އިޝްތިހާރު ބޯޑުތަކުގެ މަތިން ފުންމާލި ވަގުތު އޭނާ ވެއްޓުނީ ހާފް-ޓައިމްއަށް ތައްޔާރުވުމުގެ ގޮތުން ހުޅުވާފައި އޮތް ޓަނަލެއްގެ ތެރެއަށެވެ.
10 Aug 2026
ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ޒަމާނީ ހައްލެއް؛ ”މައި ކެރިއަރ ޕޯޓަލް“ އިފްތިތާޙުކޮށްފި
ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް އަދި ކެރިއަރ އެޑްވައިޒަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމަށް ފަރުމާކޮށްފައިވާ މައި ކެރިއަރ ޕޯޓަލް މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.