ފަލަސްޠީނުގެ ޖާރުއްސަލަމް
ދުނިޔެ
12 Apr 2023 | 00:29
އިޒްރާއިލުން ފަލަސްޠީނުގެ ދެމީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފި

އިޒްރާއިލުން ފަލަސްޠީނުގެ ދެމީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފިއެވެ.

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ހިނގި މިހާދިސާގައި ޝަހީދުވެފައިވަނީ ސައުދު ޢަބްދުﷲ ސައުދު ޓީޓީ އަދި މުޙައްމަދު އަބޫ ދިރާ އެވެ.

އިޒްރާއިލް ސިފައިން ބުނެފައިވަނީ އެމީހުން ބަޑިން ހަމަލާދީ މަރާލި ދެމީހުންނަކީ ދެޓެރަރިސްޓުން ކަމަށެވެ. އަދި އެދެމީހުން އިޒްރާއިލްގެ ބަޔަކަށް ހަމަލާދިން ކަމަށްވެސް އިޒްރާއިލްގެ ޑިފެންސް މިނިސްޓަރު ވަނީ ބުނެފައެވެ. އަދި އިޒްރާއިލް ސިފައިން އެދެމީހުންގެ ގަޔަށް ބަޑިޖަހުމަށް ހިންގުނު އޮޕަރޭޝަންގެ ސަބަބުން އެދެމީހުން އިޒްރާއިލްގެ އާންމުންނަށް އަމާޒުކޮށް ދޭން އުޅުނު ހަމަލާ ނާކާމިޔާބު ކޮށް އިޒްރާއިލްގެ އާންމުން ރައްކާތެރިކުރެވިފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ފަލަސްޠީނުގެ ލޯކަލް މީޑިއާ އަށް މައުލޫމާތު ފޯރުކޮށްދޭ ފަރާތަކުން ބުނެފައިވަނީ އިޒްރާއިލް ސިފައިން ބަޑިޖަހައި ޝަހީދު ކޮށްލި ދެމީހުންގެ ހަށިގަނޑު އިޒްރާއިލް ސިފައިން ގެންގޮސްފައިވާކަމަށެވެ.

ޝަހީދުވި ދެމީހުންގެ ތެރެއިން ސައުދު ޢަބްދުﷲ ސައުދު ޓީޓީ އަކީ ފަލަސްޠީނުގެ ސިފައިންގެ ތެރޭގައި މަސައްކަތް ކޮށްފައިވާ މީހެކެވެ. އަދި މުޙައްމަދު އަބޫ ދިރާ ވަނީ އިޒްރާއިލް ޖަލުގައި 7 އަހަރު ހޭދަ ކޮށްފައިވާ މީހެއް ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ފާއިތުވި އަހަރު އިޒްރާއިލް ސިފައިންވަނީ އެމީހުން ވެރިވެގަނެފައިވާ ފަލަސްޠީނުން ހުޅަނގުއައްސޭރީގައި އެތައް ފަހަރަކު މިލިޓަރީ ރެއިޑްތައް ހިންގައިފައެވެ.

މިއަހަރުގެ ޖެނުއަރީ އިން ފެށިގެން އިޒްރާއިލްގެ ޔަހޫދީންގެ ހަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ 90 މީހަކު ވަނީ ޝަހީދުވެފައެވެ.

ރަމަޟާން މަސް ފެށުމާއި އެކު ފަލަސްޠީނުގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ މިންވަރު ވަނީ އިތުރުވެފައެވެ.

އިޒްރާއިލް ސިފައިން ވަނީ ރަމަޟާން މަސް ފެށުމާއި އެކު ޖާރުއްސަލަމްގައި ހުންނަ އަލް އަޤްޞާ މިސްކިތުގައި މިލިޓަރީ ރެއިޑް ތަކެއް ހިންގައިފައެވެ. އެގޮތުން ފާއިތުވި ހަފްތާގައި އަޤްސާ ގައި ފަލަސްޠީނުގެ ބަޔަކު އިޢްތިކާފަށް ތިއްބައި އެމިސްކިތުގެ ޙުރުމަތް ކެނޑޭނޭހެން އެމިސްކިތަށް ގަދަކަމުން ވަދެގަނެ ނަމާދުކުރުމަށާއި ޤުރުއާން ކިޔަވަން ތިބި މީހުންގެ ގައިގައި ތަޅައި އަނިޔާ ކޮށް ކަރުނަ ގޭސް ޖަހައި ހަދައިފައިވެއެވެ.

މިމައްސަލަ ޢަރަބި އިސްލާމީ ގިނަ ޤައުމު ތަކުން ވަނީ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.