މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ހަބަރު
12 Apr 2023 | 11:33
އިިދިކޮޅުން މަސައްކަތް ކުރަނީ ފެނަކަ ހަލާކުކޮށްލުމަށް: ޝަރީފް

އިިކޮޅުން މަސައްކަތް ކުރަނީ ފެނަކަ ހަލާކުކޮށްލުމަށް ކަމަށް ރައްޔިތުންގެ މަޖިލީހިގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓުވީޓެއްގައެވެ. 

ޝަރީފްގެ ޓުވީޓުގައި ވިދާޅުވީ ފެނަކައިން ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތެެއް ފޯރުކޮށްދޭތީ އިދިކޮޅުން އެކުންފުނި ހަލާކުކޮށްލެވޭތޯ އުޅޭ ކަމަށެވެ.

"ވިޔަފާރި އުސޫލުން އަބަދުބެސް މަސައްކަތް ކުރުވާނެ ކޮމްޕެނީއެއް ވިއްޔާ، ދައްކަން ކިތަންމެ ބިލެއްވެސް ހުންނާނެ، ދައްކަމުންވެސް ދާނެ، އެއީ އެކަން ހިނގާގޮތް" ޝަރީފް ވިދާޅުވެފައި ވެއެވެ. 

ޝަރީފް މިފަދައިން ޓްވީޓް ކުރައްވާފައިވާއިރު ދާދި ފަހަކުން ފެނަކަ އޮފީސް ހުންނަ  ތަނުގެ ގޯތި ތެރޭގައި ބަޔަކު ވަނީ ފެނަކައިން ލިބެން ޖެހޭ ފައިސާތަކެއް ނުލިބި ލަސްވަމުން ދާތީ މުޒާހަރާކޮށްފައެވެ. 

އަދި މިކަމާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށައެޅުމުން އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލައިފައެވެ.

ފެނަކައިގެ އެކި މަސައްކަތްތަކަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭ ސަޕަލަޔަރުން މާފަންނުގައި ހުންނަ ފެނަކަ އޮފިހުގެ ގޯތިތެރޭގައި އެމީހުންގެ ޝުޢޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ކުރި މުޒާހަރާގައި ބޭނުންކުރި އެއް ޕޯސްޓަރެއްގައި ބުނެފައިވަނީ އެ މީހުންކުރި މަސައްކަތުގެ އަގަށްވާ 9،450،897ރ ނުދީ ލަސްވާތާ 7 މަސް ދުވަސް ވެއްޖެ ކަމަށެވެ. 

ފެނަކައިން އެތައް ބަޔަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ފެންމަތިވެފައިވާއިރު، މިހާތަނަށް އެ ކުންފުނިން އެކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައެއް ނުވެ އެވެ. އަދި މުޒާހަރާ އާއި ގުޅިގެންވެސް އެއްވެސް އެއްޗެެއް ރަސްމީ ހައިސިއްޔަތަކުން ފެނަކައިން ހާމަކޮށްފައެއް ނުވެއެވެ.

ދާދި ފަހުން އެސްޓީއޯގެ އެމްޑީ ކަމުން ވަކިކުރެވުނު އަމްރުވެސް ވަނީ ފެނަކައިގެން ހިންގުން ވަރަށް ބޮޑަށް ދޯދިޔާވެފައި ވާކަން ފާހަގަ ކޮށްފައެވެ. 

ހަމަމިޔާއިއެކު ތެޔޮ ގަތުމަށްފަހު ފެނަކައިން އެސްޓީއޯ އަށް ދައްކަން ޖެހި ނުދައްކާ އޮތް ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް މީޑިއާ އަށް ވަނީ އެނގިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް