ސައީދު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
12 Apr 2023 | 23:59
ދަޢުލަތް ބަނގުރޫޓުކޮށް އިންޑިއާގެ އެފްކޯންސް ކުންފުނި ފިލާނެ: ސައީދު

މި ދަޢުލަތް ބަނގުރޫޓުކޮށްލުމަށްފަހު ތިލަމާލެ ބްރިޖާއި އައްޑޫ ސިޓީގެ މަގުހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޯންސް ކުންފުނި ފިލައިގެން ދާނެކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ. 

ސައީދު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ސައީދު ވަނީ ފިނޭންސް މިނިސްޓްރީން އިންޑިއާގެ އެފްކޯންސް ކުންފުންޏަށް ދޭން ހުރި ފައިސާ ހިފެހެއްޓުމަށް ގޮވާލައްވާފަ އެވެ. އަދި ތިލަމާލެ ބްރިޖު އެޅުމަށް އެ ކުންފުންޏާއެކު ހެދިފައިވާ އެއްބަސްވުން ވީ އެންމެ އަވަހަކަށް އުވާލުމަށް އޭނާ ގޮވާލެއްވި އެވެ. 

ސައީދު ވިދާޅުވީ ކުރިއަށް އޮތް 4 މަސްތެރޭ މުޅި ދައުލަތް ބަނގުރޫޓު ކުރުމަށްފަހު އެފްކޯންސް ކުންފުނި ފިލައިގެންދާނެ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން މިކަމަށް ސަމާލުވެ ތިއްބެވުމަށް ސައީދު ވަނީ އެދިލައްވާފަ އެވެ. 

"މި ގޮވާލަކީ މިނިސްޓްރީ އޮފް ފިނޭންސްއިން އެފްކޯންސްއަށް ދޭން ހުރި ފައިސާ ދޫނުކުރަން. އަދި ބްރިޖުގެ ކޮންޓްރެކްޓު މިހާރުން މިހާރަށް ބާތިލުކުރުމުގެ މަސައްކަތް ފެއްޓުމަށް"

މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު 

ސައީދު މިފަދައިން ވިދާޅުވެފައިވާއިރު އިންޑިއާގެ ބިލިއަނަރު، ޝާޕޫރު މިސްޓްރީގެ ޝާޕޫރުޖީ ޕަލޯންޖީ (އެސްޕީ) ގްރޫޕަށް މާލީ ތާށިކަން ކުރިމަތިވެ އެ ކުންފުނީގެ ދަށުން ހިންގާ އެފްކޮންސް އިންސްފްރާސްޓްރަކްޗާ ވިއްކާލަން ވަނީ ނިންމާފަ އެވެ. 

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެސްޕީ ގުރޫޕުން އަންނަނީ ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރުގެ އެސެޓް ވިއްކާލަން މަސައްކަތް ކުރަމުންނެވެ.

އޭގެ ތެރޭގައި އެފްކޮންސް އިންފްރާސްޓްރަކްޗާއާއި އިންޑިއާގެ އިރުމަތީ އައްސޭރިފަށުގައި އޮންނަ ގޯޕާލްޕޫރު ފޯޓު ހިމެނެ އެވެ. އެސްފީ ގްރޫޕުން އަންނަނީ އެސެޓް ގަންނާނެ ކަސްޓަމަރުން ހޯދަމުންނެވެ.

އެފްކޯންސް ވިއްކާލުމަށް ނިންމާފައިވާއިރު، މި ސަރުކާރުން ރާއްޖޭގައި ހިންގާ އެންމެ ބޮޑެތި މަޝްރޫއުތައް ހަވާލުކޮށްފައިވާ އެފްކޯންސް ކުންފުންޏަށެވެ. އެ ކުންފުނި ވިއްކާލުމަށް ނިންމާފައިވާއިރު، މިހާތަނަށް ސަރުކާރުން މި ކަމާއި ގުޅިގެން އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.