"ބައްޗޯ ވާލީ މަސްޖިދް" ގެ އިންފާރުތެރޭގައި ހުރި އިމާރާތް ތަޅާލައިފައި
ދުނިޔެ
13 Apr 2023 | 23:08
ނޯޓިސް އެއް ދިނުމެއް ނެތި އިންޑިޔާގެ މިސްކިތެއް ތަޅައިލައިފި

އިންޑިޔާގެ ނިއުދިއްލީގައި ހުރި 250 އަހަރުވެފައި ހުރި މިސްކިތެއް ނޯޓިސް ދިނުމެއް ނެތި ތަޅައިލައިފިއެވެ.

އަންގާރަ ދުވަހުގެ ހެނދުނު ހެނދުނާ އިންޑިޔާގެ ލޭންޑް އެންޑް ޑިވަލޮޕްމެންޓް އޮފީހުގެ އޮފިސަރުންނާއި ފުލުހުން ހެވީލޯޑް ވެހިކަލް ތަކުގައި އައިސް އެމިސްކިތުގެރ އިމުގެ ތެރޭގައި ހިމެނޭ ބައެއް ތަޅައިލައިފައިވާކަމަށް މީޑިއާގައި ބުނެފައިވެއެވެ. އިންޑިޔާގެ ލޭންޑް އެންޑް ޑިވަލޮޕްމެންޓް އޮފީހުގެ ޗީފް ސުވާސިޝް ދާސް ބުނެފައިވަނީ މިސްކިތުގެ އެބައި ތަޅައިލައިފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

"އިތުރު އެއްޗެއް ބުނާކަށް ނެތް މިކަމުގަ، މިސްކިތަކީ 250 އަހަރުވެފައި ހުރި ތަނެއް، ތަޅާލެވުނު ބަޔަކީ ވަރަށްފަހުން އިތުރުކުރެވުނު ތަނެއް" ސުވާސިޝް ބުނެފައިވެއެވެ.

އިސްލާމިކް ސެމިނަރީ މަދްރަސާ ތެހެފީޒުލް ޤުރުއާންގެ ޖެނެރަލް ސެކްރެޓަރީ މަޠްލޫބް ކަރީމް ޙާފިޡް ބުނެފައިވަނީ ލޭންޑް އެންޑް ޑިވަލޮޕްމެންޓުން މިކަންތައް ކޮށްފައިވަނީ ހެނދުނު 6:30 ހާއިރު ކަމަށާއި، އަދި އޭގެ ކުރިން އެކަމާއި ގުޅޭ ގޮތުން އެއްވެސް އެންގުމެއް އަންގައިފައި ނުވާ ކަމަށެވެ.

"އަހަރެން ހުރީ ގޭގަ، ފޯނު ކޯލެއް އައީ، މިސްކިތުގެ އެބައި ތަޅައިލުމަށް ޔުނިފޯމް އަޅައިގެން ތިބި ބޮޑު ފޯސް އެއް އައިކަމަށް ބުނީ" ޙާފިޡް ބުނެފައިވެއެވެ.

"އެތަނުގެ މައި ހޯލާއި އެހެން ކޮޓަރިތަކާއި މަދަރުސާވެސް 10 މިނިޓު ތެރޭގައި ތަޅައި ބިމާއި ހަމަކޮށްލައިފި، މި ބިމަކީ ވަޤްފް ބޯޑުގެ ބިމެއް، އަހަރެމެން ބެލިން ބޯޑަށް ވެސް އެއްވެސް ނޯޓިސް އެއް އައިސްފައިވޭތޯ އެތަން ތަޅައިލުމުގެ ކުރިން، އެކަމަކު އެބޯޑަކަށްވެސް އެއްވެސް ޤާނޫނީ ނޯޓިސް އެއް ފޮނުވައިފައެއް ނުވޭ، ތަޅައި ލެވުނު އިމާރާތަކީ ޤަވާއިދާއި ޚިލާފަށް ބިނާކުރެވިފައި ހުރި ތަނެއް ނޫން" ހާފިޡް އިތުރަށް ބުނެފައިވެއެވެ.

"ބައްޗޯ ވާލީ މަސްޖިދް" ގެ ނަމުން މަޝްހޫރު އެމިސްކިތަކީ ދެރަ ނިކަމެތި ފަޤީރު މުސްލިމް 120 ކުއްކަޖަކަށް ބޯހިޔާވަހިކަމާއި ކެއުމާއި ތަޢުލީމު ފޯރުކޮށްދެމުން ދިޔަ ތަނެކެވެ.

"އެކުދިންނަށް ކެއުން ފޯރުކޮށްދެވޭ، މިއީ އެކުދިންގެ ގެޔަކީވެސް ސްކޫލަކީވެސް، ދެން އެކުދިން ދާނީ ކޮންތާކަށް" ހާފިޡްގެ ވާހަކައިގައި ބުނެފައިވެއެވެ.

މިސްކިތުގެ ހަޒާންދާރުގެ މަޤާމުގައި ހުރި އިދްރިސް ޚާން ބުނީ މިމައްސަލައާއި ގުޅޭ ކޯޓުގެ އަޑުއެހުންތައް ލަސްކުރަމުން ދާކަމަށެވެ. އަދި ކުދިން ނިދުމަށް ބޭނުންކުރާ އެނދުތައްވެސް ހަލާކު ކޮށްލައިފައިވާކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް އިންޑިޔާ ސަރުކާރުގެ އޮފިސަރު ވަނީ އެކަން ދޮގު ކޮށްފައެވެ.

ކޮމެންޓް
ރާނީ
އިޒްރޭލު ޕޮލިސީ
13 Apr 2023
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.