މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ހަބަރު
14 Apr 2023 | 11:07
ރައްޔިތުން ބޭނުންވަނީ ދަތި ހާލުގައިވެސް އިޤްތިޞާދު ކުރިއަރުވާނެ ވެރިއެއް: ޝަރީފް

ރައްޔިތުން ބޭނުންވަނީ ދަތި ހާލުގައިވެސް އިޤްތިޞާދު ކުރިއަރުވާނެ ވެރިއެއް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވެވި ޓްވީޓެއްގައެވެ.

ޝަރީފް ގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ދަތި އުނދަގޫ ދަނޑިވަޅުގައި ޤައުމު މެނޭޖް ކުރެވޭނެ ކަން ސާބިތުކޮށްދެއްވާފައި ކަމަށެވެ. ޕްރޮޖެކްޓް ހުއްޓާ ނުލާ ކުރިއަށް ގެންގޮސްދެއްވާފައި ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި އިޤްތިޞާދު ބަރާބަރަށް މެނޭޖު ކުރެވޭނެ ކަން ޔަޤީން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެެ. 

"ދުނިޔެ އޮތީ މާލީ ގޮތުން ދަތި ޙާލަތެއްގައިކަން ވަރަށް ގިނަ ރައްޔިތުންނަށް އިނގޭ، ރައްޔިތުން ބޭނުންވަނީ ދަތި ޙާލުގައިވެސް ގޮތް ހޯދައިގެން އިޤްތިޞާދު ކުރި އަރުވާނެ މޭސްތިރިއެއް، ދައުލަތުގެ ދަރަނި މެނޭޖްކުރާނެ ވެރިއެއް، ދެމެހެއްޓެނި ތަރައްޤީއަށް މަސައްކަތްކުރާނެ ވެރިއެއް" ޝަރީފް ވިދާޅުވެފައިވެއެވެ. 

ޝަރީފް މިފަދައިން ޓްވީޓް ކުރައްވާފައިވާ އިރު އިދިކޮޅު ފަރާތްތަކުން އަންނަނީ މިހާރު ދައުލަތުގެ މާލީ ހާލަތު އޮތް ގޮތުން ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. 

ކުރީގެ އެންވަައިރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ބުނެފައިވަނީ އެމްޑީޕީގެ ނާގާބިލް މި ސަރުކާރުގަ ސަރުކާރު ހިއްސާވާ ކުންފުނިތައް ވަނީ ދަރުވާލައިފައި ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރަށް އިތުރު ފަސް އަހަރު ލިބިއްޖެނަމަ ސަރުކާރު ޙިއްސާވާ ދިވެހިންގެ ހުރިހާ ކުންފުނިތަކެއް ވިއްކާލާނެ ކަމަށެވެ. 

މީގެ އިތުރުން ރައީސް ޞާލިޙް ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރު ތަކުގެ ބޮޑުވެ އެކަންކަމާއި މެދު ފާޑުކިޔާ މީހުންގެ ޢަދަދުވެސް އެހާމެ ގިނައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.