"ނަސޭހަތް" ޖަމިއްޔާއިން "އާބާރް އެމްވީ" އާއި ގުޅިގެން ބިނާ ކޮށްފައިވާ ފެންވަޅެއް ޢާއިލާ އާއި ހަވާލު ކޮށްފައި--
ދީން
15 Apr 2023 | 04:53
މި ފަހު ދިހައިގައި ފެންވަޅެއް ބިނާ ކުރަން އެހީވާން ބޭނުންތަ؟

އަޅުގަނޑުމެން ފާއިތު ކުރަމުންމިދާ ދުވަސްތަކަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކެވެ. މި ފަހުދިހައިގެ ދުވަސްތަކާއި ރޭތަކުގައި ވޭހާވެސް ގިނަ ހެޔޮ ޢަމަލުތައް ކުރުމަކީ ނުހަނު އެދެވިގެންވާ ކަމެކެވެ. އެގޮތުން ރޭ އަޅުކަން ކުރުމާއި، ގިނަ ގިނައިން ޤުރުޢާން ކިޔެވުމާއި ޞަދަގާތް ކުރުމަކީ ގިނަގުނަ ޢަޖުރު ލިބިގެންދާނެ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. 

اللهގެ މަގުގައި ހޭދަކޮށް، ތިމާ މަރުވުމަށް ފަހުގައިވެސް އެކަމެއްގެ ޘަވާބު ތިމާއަށް ލިބިގެންދާނެ، ދެމިގެންދާ ޞަދަޤާތެއް މި ބަރަކާތްތެރި މައްސަރުގައި ކުރުމަކީ އެކަމުގެ ފައިދާ ދެދުނިޔޭގައިވެސް އެމީހަކަށް ލިބިގެންދާނެކަމެކެވެ. 

އެގޮތުން، "ނަސޭހަތް" ޖަމިއްޔާއިން "އާބާރް އެމްވީ" އާއި ގުޅިގެން ފަގީރު މުސްލިމު ޢާއިލާތަކަށް ފެންވަޅު ބިނާ ކުރުމަށް ހިންގާ ފެންވަޅު ޕްރޮޖެކްޓަކީ ވެސް އެފަދަ ދެމެހެއްޓެނިވި ޞަދަޤާތެއް ކުރުމަށް ހުޅުވިފައިވާ ދޮރެކެވެ. 

މި ފެންވަޅު ޕްރޮޖެކްޓް މެދުވެރިކޮށް ފެނަށް ބޭނުންޖެހިފައިވާ މުސްލިމު ފަގީރު އާއިލާ އަކަށް ފެންވަޅެއް ހަދިޔާ ކުރުމުގެ ފުރުސަތު އާއްމުންނަށް ވަނީ ހުޅުވާލާފައެވެ.

ނަސޭހަތް ޖަމިއްޔާއިން އާބާރް އެމްވީ އާއި ގުޅިގެން ބިނާ ކޮށްފައިވާ ފެންވަޅެއް ޢާއިލާ އާއި ހަވާލު ކޮށްފައި

މި ޕްރޮޖެކްޓް ގެ ދަށުން، އިންޑިއާ އަދި ނޭޕާލްގައި -/5000 ރުފިޔާއަށް ފެންވަޅެއް ބިނާ ކުރެވޭ އިރު، ބަންގްލަދޭޝްގައި -/6500 ރުފިޔާއަށް އަދި ރޮހިންޖާ ރެފިއުޖީ ކޭމްޕެއްގައި -/7500 އަށް ފެންވަޅު ބިނާކުރެވޭނެއެވެ. 

އެއްކޮށް، ބޮޑު އަދަދެއް ހޭދަކުރަން ދަތިވާ ފަރާތްތަކަށް ވެސް ފެންވަޅު ބިނާ ކުރުމުގައި އެހީވުމުގެ ފުރުސަތު އޮވެއެވެ. އެގޮތުން، އެމީހަކަށް ވީ މިންވަރަކުން ފެންވަޅު ޕްރޮޖެކްޓަށް ފައިސާ ޖަމާކުރަންވީއެވެ. -/50 ނޫނީ -/100 ނުވަތަ އެއަށްވުރެ ގިނައިން ނުވަތަ މަދުން ވެސް ކުރަންވީއެވެ.

ނަސޭހަތް ޖަމިއްޔާއިން އާބާރް އެމްވީ އާއި ގުޅިގެން ބިނާ ކޮށްފައިވާ ފެންވަޅެއް ޢާއިލާ އާއި ހަވާލު ކޮށްފައި

ފެންވަޅު ޕްރޮޖެކްޓަށް ލިބެމުންދާ ފައިސާގެ އަދަދާއި އެކަމާއި ގުޅޭ އެންމެހައި މައުލޫމާތު ނަސޭހަތް ފެންވަޅު ޕްރޮޖެކްޓް ވައިބާ ޗެނަލް މެދުވެރިކޮށް ލިބިގެންދެއެވެ. އެގޮތުން، އެކި މީހުން އެ ޕްރޮޖެކްޓަށް ހަދިޔާ ކުރާ ފައިސާއިން، ފެންވަޅު ބިނާ ކުރުމަށް ބޭނުންވާ އަދަދު ހަމަވުމުން، އެ ފަހަރަކު ބިނާ ކުރާ ފެންވަޅެއް ބިނާ ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އަދި އެއާއެކު، އައު ފެންވަޅެއް ބިނާ ކުރުމަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު ވެސް ހުޅުވިގެންދެއެވެ. 

އެގޮތުން، ފެންވަޅު ބިނާ ކުރުމަށް ފައިސާ ޖަމާ ކުރުމުގެ ފުރުސަތު އަބަދުވެސް ޢާއްމުންނަށް އޮވެއެވެ. އެމީހަކު ބޭނުން އިރަކު ބޭނުން މިންވަރެއް އަންނަނިވި އެކައުންޓަަށް ޖަމާ ކުރަންވީއެވެ. 

ބީ.އެމް.އެލް އިސްލާމިކް އެކައުންޓު: 7770000100415

އެކައުންޓް ނަން: NASEYHAI

އެކައުންޓް ލޭބަލް: NASEYHAI FEN VALHU PROJECT 

ވަކިވަކިން ފައިސާ ޖަމާ ކޮށްގެން ފެންވަޅު ޕްރޮޖެކްޓަށް ހޭދަ ކުރުމުގެ ބަދަލުގައި އެއްފަހަރާ، ފެންވަޅެއް ބިނާ ކުރުމަށް ބޭނުންވާ ފައިސާ އެއްކޮށް ދައްކައިގެން، އެ މީހެއްގެ ނަމުގައި، ނުވަތަ، އެމީހަކު ބޭނުންވާ އެހެން މީހެއްގެ ނަމުގައި ފެންވަޅު ބިނާ ކުރަން ބޭނުންވާ ފަރާތްތަކުން ނަސޭހަތުގެ ފޭސްބުކް ޕޭޖަށް މެސެޖު ކުރުމުން ނުވަތަ 7478882 އަށް ވައިބާ އިން މެސެޖު ކުރުމުން އެކަމާއި ގުޅޭ އިތުރު މައުލޫމާތު ލިބިގެންދާނެކަމަށްވެސް އެ ޖަމިއްޔާ އިން ބުނެއެވެ.

ފެންވަޅު ޕްރޮޖެކްޓްގެ އިތުރުން، ރަށްރަށުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް، އާއްމު ތަންތަނުގައި ހަރުކުރާ ކެންވަސް ހެދުމުގެ މަސައްކަތް ވެސް އެ ޖަމިއްޔާ އިން އަންނަނީ ކުރަމުންނެވެ. މިފަދަ އެތައް ޚިދުމަތް ތަކެއް ދީނީ ރޮގުން ކުރަމުންދާއިރު، މި ޕްރޮޖެކްޓް ތަކާއި އެ ނޫންވެސް ކުރިއަށް ހުރި ޕްރޮޖެކްޓް ތަކަށް މާލީގޮތުން އެހީ ފޯރުކޮށްދިނުމަށް އަންނަނިވި އެކައުންޓަށް ފައިސާ ޖަމާކުރުމަށް އެ ޖަމިއްޔާ އިން އެދެއެވެ. މި ގޮތުން އެ ޖަމިއްޔާއަށް ލިބޭ އެންމެހައި ފައިސާވެސް ހޭދަކުރަމުންދާނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް ކަމަށްވެސް ނަސޭހަތުން ބުނެއެވެ.

ބީ.އެމް.އެލް އިސްލާމިކް އެކައުންޓު: 7770000085163

އެކައުންޓް ނަން: NASEYHAI

ނަސޭހަތަކީ އާއްމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން 2013 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެކެވެ. އެގޮތުން އެ ޖަމިއްޔާގެ އިންސްޓަގްރާމް ޕޭޖާއި, ފޭސްބުކް, ޓުވިޓާ, ވައިބާ, ޓެލެގްރާމް, އަދި ޔޫޓިޔުބް ޗެނަލް މެދުކޮށްވެސް ދީނީ އެކި ޕޯސްތަކާއި ވީޑިއޯ ކްލިޕް ތައް އަންނަނީ އާއްމުންނަށް ފޯރުކޮށްދެމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.