އާބަންކޯ-- ފޮޓޯ/ އާބަންކޯ
ހަބަރު
14 Apr 2023 | 22:08
ސިނގިރެޓް ފިލްޓަރު އުކާ ފަރާތްތަކުގެ ފްލެޓްތައް އަތުލާނެ ކަމުގެ އިންޒާރު އާބަންކޯއިން ދީފި

ހިޔާ ފުލެޓުތަކުގައި ނިއްވާ ނުލައި އުކާލާ ސިނގިރޭޓް ފިލްޓަރު ތަކުގެ ސަބަބުން އަލިފާނުގެ ހާދިސާތައް ތަކުރާރު ވަމުންދާތީ އެފަދައިން ކަން ކުރާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކުގެ އަތުން ފުލެޓް އަތުލަފާނެ ކަމުގެ އިންޒާރު އާބަންކޯއިން ދީފި އެވެ.

ހިޔާ ޓަވަރުގެ ޔުނިޓެއްގައި މިރޭވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު އެކަމާއި ގުޅިގެން އާބަންކޯއިން ނެރުނު ބަޔާނެއްގައި ބުނީ، މި ހާދިސާ ހިނގާފައިވާނީ ނިވާ ނުލާ އެއްލާލެވުނު ސިގިރެޓެއްގެ ސަބަބުން ކަމަށް ޝައްކު ކުރެވޭ ކަމަަަށެވެެ. 

އަދި އެފަދަ ކަން ކަން ކުރުމަކީ މަނާ ކަމެއް ކަން ފާހަގަކޮށް އާބަންކޯއިން އިތުރަށް ބުނީ، އެންމެ މީހަކު ކުރާ މިފަދަ އަމަލެއްގެ ސަބަބުން އެތައް ރައްޔިތުންގެ ފުރާނައާއި މުދަލަށް ގެއްލުންވެ މިފަދަ އަމަލެއްގެ ސަބަބުން މިއަށްވުރެވެސް ނުރައްކާތެރި ހާދިސާއެއް ކުރިމަތިވުމުގެ ފުރުސަތުވެސް އޮތް ކަމަށެވެ.  

އެހެން ކަމުން އެފަދަ ޢަމަލުތައް ކުރާ ފަރާތްތައް 1000ރ އާއި 100,000ރ ގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށާ އަދި ހަމައެހެންމެ، އެފަދަ ފަރާތްތަކުގެ އަތުން ފުލެޓް އަތުލުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އާބަންކޯއިން ބުނެއެވެ.  

"މިފަދަ އަމަލުތައް ކުރާ ފަރާތްތަކާއި ޔުނިޓްތައް ދެނެގަނެ ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ. މި ފަދަ ހާދިސާތައް ތަހުޤީޤު ކުރުމަށްފަހު ރައްޔިތުންގެ ސަލާމަތަށް އިހްމާލުވެފައިވާ ފަރާތްތަކުގެ ޔުނިޓް އަތުލުމުގެ ފުރުސަތުވެސް އޮންނާނެއެވެ." އާބަންކޯއިން ބުނެފައިވެއެވެ. 

މިއާއެކު އާބަންކޯއިން ވަނީ އެކަކު އަނެކަކަށް އިހްތިރާމްކޮށް، އެކުގައި ދިރިއުޅޭ އަވަށްޓެރިންގެ ރައްކާތެރިކަމާއިމެދެ ފަރުވާތެރިވެ މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ހުޅުމާލޭގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން އެ ކުންފުންޏާއި ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.