ސަޕްލަޔަރުން ފައިސާ ނުދީގެން ފެނަކަ އޮފީސް ކުރިމަތީ މުޒާހަރާކުރަނީ/ ފޮޓޯ: ދިޔަރެސް
ހަބަރު
15 Apr 2023 | 13:32
ފެނަކަ އޮޑިޓް ކުރުމަށް ގޮވާލާ މަޖިލީހަށް ޤަރާރެއް ހުށައަޅައިފި

ސަރުކާރުގެ ފެން ކުންފުނި ފެނަކް ކޯޕަރޭޝަން އޮޑިޓް ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށައަޅުއްވައިފި އެވެ.

މި ޤަރާރު މަޖިލީހަށް ހުށައަޅުއްވާފައިވަނީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރެވެ.

އެ ޤަރާރުގައި އާދަމް ޝަރީފު ވަނީ ފެނަކައަށް ތަކެތި ފޯރުކޮށްދީފައިވާ ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ ފައިސާއާއި ކުންފުނީގެ އެހެނިހެން ދަރަނި އަދާކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލުމާއެކު، ކުންފުނީގެ މާލީ އޮޑިޓެއް ހެދުމަށް ގޮވާލައްވާފަ އެވެ.

އާދަމް ޝަރީފުގެ އެ ގަރާރުގައި ވަނީ ންކައިގެ ދަރަނި 2.8 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާއިރު، އެ ކުންފުނިން ދައްކަންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް މާލީ ދަތިތައް ކުރިމަތިވެ، ވިޔަފާރި ހުއްޓި މުވައްޒަފުންނަށް މުސާރަނުދެވޭ މައްސަލަ ކުރިމަތިވެފައިވާކަން ފާހަގަކުރައްވާފަ އެވެ.

އޭގެއިތުރުން ފެނަކައިން ދޭންޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން އެ ކުންފުނީގެ އިތުބާރު އާންމުންނާއި ވިޔަފާރިތަކުގެ ކުރިމަތީގައި ގެއްލިފައިވާކަން އެ ޤަރާރުގައި ފާހަގަކޮށްފައި ވެއެވެ.

ފެނަކައިން ދައްކަންޖެހޭ ފައިސާ ލިބިފައި ނުވާތީ ސަޕްލަޔަރުން ވަނީ މިދިޔަ ހަފްތާ ފެނަކައިގެ މައި އޮފީސް ކުރިމަތީ މުޒާހަރާކޮށްފަ އެވެ.

އެ ޤަރާރުގައި ގޮވާލާފައިވަނީ ފެނަކައިން ދައްކަންޖެހޭ ދަރަނި ލަސްނުކޮށް ދެވޭނެ އިންތިޒާމެއް ހަމަޖައްސައިދެވޭތޯ ބެލުމާއެކު، ފެނަކައިގެ އިދާރީ އަދި މާލީ އޮޑިޓެއް ހަދައި ކައިރި މުސްތަޤުބަލެއްގައި ފެނަކައިގެ ދަރަނި އަދާކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލާފަ އެވެ.

ފެނަކަ އޮޑިޓް ކުރުމަށް ގޮވާލާ މަޖިލީހަށް ޤަރާރެއް ހުށައަޅާފައިވާއިރު، ފެނަކައިން ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ފައިސާ ނުދައްކާތީ ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ހަފްތާގެ ޖަލްސާއަށް ވަނީ ކުއްލި މައްސަލައެއްވެސް ހުށައަޅާފަ އެވެ. އެހެން ނަމަވެސް އެ ކުއްލި މައްސަލަ ވަނީ އެދުވަހު ބޭރުކޮށްލާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.