ވޯޓުލާ މަރުކަޒެއް---
ހަބަރު
15 Apr 2023 | 16:03
މޫސުން ގޯސްވެ، ބައި-އިލެކްޝަންއަށް ވޯޓުލުމުގެ ވަގުތު އިތުރުކޮށްފި

މޫސުން ގޯސްވެ، މިހާރު ކުރިއަށްދާ، ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންއަށް ވޯޓު ލުމުގެ ވަގުތު އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ވޯޓުނެގުމަށް ހަމަޖެހިފައިވާ ވަގުތުގައި މޫސުން ގޯސްވުމުގެ ސަބަބުން ވޯޓުލާން ދިޔުމަށް ދަތިވެފައިވާތީ، ވޯޓުލުމުގެ ވަގުތު މިއަދު 17:00އަށް އިތުރުކުރެވިފައިވާ ކަމަށެވެ.

ބައި-އިލެކްޝަންގެ ވޯޓްލުން ކުރިއަށް ގެންދިއުމަށް ކުރިން ހަމަޖެހިފައި ވަނީ ހެނދުނު 08:00 އިން ހަވީރު 04:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އަންގާފައެވެ.

މިދާއިރާގެ ބައި-އިލެކްޝަންގައި 3 ސިޔާސީ ޕާޓީގެ ކެނޑިޑޭޓުން ވާދަ ކުރެއެވެ. އެއީ ޕީޕީއެމްގެ ފަރާތުން ހުސައިން ރިޒާ، އެމްޑީޕީގެ ފަރާތުން އިބްރާހިމް ޝާޒް އަދި އެމްއެންޕީގެ ފަރާތުން އަލީ އާރިފްއެވެ.

މި ދާއިރާގެ ރަށްތައް ކަމަށްވާ ގުރައިދޫއާއި މާފުއްޓާއި ގުޅީގެ އިތުރުން މާލޭގައި ވޯޓް ފޮށި ބަހައްޓާފައި ވެއެވެ. އެގޮތުން މާފުށީގައި 3 ވޯޓް ފޮށި ބެހެއްޓިފައިވާއިރު ގުރައިދޫގައި 2 ވޯޓް ފޮށި އަދި މާލެއާއި ގުޅީގައި 1 ވޯޓް ފޮށި ބެހެއްޓިފައިވެއެވެ.

ކ. ގުޅި އަދި މާފުށީގައި ވޯޓްފޮށި ބެހައްޓާފއިވަނީ އެ ރަށު ސްކޫލްގައެވެ. ކ. ގުރައިދޫގައި އެރަށު ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި އެއް ވޯޓްފޮށި ބެހެއްޓިފައިވާއިރު އަނެއް ވޯޓްފޮށި ބަހައްޓާފައިވަނީ އެ ރަށު ޔޫތް ސެންޓަރުގައެވެ. މާލޭގައި ވޯޓް ފޮށީ ބަހައްޓާފައިވަނީ ޢިއްޒުއްދީން ސްކޫލްގައެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ވޯޓް ލުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 3423 މީހުންނަށެވެ.

މި ދާއިރާގެ ގޮނޑި ހުސްވެފައިވަނީ ކުރިން އެ މަގާމު ފުރުއްވަމުންދިޔަ ޕީޕީއެމްގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރާވުމާއި ގުޅިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.