ކަނޑޫދޫ މިރުސް -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ހަބަރު
16 Apr 2023 | 21:07
ކަނޑޫދޫ މިރުސް ގިނަވެ، ނުވިކިގެން އުކާލަނީ

ތ. ކަނޑޫދޫ މިރުސް ބާޒާރުގައި ގިނަވެ، ނުވިކިގެން އުކާލަން ފަށައިފިއެވެ.

ރޯދަމަސް ފެށުނު އިރު ކިލޯއެއް 250 އަށް، 300 ރުފިޔާއަށް ވިއްކި ކަނޑޫދޫ މިރުހުގެ އަގު ދަށްވަމުންގޮސް މިހާރު މިރުސް ކިލޯއެއް ވިއްކަނީ 80-90 ރުފިޔާއަށެވެ.

ކަނޑޫދޫ މިރުސް ވިއްކާ ފަރާތެއް ކަމުގައިވާ މުހައްމަދު އާރިފް "ވޮއިސް" އަށް މައުލޫމާތު ދެމުން ބުނީ، މިރުސް އުކާލަން ޖެހެނީ މިރުސް ލިބޭ މިންވަރު ގިނަވެފައި ވިކޭ މިންވަރު މަދުވުމުން ކަމަށެވެ.

ކަނޑޫދޫއިން މާލެއަށް ބޯޓު އަންނަ ކޮންމެ ފަހަރަކު 500 ކިލޯ، 600 ކިލޯ، ނުވަތަ 800 ކިލޯއިން މިރުސް ގެންނަގަން ފާހަގަކޮށް އާރިފް ބުނީ ހަފްތާއަކު ޓަނެއްހާ މިރުސް ލިބޭ ކަމަށެވެ.

މިދިޔަ ދެހަފްތާ ތެރޭގައި 2000 ކިލޯ، 3000 ކިލޯ މިރުސް ލިބުނު ކަމަށް އާރިފް ބުންޏެވެ. ނަމަވެސް މި ރޯދަމަހު މިރުހުގެ ވިޔަފާރި ވަރަށް ބޮޑަށް ދަށްވި ސީދާ ސަބަބެއް ނޭނގޭ ކަމަށް އާރިފް ބުންޏެވެ.

"ދެން އަނެއްކޮޅުން ވާގޮތަކީ ލ މިރުސް ފުދޭވަރަކަށް ގިނައިން ރާއްޖެތެރެއަށް ގެންދޭ. ސީދާ ޑައިރެކްޓްކޮށް ލާމުން. އެހެންވެގެންދޯ ބޮޑަށް" އާރިފް ބުންޏެވެ.

މީގެ އިތުރުން އާރިފް ބުނީ ރޯދަމަހުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިރުހުގެ އަގު މަތިވާނެ ކަމަށް ނުބެލެވޭ ކަމަށާއި އަދިވެސް އަގު ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހަފްތާއަކު ތިން ދުވަހު މިރުސް ޝިޕްމަންޓް އަންނަ ކަނޑޫދޫގައި މިރުސް ހައްދާ މީހުން ގިނަވުމަކީ ބާޒާރަށް މިރުސް ނެރޭ މިންވަރު ގިނަވާ ސަބަބެއް ކަމަށް އާރިފް ފާހަގަ ކުރިއެވެ. އަދި މިރުސް ގަންނަ މީހުން މަދުވުމުން މިރުސް ހަލާކުވަނީ ކަމަށާއި އާ ޝިޕްމަންޓް އައުމުން ކުރީގެ މިރުސް އުކާލަން ޖެހެނީ ކަމަށް އާރިފް ބުންޏެވެ.

"ވަރަށް ގިނައިން ބާޒާރުން މިރުސް އުކައިފިން. މިދިޔަ ދެ ހަފްތާގެ ތެރޭގައި ގާތްގަނޑަށް ބައި ޓަނެއްހާ މިރުސް އުކާފަ ހުންނާނެ" އާރިފް ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.