އަތީޤް އަހްމަދާއި އަޝްރަފް އަހްމަދު ފުލުހުންގެ ބެލުމުގެ ދަށުން ހޮސްޕިޓަލަށް ގެންދިޔުމަށް ނެރުނު ވަގުތު
ދުނިޔެ
16 Apr 2023 | 22:14
އިންޑިޔާގެ ކުރީގެ އެމްޕީ އަތީޤް އަހްމަދު މަރާލައިފި

އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރެއް ކަމަށްވާ އަތީޤް އަހްމަދާއި އޭނާގެ ބޭބެ އަޝްރަފް އަހްމަދުގެ ގަޔަށް ބަޑިޖަހައި މަރައިލައިފިއެވެ.

އިންޑިޔާގެ އުއްތަރް ޕްރަދޭޝްގައި މިކަން ހިނގިއިރު އެމަންޒަރު ލައިވްކޮށް ޓީވީ އަކުން ދައްކައި ފައިވެސްވެއެވެ. އަތީޤް އާއި އޭނާގެ ބޭބެ އަޝްރަފް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މި ހާދިސާ ހިނގައިފައިވަނީ އެދެމީހުންގެ ބަލި ހާލަތު ހުރި ގޮތުން ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔުމަށް ބޭރަށް ނެރުނު ވަގުތެއްގައެވެ.

އަތީޤް އާއި އޭނާގެ ބޭބެ އަޝްރަފްގެ ގަޔަށް ބަޑިޖަހައި މަރާލިމީހާ، އެސަރަހައްދަށް ގޮސްފައިވަނީ ނޫސްވެރިއެއް ކަމަށް ފެންނަ ގޮތައް ހެދުން އަޅައިގެން ކަމަށާއި، މީހުންގަނޑުގެ ތެރެއިން ކުއްލިއަކަށް ނުކުމެ އެމީހާ އަތީޤް އާއި އަޝްރަފްގެ ގަޔަށް ބަޑިޖެހީކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

މިމައްސަލަޔާއި ގުޅިގެން ތުހުމަތުކުރެވޭ ތިން މީހަކުވަނީ ވަގުތުން ފުލުހުންނަށް އަމާންދީފައެވެ. އަދި އެމީހުން ވަގުތުން ފުލުހުންގެ ވެހިކަލްގައި ގެންދެވިފައިވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

މި ހާދިސާގައި ބަޑިޖެހި މީހާ ބަޑިޖެހި ވަގުތު ހިންދޫ ދީނުގެ ޝިރުކީ ޝުޢޫރެއް ކަމަށްވާ "ޖައި ޝްރީ ރާމް" ގޮވި ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ. އިންޑިޔާގެ ހައްދުފަހަނަ އެޅި ހިންދޫއިން އެ ޤައުމުގެ މުސްލިމުންނާއި ދެކޮޅަށް ހިންގާ ޢަމަލުތަކުގައި އެ ޝުޢޫރު ބޭނުން ކުރުން ވަނީ ޢާންމުވެފައެވެ. އަދި ހިންދޫންގެ އެންގުމަށް އެހެން ނުކިޔާ މުސްލިމުންނަށް އިންސާނިއްޔަތާއި ޚިލާފު އަދަބުތައް ދީ ހަދަމުންދާ ކަން ބައިނަލް އަޤްވާމީ މީޑީއާ ތަކުން އަންނަނީ ފާޅުކޮށް ހާމަކޮށްދެމުންނެވެ.

މިމައްސަލަ އާއި ގުޅިގެން އިންޑިޔާ ޕޮލިހުން ބުނެފައިވާ ބަހުން، މި މަރުގެ ފަހަތުގައި ވަނީ ކޮން މަޤްސަދެއްތޯ ހޯދުމަށް އެމީހުން މަސައްކަތް ކުރާ ކަމުގެ ޔަޤީންކަމެއް ލިބިފައި ނުވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.