ދިވެހިންގެ އެހީގައި ފަލަސްޠީނުގައި ބިނާ ކުރެވޭނެ ފުރަތަަމަ މިސްކިތް ހުންނާނެ ގޮތުގެ 3ޑީ ކުރެހުމެއް-- ފޮޓޯ/ އައިއޭސީ
ހަބަރު
17 Apr 2023 | 12:36
މިރެއަކީވެސް އޮނަހިރި ރެއެއް؛ ފަލަސްޠީނުގައި މިސްކިތެއް ބިނާ ކުރަން އެހީވެލަމާ!

ދިވެހީންގެ އެހީއާއެކު ފަލަސްތީނުގައި މިސްކިތެއް ބިނާ ކުރުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)އިން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ. 

އައިއޭސީން ބުނީ މިއީ އެ ޖަމިއްޔާއިން ހިންގާ ތަޖްރީގެ ޕްރޮޖެކްޓްގެ ތެރެއިން ހިންގާ ޕްރޮޖެކްޓެއް ކަމަށެވެ. ތަޖްރީގެ ތެރެއިން ޖުމްލަ 4 މިސްކިތެއް އެޅުމަށް އައިއޭސީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ތަޖްރީ ޕްރޮޖެކްޓަށް ކޮންމެ ވަގުތަކުވެސް ކޮންމެ އަދަދެއްވެސް ދެވޭނެ ކަމަށާ އެއީ ދެމިގެންދަނިވި ޞަދަޤާތުގެ ފަންޑެއްކަމަށްވެސް އެޖަމިއްޔާ އިން ބުނެއެވެ. އެގޮތުން، މިސްކިތް ބިނާ ކުރުމުގެ އިތުރުން ސްކޫލް، ކޮމިޔުނިޓީ ސެންޓަރު ފަދަ ދެމެހެއްޓެނިވި ސަދަގާތްތަށް ދިވެހިންގެ ދީލަތި އެހީ އާއިއެކު މި ޕްރޮޖެކްޓް ގެ ދަށުން ކުރިއަށް ދާނެކަން އެޖަމިއްޔާއިން މައުލޫމާތުދެއެވެ.

ތަޖްރީގެ ދަށުން އަޅާ ހަތަރު މިސްކިތުގެ ތެރެއިން ފަލަސްޠީނުގައި އަޅާ މިސްކިތަކީ ތިން ފަންގިފިލާ ގެ މިސްކިތެއް ކަމަށް އައިއޭސީން މައުލޫމާތު ދެއެވެ. އަދި އެއީ ޖާގައިގެ ގޮތުން ތަނަވަސް ހިތްގައިމު މިސްކިތަކަށް ވާނެ ކަމުގެ ޔަގީންކަން އެ ޖަމިއްޔާ އިން ދެއެވެ.  

ފަލަސްޠީނުގެ ޣައްޒާގައި އަޅާ މިސްކިތާއި ބެހޭ އިތުރު މައުލޫމާތު--ފޮޓޯ/ އައިއޭސީ 

"އަޅުގަނޑުމެންގެ އުންމީދަކީ މި ހިނގާ ރަމަޟާން މަސް ނިމުމުގެ ކުރިން މި ހަތަރު މިސްކިތަށް ފަންޑްލިބި މަސައްކަތް ފެށުން" އައިއޭސީން ބުނެ އެވެ.

ދިވެހިންގެ އެހީގައި ފަލަސްޠީނުގައި ބިނާ ކުރެވޭނެ ފުރަތަަމަ މިސްކިތް ހުންނާނެ ގޮތުގެ 3ޑީ ކުރެހުމެއް-- ފޮޓޯ/ އައިއޭސީ

މިއީ ދިވެހިންގެ އެހީގައި ފަލަސްޠީނުގައި އެޅޭ ފުރަތަަމަ މިސްކިތް ކަމަށް ވާއިރު މި ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ މި ދުވަސްތަކާއި ރޭ ތަކުގައި، މި މަތިވެރި ޝަރަފާއި ދަރުމަ ލިބެނިވި އަޅުކަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އަންނަނިވި އެކައުންޓަަށް ފައިސާ ޖަމާ ކުރުމުން އެކަން ހަމަޖެހިގެން ދާނެ ކަމަށް އައިއޭސީ އިން ބުނެއެވެ. 

ބީއެމްއެލްގެ އިސްލާމިކް އެކައުންޓް

އެކައުންޓް ނަންބަރު: 7770000062742

އެކައުންޓް ނަން: International Aid Campaign

އެކައުންޓް ލޭބަލް: Sadaqa Jariya

އައިއޭސީގެ ޕްރޮޖެކްޓްގެ އަގުތައް ހެދިފައިވާނީ ޕްރޮޖެކްޓް ހިންގުމާއި ބެލެހެއްޓުމާއި، ދެމެހެއްޓުމާއި، އިދާރީ ހިންގުމާއި ތަރައްގީއަށް ދާނެ ކަމަށް ލަފާކުރެވޭ ޚަރަދުތައް ހިމެނޭގޮތަށް އެވަރެޖް 12.5 ޕަސެންޓު ހިމެނޭގޮތަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.