ޑރ. އަނާރާ ނައީމް-- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ހަބަރު
17 Apr 2023 | 09:39
އިސްލާމީ ޝަރީޢަތް އައުމުން އަންހެނުންނަށް ނުލިބި އޮތް އެތައް ހައްގެއް ލިބިގެންދިޔަ: ޑރ. އަނާރާ

އިސްލާމީ ޝަރީޢަތް އައުމުން އިންސާނާއަށް ދިރިހުރުމުގެ ޙައްޤާއި މުދާ މިލްކުކުރުމާއި އިލްމު އުނގެނުމާ މިފަދަ ވަރަށް މަތިވެރި ދަރަޖަތަކަށް އަންހެނުން ގެންގޮސްދޭނެ އެތައް ޙައްޤެއް ލިބިގެން ދިޔަކަމަށް ޑރ. އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.

ޑރ. އަނާރާ މިހެން ވިދާޅުވީ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ. “މުޖުތަމަޢުގެ ކުރިއެރުމުގައި މުސްލިމް އަންހެނާގެ ދައުރު” މި މައުޟޫޢަށް މި ފޯރަމްގައި  ތަޤްރީރުކުރެއްވީ ޑރ. އަނާރާ ނަޢީމް އަދި އަލްއުސްތާޛާ ޢާއިޝާ ޚަލީލާ ޢަބްދުއްސައްތާރެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން، ޑރ. އަނާރާ ވިދާޅުވީ އަންހެނުންނަކީ މުޖުތަމައުގެ ދެބައިކުޅަ އެއްބައިކަމަށާއި މުޖުތަމައުގައި އަންހެނުންގެ ދައުރު ބޮޑުކަމަށެވެ.

އެގޮތުން އަންހެނުންގެ މައްޗަށްވާ އާއިލީ ދައުރާއި، އިޖުތިމާޢީ ދައުރާއި އިޤްތިސާދީ ދައުރާއި ސިޔާސީ ދައުރާއި ދީނީ ދައުރަށް ބައްލަވާލެއްވިއެވެ.

އިސްލާމީ ޝަރީޢަތް އައުމުގެ ކުރީގައި އަންހެނުންގެ ޙާލަތާއި އިސްލާމީ ޝަރީޢަތުގެ ފަހުން އަންހެނުންގެ ޙާލަތަށް އައި ބަދަލުތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވަމުން،

އިސްލާމީ ޝަރީޢަތް އައުމުގެ ކުރިން އަންހެނުން ދިރިހުއްޓާ ވަޅުލުމާއި، އަންހެނުންނަކީ ވާރުތަވާ ބައެއްގެ ގޮތުގައި ތިބިކަމާއި  އަންހެނުންނަކީ ހަމައެކަނި ފިރިހެނުންނަށް ޚިދުމަތްކުރުމަށް ލައްވާފައިވާ ބައެއްކަމަށް އޭރު އެ މުޖުތަމަޢުތަކުގައި އޮންނަކަން ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް އިސްލާމީ ޝަރީޢަތް އައުމުން އިންސާނާއަށް ދިރިހުރުމުގެ ޙައްޤާއި މުދާ މިލްކުކުރުމާއި އިލްމު އުނގެނުމާ މިފަދަ ވަރަށް މަތިވެރި ދަރަޖަތަކަށް އަންހެނުން ގެންގޮސްދޭނެ އެތައް ޙައްޤެއް ލިބިގެން ދިޔަކަމަށް ވިދާޅުވިއެވެ.

އިންސާނީ ޙައްޤުތަކާއި އަންހެނުންނާއި ފިރިހެނުން ހަމަހަމަކަން ކަނޑައެޅިގެން ދިޔަކަމަށް ވިދާޅުވިއެވެ. އެގޮތުން އިންސާނާ ދިރިހުރުމުގެ ޙައްޤު، ތަޢުލީމު އުނގެނުމާއި ޚިޔާލުފާޅުކުރުމުގެ ޙައްޤާއި މި ހުރިހާ ޙައްޤުތަކެއް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށް ލިބިގެން ދިޔަކަމަށް ވިދާޅުވިއެވެ.

އަދި ޢިލްމު އުނގެނުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާކަމާއި އެހެންކަމުން މި ކަންކަމުން އެނގިގެން ދަނީ އިސްލާމްދީން އައުމުން އަންހެނުންނަށް ލިބިގެންދިޔަ ޤަދަރާއި މަތިވެރި ޝަރަފްކަމަށް ވިދާޅުވިއެވެ.

އިސްލާމީ ޝަރީޢަތާއިއެކު އަންހެނުންނަށް އިންސާފު ޤާއިމްވެގެން ދިޔަކަމަށްވެސް ޑރ. އަނާރާ ވިދާޅުވިއެވެ.

މުޖުތަމަޢު ބިނާކުރުމުގައި އަންހެނުންގެ ދައުރަށް ބައްލަވަމުން އަންހެނުންނަކީ މުޖުތަމައުގައި  ތަފާތު ދައުރު އަދާކުރާ ބައެއް ކަމަށް ވިދާޅުވިއެވެ.

އެގޮތުން އަންހެން ދަރިއެއްގެ ގޮތުގައިއާއި، ކޮއްކޮއެއް، ދައްތައެއް، އަނތްބެއް، މަންމައެއް، ނޫނީ މާމައެއްގެ ދައުރު މުޖުތަމައެއްގައި  އަންހެނަކު އަދާކުރާކަމަށް ވިދާޅުވިއެވެ.

މި ދައުރުތައް އަދާކުރެވޭނީ އަމިއްލަ ނަފްސު ސާބިތުކަމާއިއެކު ހުރެގެންކަމަށް ވިދާޅުވެ އަޅުކަންތައް ބަރާބަރަށް އަދާކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުންފަދަ  ކަންކަމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަންކަންކަމަށް ވިދާޅުވިއެވެ.

އަލްއުސްތާޛާ ޢާއިޝާ ޚަލީލާ

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އަލްއުސްތާޛާ ޢާއިޝާ ޚަލީލާވަނީ އިސްލާމީ ތާރީޚުން އަންހެނުންގެ ދައުރަށް ވަރަށް  ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.

އެގޮތުން ރަސޫލާ ޞޢވގެ ޙަޔާތްޕުޅުގައި އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންގެ މަސައްކަތްޕުޅާއި، ހަދީޘް ޢިލްމުގައި ކުރެއްވި މަސައްކަތްޕުޅަށް ބައްލަވާލެއްވިއެވެ.

އިސްލާމީ ރިސާލަތު އަޅުގަނޑުމެންނާ ހަމައަށް އައުމުގައި އިސްލާމީ އުންމަތުގެ އަންހެން ބޭފުޅުންގެ ވަރަށް ބޮޑު ދައުރެއްވާކަން ފާހަގަކުރެއްވިއެވެ.

އިލްމު އުނގެނުމަކީ ވާޖިބެއްކަމަށް ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް އަންގަވާފައިވާކަމަށާއި އިލްމު އުނގެނުމުން މަޙްރޫމްވުމަކީ ވަރަށް ބޮޑު ނިޢުމަތެއް އެމީހެއްގެ ކިބައިން ގެއްލިގެންދާ ކަމެއްކަމަށް ވިދާޅުވިއެވެ.

އަންހެނުންގެ ދައުރު ފުޅާކުރެވޭނީ ޢިލްމު އުނގެނިގެންކަމަށް ވިދާޅުވެ މަޝްހޫރު ޢިލްމުވެރިން ތަރުބިއްޔަތުކުރުމުގައި އެބޭފުޅުންގެ މަންމައިންގެ  ދައުރު ވަރަށް ބޮޑުކަމަށް ވިދާޅުވިއެވެ.

ޔަތީމުންގެ ގޮތުގައި ތިއްބެވި އެ ބޭފުޅުން، ތަރުބިއްޔަތު ކުރައްވައި، އިމާމުންނާއި ޢިލްމުވެރިންގެ ގޮތުގައި މުޖުތަމައަށް ނެރުއްވީ އެބޭކަލުންގެ މަންމައިންކަމަށް ވިދާޅުވިއެވެ.

ހުރިހާ ޖީލެއް ބިނާކުރާ ބަޔަކީ އަންހެނުންނަށްވާއިރު  އަންހެނުންނަށް ޝަރުޢީ ގޮތުން ޙަވާލުވެފައިވާ ދައުރު އަންހެނުންނަށް އަދާކުރެވޭނީ އަންހެނުންނަކީ ރަނގަޅު އިލްމެއް ލިބިފައިވާ ބަޔަކަށް ވެގެންކަމަށްވެސް އަލްއުސްތާޛާ ޢާއިޝާ ޚަލީލާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.