އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު--
ހަބަރު
17 Apr 2023 | 14:03
މި ދައްކަނީ އެމްޑީޕީގެ މެނިފެސްޓޯ އާއި ޢަމަލާއި ދިމާނުވާ ވާހަކަ: ޢަމްރު

2018 ވަނަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގަންނަވަން އެކުލަވައިލެއްވި މެނިފެސްޓޯ އާއި އެމަނިކުފާނުގެ ޢަމަލުފުޅާއި ދިމާނުވާ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު އަށް އަމާޒުކޮށް އެމްޑީޕީ އަކީ ވަކި މީހެއް ނޫން ކަމަށް އޮންލައިން ނޫހަކުން ލިޔެފައިވާ އާޓިކަލް އަކަށް ރައްދު ދެއްވައި އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީ އަކީ ފިކުރެއް ކަމަށެވެ. އަދި އެ ފިކުރު ޕާޓީއިން ފޮހެވުމުން އެހެން ޕާޓީތަކާ އެމްޑީޕީ އަކާ ތަފާތެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

"އެއީ (އެމްޑީޕީ އަކީ) ފިކުރެއް. ރާއްޖެ ބަދަލުކުރަން ބޭނުންވި ފިކުރެއް. އެ ފިކުރު ޕާޓީއިން ފޮހެވުމުން އެހެން ޕާޓީތަކާ އެމްޑީޕީ އަކާ ތަފާތެއް ނެތް. ޕާޓީގަ ފިކުރު ދިރެންޖެހޭ!" އަމްރު ވިދާޅުވި އެވެ. 

މިއާއެކު އަމްރު ވިދާޅުވީ، މެނިފެސްޓޯ ހެދީ ވަރަށް ގިނަ ރައްޔިތުންގެ ޚިޔާލު ހޯދައިގެން އެ ފާސްކުރީ ޤައުމީ މަޖިލިހުން ކަމަށެވެ. އަދި ޤައުމީ މަޖިލީހަށް މެނިފެސްޓޯ ހުށަހެޅީ އޭނާ ކަމަށާ، އެއަށްފަހު ކޮންގްރެސްއަށް ހުށަހެޅީވެސް އޭނާ ކަން އަމްރު ފާހަގަކުރެއްވިއެވެ.

"އެޔާ (މެނިފެސްޓޯ އާއި) އަމަލާ ދިމާނުވާ ވާހަކަ މި ދައްކަނީ." އަމްރު ވިދާޅުވި އެވެ.  

އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތައް އިތުރުވެ ޕާޓީ ދެބައިވެފައިވާއިރު، އަމްރު އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުގެ ހަރަކާތްތެރި މެންބަރެކެވެ. އެސްޓީއޯގެ އެމްޑީ ކަމުގެ މަގާމުގައި ހުންނެވިއިރު ސަރުކާރުގެ ސިޔާސަތު ތަކަށް ފާޑުވިދާޅުނުވިނަމަވެސް، މަގާމުން ވަކިކުރުމާއި އެކު އޭނާ އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.