ދުނިޔެ
18 Apr 2023 | 23:01
އިންޑިޔާގެ ޓެކްސްޓް ފޮތްތަކުން މުސްލިމުންގެ ވާހަކަތައް އުނިކުރަނީ

އިންޑިޔާގެ ސްކޫލްތަކުގައި ކިޔަވައިދޭ ޓެކްސްޓް ފޮތްތަކުން އެޤައުމުގެ ތާރީޚާއި ގުޅިފައިވާ މުސްލިމުންގެ ވާހަކަތައް އުނިކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެގޮތުން އެއްޒަމާނެއްގައި އިންޑިޔާގައި ވެރިކަން ކުރި މުގަލް އެމްޕަރާގެ ވާހަކަތަކާއި، އިންޑިޔާގެ ތާރީޚާއި ގުޅިފައިވާ މުސްލިމުންގެ ނަންތަކާއި އެމީހުންގެ ހޯދައިފައިވާ ކުރިއެރުންތަކާއި، ތާޖްމަހަލް ފަދަ ބިނާތައް ބިނާކުރުމުގެ ވާހަކަތައް އުނިކޮށްފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފައިވެއެވެ.

މީގެ އިތުރުން 2002 ވަނަ އަހަރު ހިންދޫން މުސްލިމުންނާއި ދެކޮޅަށް ހިންގި އަނިޔާވެރި ޢަމަލުތަކުގެ ވާހަކަތައްވެސް ވަނީ އުނިކޮށްފައެވެ.

އިނގިރޭސިންގެ އަތުން އިންޑިޔާ މިނިވަންކުރުމަށް އެތައް މަސައްކަތްތަކެއް ކުރި މަހާތްމާ ގާންދީ އާ ގުޅޭ ތަރީޚީ ވާހަކަތަކާއި ގާންދީ އިންޑިޔާ މިނިވަން ކުރުމަށް ކުރި މަސައްކަތް ތައްވެސް ވަނީ އުނިކޮށްފައެވެ. މީގެ އިތުރުން ޑާވިންގެ ތިޔަރީގެ ވާހަކަތައް ވެސް ވަނީ އުނިކޮށްފައެވެ.

ހިންދީ ބަހުގެ ލެކްޗަރާއެއް ކަމަށްވާ އަޕޫރްވާނަންދު އަލްޖަޒީރާއާއި ވާހަކަ ދައްކަމުން ބުނެފައިވަނީ މި މަސައްކަތަކީ އިންޑިޔާ ހިންދޫންގެ ޤައުމަކަށް ހެދުމުގެ މަސައްކަތް ކަމަށެވެ. އަދި ހިންދޫންގެ ދިރިއުޅުމުގެ ވައްޓާފާޅި އިންޑިޔާގެ ދިރިއުޅުމުގެ ވައްޓަފާޅިއަކަށް ހެދުމުގެ މަސައްކަތް ކަމަށެވެ.

މިކަން ކުރުމަށްޓަކައި ކުރަންޖެހޭނެ ކަމަކީ އިންޑިޔާގެ އެއްޗެކޭ ބުނާ ހުރިހާ އެއްޗެއް ހިންދޫ އެއްޗަކަށް ހެދުން ކަމަށެވެ. އެހެންވީމަ އިންޑިޔާގެ ތާރީޚޭ ބުނުމުން ސިފަވާން ޖެހޭނީ ހިންދޫންގެ ތާރީޚު ކަމަށް އޭނާ ބުންޏެވެ.

އަޕޫރްވާނަންދު ބުނެފައިވަނީ މިހާރު ސަރުކާރުން މިކުރާ ކަމަކީ ޢަމަލީގޮތުން އިންޑީޔާއިން ފެންނަ މަންޒަރާއި ލިޔެވިފައި އޮތް އެއްޗަކާއި އެއްގޮތް ކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ކުރިން މަގުތަކަށް ދީފައިވާ ނަންތައް ބަދަލުކުރުމާއި މިސްކިތްތައް ތަޅާލުން ފަދަ ކަންކަން އޭނާ ފާހަގަ ކުރިއެވެ.

ޓެކްސްޓް ފޮތްތަކަށް ގެނައުމަށް ހަމަޖެހިފައިވާ ބަދަލުތަކާއި ގުޅޭ ގޮތުން ލަފާ ދީފައިވަނީ އިންޑިޔާގެ ސަރުކާރުގެ ދަށުން ހިންގާ ނެޝަނަލް ކައުންސިލް އޮފް އެޑިޔުކޭޝަނަލް ރިސާރޗް އެންޑް ޓްރެއިނިންގް އިންނެވެ.

އަދި މިކަމުގެ އަސަރު 24،000 ސްކޫލެއްގެ އެތައް މިލިއަން ކުއްޖަކަށް ކުރާނެ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ. ނަމަވެސް އެންސީއީއާރްޓީ އިން ބުނެފައިވަނީ މިބަދަލުގެ ސަބަބުން ޓެކްސްޓް ފޮތްތައް ރޭޝަނަލައިޒް ވެގެން ދާނެ ކަމަށެވެ. އަދި ޕެންޑަމިކް ގެ ސަބަބުން ދަރިވަރުންނަށް ދިމާވެފައިވާ ބުރަކަން ލުއި ވެގެން ދާނެ ކަމަށެވެ.

އިންޑިޔާގެ ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ މިއީ ބީޖޭޕީ އިން ކުޅެމުންދާ ސިޔާސީ ކުޅިވަރުގެ ހަރަކާތެއް ކަމަށެވެ. އަދި އިންޑިޔާއަކީ ސެކިޔުލާ ޤައުމަކަށް ހެދުމަށް އެޕާޓީއިން ކުރަމުންދާ މަސައްކަތް ކަމަށެވެ.

ބީޖޭޕީގެ ސަރުކާރުގައި އިންޑިޔާގެ އެތައް މިސްކިތަކާއި، މުސްލިމުންގެ ގެދޮރު ތަޅައި ސުންނާފަތި ކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.