އިޒްރާއިލް ސިފައިން މިލިޓަރީ ރެއިޑް ހިންގި ސަރަހައްދު
ދުނިޔެ
19 Apr 2023 | 13:47
އިޒްރާއިލުން ފަލަސްޠީނުގެ 7 މީހެއްގެ ގަޔަށް ބަޑިޖަހައި ޒަހަމްކޮށްލައިފި

އިޒްރާއިލުން ފަލަސްޠީނުގެ ޖާރުއްސަލަމްގެ އިރުގައި ފަލަސްޠީނުގެ 7 މީހެއްގެ ގަޔަށް ބަޑިޖަހައި ޒަހަމްކޮށްލައިފިއެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ބުނީ މި 7 މީހުންގެ ގަޔަށް ބަޑިޖަހައި ޒަހަމްކޮށްލައިފައިވަނީ ފަލަސްޠީނުގެ ދެކުނު އައްސޭރިގައި އުޒްރާއިލް ސިފައިން ހިންގި މިލިޓަރީ ރެއިޑެއްގައި ކަމަށެވެ. އަދި އިޒްރާއިލުން މި މިލިޓަރީ ރެއިޑް ހިންގާފައިވަނީ އިޒްރާއިލްގެ ދެމީހަކު ބަޑީގެ ހަމަލާއެއްގައި ޒަހަމްވިތާ ދެގަޑިއިރެއްހާއިރު ފަހުން ކަމަށެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ބުނެފައިވަނީ ބަޑީގެ ހަމަލާ އާއި ގުޅިގެން 6 މީހަކު ކުދި ޒަހަމްތަކާއި އެކު ޖެނީންގެ ގަވަރަމެންޓަލް ހޮސްޕިޓަލުގައި ފަރުވާހޯދައިފައިވާ ކަމަށެވެ. އަދި އަނެއް މީހާ ހަމަލާ ދެވުނު ސަރައްހައްދާއި ކައިރީ ހޮސްޕިޓަލެއްގައި އެޑްމިޓް ކުރެވިފައިވާ ކަމަށެވެ.

އިޒްރާއިލް މިލިޓަރީގެ ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ހިންގުނު މިލިޓަރީ ރެއިޑަކީ ކުރިން ޚަބަރު ކުރެވި ހިންގި ރެއިޑެއްކަމަށެވެ. އަދި މި ރެއިޑަކީ އިޒްރާއިލްގެ ދެމީހުންނަށް، ޝެއިހް ޖައްރާގައި ބަޑިން ހަމަލާދިން މީހާ، ޖެނީންގެ ރެފިޔުޖީ ކޭމްޕްގެ ތެރޭގައި ވާކަން އެނގި އޭނާ ހޯދުމަށް ހިންގުނު ރެއިޑެއްކަމަށެވެ.

އިޒްރާއިލްގެ އޮފިސަރުން އެސަރަހައްދަށް ވަނުމުގެ ކުރިން އެސަރަހައްދު ބަންދު ކުރި މަންޒަރު އޭއެފްޕީގެ ނޫސްވެރިންނަށް ފެނިފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ. އަދި އެސަރަހައްދަށް ވަތްއިރު ޑްރޯން އާއި ހެލިކޮޕްޓަރ އަދި އަދި ޕޮލިސް ފޯހުގައި ބޭނުން ކުރާ ކުއްތާވެސް ވައްދައިފައިވެއެވެ.

އިޒްރާއިލް ސިފައިންފެ އޮފިސަރަކު ބުނެފައިވަނީ އެސަރަހައްދަށް ވަދެވެން އޮތް މަގު ބަންދު ކުރުމުގެ ބޭނުމަކީ ހަތިޔާރާއި އެކު ވަދެ ތިބި އިޒްރާއިލްގެ ފޯސް އެސަރަހައްދުގައ ތިބި އިރު އެސަރަހައްދަށް ވެހކަލްތައް ވަނުން ހުއްޓުވުން ކަމަށެވެ. އިޒްރާއިލް ސިފައިން ބުނެފައިވަނީ އިޒްރާއިލްގެ ދެމީހުންނަށް ބަޑިން ހަމަލާދިން މީހާ ގެންގުޅުނު ބަޑި ފެނިފައިވާކަމަށެވެ. އަދި އެބަޑިއަކީ ފަލަސްޠީނުގައި އުފައްދާ ބަޑިއެއްކަމަށް އިޒްރާއިލް ސިފައިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.