މެމްބަރު ހުސެއިން ޝަމީމު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
19 Apr 2023 | 23:28
55 މިލިއަން ރުފިޔާ ނަޝީދަށް އެކަނި ޚަރަދުކުރުމަކީ ކުޅަދާނަ ކަމަކަށް ނުވާނެ: ހުސެއިން ޝަމީމު

55 މިލިއަން ރުފިޔާ ދެ އަހަރު ބައި ވެރިކަން ކޮށްފައިވާ ފަރާތަކަށް ޚަރަދުކުރުމަކީ ދައުލަތުގެ ބަޖެޓަށް ކުޅަދާނަ ކަމަކަށް ނުވާނެކަމަށް މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމު (އަނދުން ހުސެއިން) ވިދާޅުވެއްޖެ އެވެ. 

ޝަމީމު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ޝަމީމުގެ ވާހަކަފުޅު ފައްޓަވަމުން ވިދާޅޫވީ ދިވެހިރާއްޖޭގެ ސަރުކާރުގެ ބަޖެޓަކީ ކޮކާކޯލާ ކުންފުނީގެ އެޑްވަޓައިސިން ކުންފުނީގެ ބަޖެޓަށްވުރެ ވެސް ކުޑަ ބަޖެޓަށް ކަމަށެވެ.

އެހެންކަމުން މިފަދަ ކުޑަ ބަޖެޓަކުން ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަންތައްތަކެއް ފުއްދުމަށް މަސައްކަތް ކުރާ ހާލަތުގައި ދައުލަތުން ބަލަން ޖެހޭ ފަރާތަކަށް ޚަރަދުކުރާއިރު އިސްރާފު ނުވާނެހެން ޚަރަދުތައް ކުޑަ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ. 

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ނަންފުޅު ވިދާޅުނުވެ ޝަމީމު ވިދާޅުވީ މިހާރުވެސް ދައުލަތުން ވަކި ބޭފުޅަކަށް ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޮލަކަށް 80 ރުފިޔާގެ މަގުން ޚަރަދުކުރަމުންދާ ކަމަށެވެ. އަދި އެގޮތަށް ވަކި ބޭފުޅަކަށް ޚަރަދުކުރުމަކީ ސަރުކާރުގެ ކުޑަ ބަޖެޓަށް ކެތްވާނެވަރުގެ ކަމަކަށް ނުވާނެކަމަށް ޝަމީމު ވިދާޅުވި އެވެ. 

ޝަމީމުގެ އެ ވާހަކަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވަނީ ނިޒާމީ ނުގުތާއެއް ނަންގަވާ ރަޝީދުގެ ސެކިއުރިޓީއާއި ގުޅުވާ އެފަދަ މޭރުމުން މަޖިލީހުގައި ވާހަކަ ނުދެއްކޭނެކަމަށް ވިދާޅުވެފަ އެވެ. އަދި ނަޝީދަށް ކުރާ ޚަރަދުގެ ވާހަކަ ދައްކަނީ ސަރުކާރުގެ އިނާޔަތްތައް ކުޑަކޮށް އަނެއްކާވެސް ނަޝީދަށް ޙަމަލާއެއް ދެވޭނެ ފަދަ ހާލަތު އުފަންކުރުމަށްކަމަށް ބޮންޑާ ތުހުމަތު ކުރެއްވި އެވެ. 

ބޮންޑާގެ އެ ވާހަކަތަކަށްފަހު ޝަމީމު ވިދާޅުވީ އޭނާ އެ އިޝާރާތްކުރެއްވީ ނަޝީދުގެ ސެކިއުރިޓީއަށް ކުރާ ޚަރަދުތަކަށް ނޫން ކަމަށެވެ. އެހެން ނަމަވެސް ދައުލަތުން ޖުމްލަކޮށް ނަޝީދަށް ކުރާ ބޮޑު ޚަރަދަށް ކަމަށެވެ. 

އެގޮތުން މި ސަރުކާރުން ނަޝީދަށް އެކަނި 55 މިލިއަން ރުފިޔާ ޚަރަދުކުރައްވާ ކަމަށާއި، އެއީ ދައުލަތުގެ މާލިއްޔަތަށް ކެތްވާނެ ވަރުގެ ކަމެއް ނޫންކަމަށް ޝަމީމު ވިދާޅުވި އެވެ. އަދި އެ ޚަރަދުތަކަކީ ރީ-ސްޓްރަކްޗާކުރަން ޖެހޭ ޚަރަދުތަކެއް ކަމަށް ޝަމީމު ވިދާޅުވި އެވެ. 

"މީ ކުޑަ ކުޑަ ގައުމެއް. ވަރަށް ކުޑަ ބަޖެޓެއްގެ ގައުމެއް. 55 މިލިއަން ރުފިޔާ ރާއްޖޭގެ ވެރިކަމުގައި ދެ އަހަރާއި ބައި ވެރިކަން ކުރައްވާފައި ފައިބައި ހުންނެވި ބޭފުޅެއްގެ އިސްތަށިފުޅަށް ޚަރަދުކުރެވިގެން ދިއުމަކީ މިއީ އަޅުގަނޑުމެން ފަދަ ކުޑަ ބަޖެޓެއް އޮންނަ ގައުމަކަށް އެކަށީގެންވާ ކަމެއް ނޫން. މީ ރީސްޓްރަކްޗާކުރަން ވިސްނަން ޖެހޭ ކަމެއް" 

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމު (އަނދުން ހުސެއިން)

ނަޝީދަށް ކުރާ ބޮޑު ޚަރަދުގެ ވާހަކަ ދައްކަވަން ފެއްޓެވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި އެވަގުތު ތިއްބެވި ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ މަޖިލިސް މެމްބަރުން ވަނީ ނިޒާމީ ނުގުތާ ނަންގަވާ ޝަމީމުގެ ވާހަކައަށް ހުރަސްއަޅުއްވާފަ އެވެ. އަދި މަޖިލީހުގައި ނަޝީދަށް ދައުލަތުން ކުރާ ޚަރަދުގެ ވާހަކަތައް ނުދެއްކޭނެކަމަށް އެ މެމްބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ. 

އެހެން ނަމަވެސް ޝަމީމު ވިދާޅުވީ ދެ އަހރު ބައި ވެރިކަން ކުރި ފަރާތަކަށް ދައުލަތުން 55 މިލިއަން ޚަރަދު ކުރުމަކީ ބޮޑުވަރެއް ކަމަށެވެ. އެއީ އިސްރާފެއް ކަމަށާއި، އެ އިސްރާފު ކުޑަކުރަން ޖެހޭކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ވ
ކާާކުތަ ކުރާށެ ބުނީ މުޅިދައުލަތް ދެމީހުނަށް ބަހާލީ
20 Apr 2023
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް