މެންގޯ ޑިލައިޓް-
ލައިފްސްޓައިލް
20 Apr 2023 | 10:37
ޢީދު ދުވަހު މެންދުރަށް މެންގޯ ޑިލައިޓް ކިހިނެއް ވާނެ؟

ކުރިއަށް އޮތީ ރޯދަ ޢީދު ކަމުން މިއަދު މި ގެނެސްދެނީ ޢީދު ދުވަހުގެ މެންދުރު ސުފުރާ މަތި ފަޅު ފިލުވާލުމަށް ތައްޔާރު ކޮށްލެވޭނެ މީރު ފޮނި ބާވަތެކެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.

ބޭނުންވާ ތަކެތި

2 ޖޯޑު ދިވެހި އަނބު (ކުދިކޮށް ކޮށާފައި، ކްރީމް ތައްޔާރުކުރަން) 

1 ޖޯޑު އަނބު (ކޮށާފައި, ލޭޔަރ ތައްޔާރުކުރަން) 

1/2 ދަޅު ގެރި ކިރު

1 1/2 ޖޯޑު ވިޕިންގ ކްރީން

15 މާރީ ބިސްކޯދު 

ކަނަމަދު ނުވަތަ ބޭނުން ވައްތަރެއްގެ ނަޓްސް (ގާނިޝް ކުރުމަށް)  

ތައްޔާރުކުރާނެ ގޮތް 

1) އަނބާއި ގެރިކިރު މިކްސަރުން ރަނގަޅަށް މުގުރާލާށެވެ. އެއްކޮށް މުގުރާލެވުމުން ރަހަ ބަލާލާށެވެ. މި މިކްސްޗަރ ހުންނަންވާނީ ކުޑަކޮށް ފޮނި ގަދަ ކޮށެވެ. ފޮނި މަޑު ނަމަ ނުވަތަ ހެޔޮ ވަރު ވަރަށް ހުރި ނަމަ، އިތުރު ގެރިކިރު ކޮޅެއް އަޅާލައި ރަނގަޅަށް އެކުލަވާލާށެވެ. 

2) ފިނި ކޮށްފައި ހުރި ވިޕިން ކްރީމް ހޭންޑް މިކްސަރަކުން ނުވަތަ އާދައި މިކްސަރަކުން ރަނގަޅަށް ވިޕް ކޮށްލާށެވެ. 

3) ވިޕް ވުމުން، ތަށްޓަކަށް އަޅާލުމަށްފަހު، އަނބު މިކްސްޗަރ އާއި ވިޕިން ކްރީމް ސަމުސަލަކުން ނުވަތަ ކޭކު ގިރާ އެއްޗަކުން މަޑު މަޑުން އެކުލަވާލާށެވެ. 

4) ދެން ލޭޔަރސް ގޮތަށް ޓްރޭއެއްގައި ތަކެތި އަތުރާލާނީއެވެ. އެންމެ ފުރަތަަމަ އިންނަންވާނީ އަނބު ކްރީމް މިކްސްޗަރ ލޭޔަރ އެކެވެ. އޭގެ މަތީގައި ބިސްކޯދު އަތުރާލާށެވެ. އެއަށްފަހު ބިސްކޯދު މައްޗަށް ކޮށާފައިވާ އަނބު ކޮޅެއް ވެސް އަޅާލާށެވެ. މިފަދައިން ދެން ހުރި ލެޔާރސް ތައް ހަދާލާށެވެ. އެންމެ މައްޗަށް އަޅަންވާނީ އަނބު ކްރީމް މިކްސްޗަރ އެވެ. 

5) ފަހު ކަމަކަށް ގާނިޝް ކޮށްލުމަށް ނަޓް ކޮޅެއް އަޅާލާށެވެ. ނަޓްގެ ބަދަލުގައި އަނބުންވެސް ގާނިޝް ކުރެވިދާނެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.