"އުފަލާއިއެކު" އިފްތާރު ކެމްޕޭންގެ ދަށުން ރޯދަވިއްލުން ހަދިޔާ ކުރުމުގެ ތެރެއިން
ހަބަރު
20 Apr 2023 | 20:18
"އުފަލާއިއެކު" ކެމްޕެއިންގެ ދަށުން 2 ލައްކައަށްވުުރެ ގިނަ ރޯދަވިއްލާ ޕެކޭޖް ހަދިޔާކޮށްފި

ރަމަޟާން މަހާ ދިމާކޮށް ޚިދުމަތް ޖަމިއްޔާއިން ކުރިއަށް ގެންދިޔަ "އުފަލާއިއެކު" އިފްތާރު ކެމްޕެއިންގެ ދަށުން 2 ލައްކައަށްވުުރެ ގިނަ ރޯދަވިއްލާ ޕެކޭޖް ހަދިޔާކޮށްފިއެވެ.

މި ކެމްޕޭންގެ ދަށުން ހަތަރު ގައުގެއްގައި ރޯދަވިއްލުމުގެ އިންތިޒާމުތައް ހަމަޖައްސައިދެވުނު އިރު އޭގެ ތެރެއިން ބަންގްލަދޭޝް އަދި ރޮހިނގްޔާކޭމްޕްތަކަށް ޚިދުމަތް ޖަމްޢިއްޔާގެ ޓީމެއް ވަނީ ޒިޔާރަތްކޮށް އަމަލީގޮތުން މިކަމުގައި ބައިވެރިވެފައެވެ.

އަދި ޕާކިސްތާނާއި އަފްޣާނިސްތާންގައި ޑްރޮޕް އޮފް ކޮމްޕޭޝަން އޮގަނައިޒޭޝަން ފަދަ އިންޓަނޭޝަނަލް ޖަމްޢިއްޔާތަކާއި ގުޅިގެން އެހީފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޚިދުމަތް ޖަމިްޢިއްޔާގެ ރައީސް މުހައަމްދު ސަމީހު މި ނޫހަށް މަޢުލޫމާތު ދިން ގޮތުގައި ޕެކޭޖްތަށް ބެހިފައިވަނީ ދިރިއުޅުމުގެ އަސާސީ ވަޞީލަތްތަށް މަދު ވަރަށް ފަގީރު ސަރަހައްދުތަަކަކަށެވެ.

އަދި ދިވެހި އަޚުންނާއި އުޚްތުންގެ ދީލަތި އެހީގެ ސަބަބުން މިރަމަޟާންމަހު އެނިކަމެތި ފަގީރުން ހިތްހަމަ ޖެހުމާއި އުފާވެރިކަން ގެނުވި ކަމަށާއި އެ ނިކަމެތިންގެ އިޚްލާސްތެރި ދުޢާ ވަނީ އެންމެހައި ދިވެހި ރައްޔިތުންނާއި އެކުގައި ކަމަށް ސަމީހު ވިދާޅުވިއެވެ.

އިފްތާރުގެ އެހީ މި ރޯދަމަހަށް ކުރި ޓާގެޓް ހަމަވުމާއިއެކު މިކެމްޕެއިންގައި އިތުރަށް އެހީނެގުންވަނީ ހުއްޓާލައިފައެވެ.

ސަމީހު ވިދާޅުވި ގޮތުގައި މިހާތަނަށް ލިބިފައވާ ފައިސާއިން 6 ރޯދައިގެ ނިޔަލަށް އެހީ ކުރިއަށް ގެންދެވޭނެއެވެ.

''އުފަލާއިއެކު'' އިފްތާރު ކެމްޕެއިން ނިމުނު ކަމުކަމުގައިވީ ނަމަވެސް އާންމު ސަދަގާތްތަކަށް އެޖަމްޢިއްޔާއިންވަނީ ''މަދަދު'' ގެ ނަމުގައި ޕްރޮގްމާމްއެއް ފަށާފައެވެ. އަދި މަދަދުގެ އެހީ މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށް ޚިދުމަތް ޖަމްޢިއްޔާއިން ހާމަކުރިއެވެ. މަދަދު’ ޕްރޮގްރާމްގައި އެހީތެރިކަން ފޯރުކޮށްދެވޭނޭ ކަންތައްތަކުގެ ތެރޭގައި:

● ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ޔަތީމުންނަށާއި ފަގީރުންނަށް ކާބޯތަކެތި އަދި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން

● ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުން

● މިސްކިތްތައް މަރާމާތު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން

● ރެފިއުޖީ ކޭމްޕްތަކުގައި ބޯހިޔާވެހިކަން ދަތިވެފައިވާ ފަރާތްތަކަށް އެކަމަށް މަގުފަހިކޮށްދިނުން

● ބޯފެނަށް ދަތިވެފައިވާ ފަރާތްތަކަށް ދާއިމީ ގޮތެއްގައި ބޯފެން ލިބޭނެ އިންތިޒާމު ޤާއިމު ކޮށްދިނުން

● ތައުލީމަށް ދަތިވެފައިވާ ހިސާބުތަކުގައި އެކަމުގެ ނިޒާމެއް ޤާއިމް ކޮށްދިނުން ހިމެނެއެވެ.

އެ ޖަމިއްޔާއިން ބުނީ، އެ ޖަމިއްޔާގެ އަމާޒަކީ މިފަދަ ހާލުގައި ޖެހިފައިވާ ފަގީރުންނާއި މިސްކީނުންގެ ދިރިއުޅުމަށް ކުޑަ ނަމަވެސް އެހީތެރިކަމެއް ފޯރުކޮށްދީ އެމީހުންގެ ދިރިއުޅުމަށް ހެޔޮބަދަލުތަކެއް ގެނައުން ކަމަށެވެ.

''މަދަދު'' ޕްރޮގްރާމްގައި ބައިވެރިވުމަށް ތިރީގައި މިވާ އެކައުންޓް ނަމްބަރު ޚިޔާރުކުަރައްވާށެވެ!

ބޭންކްގެ ނަން : ބީއެމްއެލް އިސްލާމިކް

އެކައުންޓްގެ ނަން : ޚިދުމަތް

އެކައުންޓް ނަމްބަރު (ރުފިޔާ):  7770000129941

އެކައުންޓް ނަމްބަރު (ޑޮލަރު) : 7770000129942

އިތުރު މައުލޫމާތު ހޯއްދެވުމަށް ޚިދުމަތް ޖަމިއްޔާގެ 7353339 ނަމްބަރަށް ގުޅުއްވުމުން ލިިބިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.