ސިފައިންގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/އެމްއެންޑީއެފް
ހަބަރު
21 Apr 2023 | 12:09
ސިފައިންގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފަޚުރުވެރި 131 ވަނަ ސިފައިންގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު ހެނދުނު 0600 ގައި ކަޅުތުއްކަލާ ކޮށީގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޢިއްޒަތްތެރި ދިފާޢީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ.

މި ރަސްމިއްޔާތުގައި ޢިއްޒަތްތެރި ދިފާޢީ ވަޒީރު ވަނީ ސިފައިންގެ 131 ވަނައަހަރު ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިޢާރު، "ސިފައިންގެ ބަދަހިކަން - ޤައުމުގެ ހަމަޖެހުން" އިޢުލާން ކޮށްދެއްވާފައެވެ. މީގެއިތުރުން ދިވެހި އަސްކަރިއްޔާއިން އަހަރަކު ދެފަހަރު ނެރެމުން އަންނަ "އައްޑަނަ މަޖައްލާ" ގެ 33 ވަނަ ޢަދަދު ވެސް ވަނީ ޢިއްޒަތްތެރި ދިފާޢީ ވަޒީރު ނެރެއްދެއްވާފައެވެ.

ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުالله ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކްތަކުގެ ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވިއެވެ.

މި ރަސްމިއްޔާތު ނިމިގެން ދިޔައީ ޚާއްޞަ ދުއާ އަކާއި ސިފައިންގެ ލަވައިންނެވެ. ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ޤާއިމްކޮށްފައިވާ ހުރިހާ މަރުކަޒެއްގައި ވެސް ވަނީ މިއަދު ހެނދުނު ކުރިއަށްގެންގޮސްފައެވެ.

ސިފައިންގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/އެމްއެންޑީއެފް

ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިފައިވަނީ 1892 އޭޕްރީލް 21 ވަނަ ދުވަހު އެވެ. އަދި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އޭޕުރީލް މަހުގެ 21 ވަނަ ދުވަހެވެ.

ކޮމެންޓް
ވ
މާރިޔާ ބޮލުގާ އޅާލާނެ ފޮތިކޮޅެއްވެސް ނުލިބުނީބާ
21 Apr 2023
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.