ހަބަރު
23 Apr 2023 | 11:46
ޝައްވާލު މަހުގެ 6 ރޯދަ ހިފުމުގެ މާތްކަން

ނިމިގެން މިދިޔައީ ބަރަކާތްތެރި ވެގެންވާ ރަމަޟާން މަހެވެ. ރަމަޟާން މަހަށްފަހު އަހަރެމެންނާއި ބައްދަލު ކޮށްފައި މިވަނީވެސް އަޅުކަމުގެ މަހެކެވެ. އާދެ ޝައްވާލު މަހެވެ. ޝައްވާލު މަހަކީ ޙައްޖުގެ (أشهرالحجٍ)މަސްތަކުގެ ތެރެއިންވާ މަހެކެވެ. ޙައްޖުގެ މަސްތަކަކީ ޝައްވާލު، ޛުލްޤައިދާ، ޛުލްޙިއްޖާ މިތިން މަހެވެ. އެއީ މަސްތަކެއްގެ މުހިންމުކަމަށްޓަކައި، އަޅުކަންކުރުމުގައި މުރާލިވުމާއި ރޯދަ ހިފުމުގެ ބޭނުމުގައި، މާތްالله ޚާއްޞަކުރެއްވި މަސްތަކެވެ. 

ރަމަޟާން މަސް ނިމުމަށްފަހު ޝައްވާލު މަހުން 6 ރޯދަ ހިފުމަކީ ހެޔޮޢަމަލުގެ ތިލަފަތް ބަރުކޮށްލަން ލިބިގެންދާ އަގުހުރި ރަނުގެ ފުރުޞަތެކެވެ. ޝައްވާލު މަހުގެ 6 ދުވަހުގެ ރޯދަހިފުމަށް ލޮބުވެތި ނަބިއްޔާ ޞައްލަالله ޢަލައިހި ވަސައްލަމް ވަނީ އުއްމަތަށް އިރުޝާދު ދެއްވާފައެވެ. އޭގެ މާތްކަން ބަޔާން ކުރައްވާފައެވެ. މި ހަ ރޯދަ ހިފުމަށް ބާރުއަޅުއްވާފައިވެއެވެ.

ރަސޫލާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ.

«مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ، كَانَ كَصِيَامِ الدَّهْرِ» [1]

މާނައީ: "ރަމަޟާން މަހު ރޯދަ ހިފާ، ދެން އެއަށްފަހު ޝައްވާލުމަހު ހަ ރޯދަ ހިފައިފިމީހާ ދަންނައެވެ. އޭނާ މުޅި އަހަރު ރޯދަހިފި ފަދައެވެ."

މި ހަދީޘުންވެސް ޝައްވާލުމަހުގެ ހަ ރޯދަ ހިފުމަކީ އިތުރުކަން ބޮޑުވެގެންވާ ގިނަގުނަ ސަވާބު ލިބޭ އަޅުކަމެއް ކަން އެގެއެވެ.

މީގެ އިތުރުން ވެސް، ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަކީ ސުންނަތް ވެގެންވާ އަޅުކަމެއް ކަމުގައި ވާއިރު، ސުންނަތް އަޅުކަންތައް އަދާކުރުމުން ލިބޭ އަޖުރު އެ ރޯދައިންވެސް ލިބިގެންދާނެ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

އެގޮތުން ފަޟުކަންތައް ކުރުމުގައި އުނިވެފައިވާ ކަންތައްތަކުގެ އުނިކަން ފޫބައްދައި ދޭނެ ކަމަށް ޢިލްމުވެރިން ފާހަގަކުރައްވައެވެ. އެހެނީ ޤިޔާމަތް ދުވަހު ނަމާދުގެ ހިސާބު ބެއްލެވޭ ހިނދު ފުރިހަމަ ނުވާ ކަންތައް ފޫބެއްދުމުގެ ގޮތުން މީހާކޮށްފައިވާ ސުންނަތް ކަންތައް ޖަމާކުރެވޭ ހުއްޓެވެ. އަދި އެއިން ކުރީގެ ކަންތަކަށް ސަވާބު ޖަމާކުރެވޭނެކަން ޙަދީޘުން އެގިފައިވެއެވެ.

އަދި ހަމައެހެންމެ، އޭގެ ސަބަބުން އަޅާ އޭނާ ހެއްދެވި ކަލާނގެ އާއި ކުތްތަންވުން އިތުރުވުމާއި އެކަލާނގެ ރުހިވޮޑިގަތުމާއި ލޯބި ހާސިލުވެ، ފަރުޟު ކަންތައް އަދާކުރުމަށް ފަސޭހަވެ މަގުފަހިވުމާއި މެދު ނުކެޑި އެކަމުގައި ދެމިހުރުމުގެ ހިތްވަރު މިފަދަ ސުންނަތް އަޅުކަންތައް އަދާ ކުރުމުން ލިބިގެންދެއެވެ. 

އެހެންކަމުން މި ޚާއްސަ މައްސަރުގެ އަޖުރު ފުރިހަމަ ގޮތުގައި ލިބިގަތުމަށް ހަ ރޯދަ ހިފައި، ގިނަ ގިނައިން ގުރުޢާން ކިޔަވައި، ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައްވެސް އަދާކޮށް، ހެޔޮ ޢަމަލުތައް ގިނައިން ކުރުމުގައި ސާބިތުވެ ތިބުމަށް ޢިލްމުވެރިން ނަސޭހަތްތެރިވެއެވެ. 

ޝައްވާލު މަހަކީ އިސްލާމީ ތާރީޚް ގައިވެސް ފާހަގަކޮށްލެވޭ ގިނަ ކަންތައްތަކެއް ހިނގައިފައިވާ މަހެކެވެ.

އޭގެތެރޭގައި، ކީރިތި ރަސޫލާ، ޢައިޝަތުގެފާނާ ކައިވެނި ބައްލަވައިގަތުމާއި، ޢުމައިރު ބިން ވަހުބުކިޔާ މީހަކާއި، ޞަފްވާން ބިން އުމައްޔާ ކިޔާމީހަކުވެގެން އިތުރު އެކަލޭގެފާނުގެ ފުރާނަފުޅަށް ގެއްލުންދޭން ރޭވިގެންދިޔުމާއި، ހިޖްރައިން ތިންވަނަ އަހަރުގެ ޝައްވާލުމަހުގެ ތެރޭގައި، އުޙުދު ހަނގުރާމަ ކުރެވިގެންދިއުން ހިމެނެއެވެ. އުހުދު ހަނގުރާމަ އަކީ ޙަމްޒާ ބިން ޢަބްދުލްމުއްޠަލިބާއި އެނޫންވެސް އެތައް ޞަޙާބީ ބޭކަލުންނެއް ޝަހީދުވެގެންދިޔަ ހަނގުރާމަ އެކެވެ. މީގެ އިތުރުން ޙުނައިނު ހަނގުރާމަވެސް ކުރެވިގެންދިޔައީ ޝައްވާލު މަހެއްގައެވެ. އެއީ ހިޖްރައިން އަށްވަނަ އަހަރުގެ ޝައްވާލު މަހެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.