ހޫނުގަދަ ދުވަހެއްގައި މާރުކޭޓު ސަރަހައްދުގައި މީހަކު މަސައްކަތެއް ކުރަނީ.-- ފޮޓޯ:/ މިހާރު
ހަބަރު
23 Apr 2023 | 13:20
މިއީ އެންމެ ހޫނުގަދަ މަސް ކަމަށްވާތީ ހޫނުން ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފި

މިހިނގާ އޭޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ މަސް ކަމަށްވާތީ، ހޫނުން ރައްކާތެރިވެ ތިބުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ބުނީ މި ދުވަސްވަރު ވައި މަޑުވުމާއި، އޭގެ ސަބަބުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށް ވުރެއް އިހުސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާ ކަމަށެވެ. އަދި މިއީ އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރު ކަމަށްވެސް މެޓުން ބުންޏެވެ.

އެގޮތުން ހދ. ހަނިމާދޫއާއި ގދ. ކައްދޫއަށް 32 ޑިގްރީސެލްޝިއެސްއަށް ހޫނިމިން މަތިވާނެ ކަމަށް ލަފާކޮށްފައި ވާއިރު، އެ ދެ ސަރަހައްދަށް 40 ޑިގްރީސެލްޝިއެސްއަށް ފިނިހޫނުމިން އިހުސާސް ކުރެވޭނެކަމަށް މެޓުން ބުންޏެވެ.

އިރުގެ ދޯދިންނާއި ހޫނުން ރައްކާތެރިވެ ތިބުމަށްޓަކައި ކުޑަ ބޭނުން ކުރުމާއި ކުލަ މަޑު، ހަށިގަނޑު ނިވައިވާ ވަރުގެ ދޫ ހެދުމަށް ލުމަށް މެޓުން އިލްތިމާސް ކުރެއެވެ.

އޭގެ އިތުރުން ބޮޑަށް ނިވައިވާފަދަ ފުޅާ ތޮތްޕެއް ބޭނުންކުރުމާއި، ގިނަ ވަގުތު އަވީގައި އުޅޭނަމަ ސަން ލޯޝަން ބޭނުން ކުރުމުގެ އިތުރުން ގިނައިން ފެންބުއިމަށް މެޓުން ވަނީ ހަނދާންކޮށްދީފައެވެ.

ހަމައެޔާއެކު، ގިނައިން ހަކުރު އެކުލެވޭ ބުއިންތައް ނުބޮއުމާއި ޔޫވީ ރޭޑިއޭޝަން ފިލްޓަރ ކޮށްދޭފަދަ އަވި އައިނެއް ބޭނުން ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ހޫނުގަދަ ވުމުގެ ސަބަބުން ދިމާވެދާނެ ބައެއް ސިއްހީ މައްސަލަތައް:

* ވަރުދެެރަވުން

* އަކުނިވަޔަށް ދެމުން

* ބޮލުގައި ރިއްސާ ބޯ އެނބުރުން

* ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން ކުޑަކަމުދެވޭ މިންވަރު މަދުވުން އަދި ކުޑަކަމުދާއިރު ކުލަ ގަދަކޮށް ހުރުން

* ލޮލަށް ލިބޭ ގެއްލުން

* ހަށިގަނޑު އެނދުމުގެ ސަބަބުން ހަށިގަނޑު ރަތްވެ ފޮޅުނެގުން އަދި ކުދި ރަތް ބިހިނެގުން ހިމެނެއެވެ.

މެޓުން ބުނީ ހޫނުގަދަ ގަޑީގައި ތުއްތުކުދިން ބޭރަށް ނުގެންދިއުމަށް އެދޭ ކަމަށާއި އަދި ބޭރަށް ގެންދާނަމަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ. އަދި ގާތުން ކިރުދިނުމާއެކު ހަމަސް ވެފައިވާ ކުދިންނަށް ގިނައިން ދިޔާތަކެތި ދިނުމަށް މެޓުން އިލްތިމާސް ކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.