ހުޅުމާލެ ފަޅުގައި އަޅާފައި ހުރި ބައެއް އުޅަނދުފަހަރުތައް/ ފޮޓޯ: އިންޓަނެޓް
ހަބަރު
23 Apr 2023 | 20:40
ހުޅުމާލޭ ފަޅުގައި އަޅާފައި ހުރި ބޯޓުފަހަރުތައް އޮޔާ ދަނީ، ސަމާލުވޭ!

ހުޅުމާލޭ ފަޅުގައި އަޅާފައި ހުރި ބާ ބޯޓުފަހަރުތައް އޮޔާދާތީ ސަމާލުވާން އާބަންކޯއިން އަންގައިފި އެވެ. 

އެކަން ބޯޓިން އެސޯސިއޭޝަނުން ވަނީ އެ ފަޅުގައި އަޅާފައިވާ އެހެން އުނޅަދުތަކުގެ އޮޑިވެރިންގެ ސަމާލުކަމަށް ގެނެސްފަ އެވެ. 

ބޯޓިންގ އެސޯސިއޭޝަނުން ބުނީ އެއްވެސް މީހަކު ނެތް، ބާ މަސްދޯނި ތަކެއް އޮޔާ ދިއުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި، ފަޅުތެރޭގައި އޮޔާ ދާ ބޯޓުތަކުގެ ސަބަބުން އެ ސަރަހައްދުގައި އަޅާފައިވާ އެހެން އުޅަނދުތަކަށް ވެސް ނުރައްކާވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. 

އެ އެސޯސިއޭޝަނުން ވަނީ ހުޅުމާލޭ ފަޅުގައި އަޅާފައިވާ ބާ ބޯޓު ފަހަރުތައް އޮޔާ ދާ މައްސަލަ އާބަންކޯގެ ސަމާލުކަމަށްވެސް ގެނެސްފަ އެވެ. 

ހުޅުމާލެ ފަޅުތެރޭގައި އަޅާފައިވާ ބޯޓުތަކެއްގެ ފައްތިޔާ ކަނޑައިގެން ގޮސް އޮޔާދާތީ ސަމާލުވާން އާބަންކޯއިންވެސް ވަނީ އަންގާފައި އެވެ. އޭގެ އިތުރުން ހުޅުމާލޭ ފަޅުތެރޭގައި މެރިން ޕޮލިހުންވެސް ހަރަކާތްތެރިވަމުން ގެންދިޔަ އެވެ.

އެ ފަޅުގައި ހުރި އޮޑިފަހަރުގެ ތެރެއިން، އޮޔާ ދަމުން ދަނީ މީގެ ކުރިން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ބޭރުގައި ލޭނު މަސްވެރިކަމުގައި ބޭނުންކުރި ވައްތަރުގެ އޮޑިތަކެކެވެ. އެ ބާވަތުގެ މަސްވެރިކަމުގައި މަސްވެރިކަމަށް ގެއްލުން ހުރި ގިނަ ކަންކަން ހިމެނޭތީ 2019 ވަނަ އަހަރު ސަރުކާރުން ވަނީ ލޭނު މަސްވެރިކަން މުޅިން މަނާ ކޮށްފަ އެވެ.

އޭރުންސުރެ ފެށިގެން އެ އޮޑިތައް ހުންނަނީ ބޭނުން ނުކޮށް ހުޅުމާލޭ ފަޅުތެރޭ އަޅާފަ އެވެ.

ހުޅުމާލޭ ފަޅުތެރޭގައި ގިނަ އަދަދެއްގެ ސަފާރީ ބޯޓުފަހަރުވެސް އަޅާފައި އޮންނައިރު، އޮޔާދާ ބޯޓުތަކުގެ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކޮށްދިނުމަށް ބޯޓިން އެސޯސިއޭޝަނުން ވަނީ އެދިފައެވެ. އަދި އެފަދަ ބޯޓެއްގެ ސަބަބުން ލިބިދާނެ ގެއްލުމަށް ސަމާލުވުމަށް އެ އެސޯސިއޭޝަނުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.