ރައީސް ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރާއެކު/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
24 Apr 2023 | 12:09
މޮރިޝަސްއާއެކު ހެދި "ޑީލު" ހާމަކުރުމަށް ގޮވާލާ ހުށައެޅި ކުއްލި މައްސަލައިގައި ބަހުސް ކުރިއަށް!

ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ސަރުކާރުން މޮރިޝަސްއާއެކު ހަދާފައިވާ "ޑީލު" ތަހުގީގުކޮށް، މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފޮނުއްވި ސިޓީ ހާމަކުރުމަށް ގޮވާލާ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ހުށައެޅުއްވި ކުއްލި މައްސަލަ ބަލައިގަނެ ބަހުސް ފަށައިފި އެވެ. 

އާދަމް ޝަރީފު ހުށައެޅުއްވި އެ ކުއްލި މައްސަލައިގައި ބުނެފައިވަނީ ރާއްޖޭގެ ބިމުން ވެލިފުކެއްގެ މިންވަރު ވިޔަސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކޮޑި އިންޗިއެއްގެ މިންވަރު ވިޔަސް އެއްވެސް ބަޔަކަށް ދިނުމަކީ ނުވަތަ ވިއްކުމަކީ ދިވެހިން ނިޔާޔަތަށް ދެކޮޅު ހަދާ ކަމެއް ކަމަށެވެ.

ކަން އެހެން އޮތްއިރު ފޯޅަވަހި ހިމެނޭ ގޮތުން ރާއްޖޭގެ ދެކުނުގައި އޮންނަ ޗާގޯސް އައިލެންޑްސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްގެ ގޮތުގައި ހަމަޖެއްސުމަށް، އެގައުމުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ލޯ އޮފް ދަ ސީސް އަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ކުރިން ގެންގުޅުނު ސިޔާސަތާއި ސްޓޭންޑު ކުއްލިއަކަށް ބަދަލުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ސިއްރު ސިޓީފުޅެއް ފޮނުވި މައްސަލައަކީ ރައްޔިތުންގެ މެދުގައި އިންތިހާއަށް ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ. 

"ޗާގޯސްގެ މައްސަލައަކީ ރާއްޖޭގެ ސިޔާސީ، ހާރިޖީ، އިގްތިސާދީ އަދި ސިޔާދަތީ ބާރުތަކާއި ރާއްޖޭގެ އެންމެ މަސްލަހަތު ތަކާއި ނުހަނު ގުޅުންހުރި މައްސަލައަކަށް ވާއިރު، އެމްޑީޕީ ލީޑްކުރާ ކޯލިޝަން ސަރުކާރު އައުމުގެ ކުރިން ރާއްޖެއިން ވަކާލާތު ކޮށްފައިވާ މޮރިޝަސްއާ ދެކޮޅަށް ޗާގޮސްގެ މައްޗަށް ބާރުހިނގާ ގައުމެއްގެ ގޮތުގައި އިނގިރޭސިވިލާތް އޮތުމަށް ކަމަށް ވެފައި އެގޮތަށް އަތުމުން އެ ސަރަހައްދުން ރާއްޖެ ހިމެނޭ ބައި ހޯދުމަށް މޮރިޝަސްއަށް ވަކާލާތު ކުރުމުގެ ފުރުސަތު ހަނި"

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު 

އާދަމް ޝަރީފުގެ އެ މައްސަލައިގައި ވަނީ ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަގްލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަނޑައެޅިގެން ބަޔާންކޮށްފައިވާއިރު އްޔިތުންނާއި މަޖިލީހަށްވެސް އެއްވެސް ކަމެއް ހާމަކުރުމެއް ނެތި ކުރިން ރާއްޖެއިން ގެންގުޅުނު ސިޔާސަތާއި ސްޓޭންޑު ކުއްލިއަކަށް ބަދަލުކޮށް، މޮރިޝަސްއަކީ ޗާގޯސްގެ ސިޔާދަތީ ބާރު ހިނގާ ގައުމެއްގެ ގޮތުގައި ސަރުކާރުން ނިންމައި، އެކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްއަށް ފޮނުއްވި ސިޓީއަކުން އެންގެވުމަކީ އިއާދަ ނުކުރެވޭނެ ވަރުގެ ބޮޑެތި ގެއްލުން ރާއްޖެއަށް ލިބޭނެ ކަމެއް ކަމަށެވެ. 

އެހެންކަމުން ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަށް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ހާމަކޮށް، އެ މައްސަލައިގައި ޑީލު ހެދިކަމަށް ކުރެވޭ ތުހުމަތުތައްވެސް ތަހުގީގުކޮށް ބެލުމަށް އެ މައްސަލައިގައި ވަނީ ގޮވާލައްވާފަ އެވެ. 

މަޖިލީހުގައި ތިއްބެވި މެމްބަރުންގެ އަގުލަބިއްޔަތުން އެ މައްސަލަ ބަލައިގަނެ ބަހުސް ކުރަން ފައްޓަވާފައިވާއިރު، މިހާތަނަށް ވާހަކަދެއްކެވި ގިނަ މެމްބަރުން ވަނީ ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ ބާތިލުކުރަން ޖެހޭކަމަށް ވިދާޅުވެފަ އެވެ. އަދި ސަރުކާރުގެ ސްޓޭންޑް ބަދަލުކުރުމުގައި ޝާމިލުވާ ހުރިހާ މީހުން ޒިންމާކުރުވުމަށް ވެސް މެމްބަރުން ވަނީ ބާރު އަޅުއްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.