ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ހަބަރު
24 Apr 2023 | 16:18
ފޯޅަވަހީގެ ސިޔާދަތީ ބާރުވެރިކަން އެންމެ ހައްގީ ދިވެހިރާއްޖެއަށް: ނަޝީދު

ދިވެހިރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހީގެ ސިޔާދަތީ ބާރުވެރިކަން ލިބުން އެންމެ ހައްގުކަން ބޮޑީ ދިވެހިންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ނަޝީދު މިފަދައިން ވިދާޅުވެފައިވާ ފޯޅަވަހި މައްސަލައާއި ގުޅިގެން މަޖިލިސް މެމްބަރުންގެ ރަސްމީ ވަޓްސް އަޕް ގުރޫޕަށް ފޮނުއްވި ލިޔުމެއްގަ އެވެ. 

"ފޯއްޅަވަހި: ރާއްޖޭގެ ފަޅުރަށެއް" މި މައުލޫގައި ނަޝީދު ލިޔުއްވާފައިވާ އެ ލިޔުމުގައި ވިދާޅުވެފައިވަނީ ފޯޅަވަހީގެ ސިޔާދަތު ބަޔަކަށް ދޭނަމަ އެންމެ ހައްގުކަން ބޮޑު ބަޔަކީ ދިވެހިން ކަމަށެވެ. 

ރަޝީދު ފޮނުއްވި އެ ލިޔުމުގައި ވަނީ ތާރީހުގައި ހިނގާފައިވާ ކަންކަމަށް އަލިއަޅުވާލައްވާ އަދި ފޯޅަވަހި މައްސަލައިގައި މީގެކުރިން ކުރެވިފައިވާ ބައެއް ދިރާސާތަކަށް ބަލައި މުހިންމު މައުލޫމާތުތަކެއް ހިއްސާކޮށްފަ އެވެ. 

ނަޝީދުގެ އެ ލިޔުމުގައި ފާހަގަކޮށްފައިވާ ގޮތުގައި މޮރިޝަސްގައި ދިރިއުޅެމުންދަނީ ފޯޅަވަހީގެ މީހުންނެއް ނޫނެވެ. ފޯޅަވަހީގައި ބަނޑަހަ ޖަހައިގެން އުޅުނީ ދިވެހި މަސްވެރިން ކަމަށާއި، ޚާއްސަގޮތެއްގައި އެތަނުގައި އުޅުނު ގިނަ މީހުންނަކީ ފުވައްމުލަކަށް ނިސްބަތްވާ މީހުންކަމަށް ނަޝީދުގެ ލިޔުމުގައި ވެއެވެ. 

"އިގިރޭސި ދައުލަތުން ޗާގޯސް ރިޖްގެ ރައްރަށުން ފައިބާ އިރެއްގައި ޑިއޭގޯ ގާސިޔާ އާއި އަދި އެހެން ބައެއް އަތޮޅުތައް މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށަށް ފުރޮޅުނު ނަމަވެސް ފޯއްޅަވަހި ގެ ސިޔާދަތީ ބާރުވެރިކަން ލިބުން އެންމެ ހައްގީ ދިވެހިންނަށެވެ"

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު 

ނަޝީދު ވިދާޅުވީ ރަށް އުފެދިފައިވާ ގޮތަށް ބަލާލި ނަމަވެސް، އަދި ރަށަށް ދީފައިވާ ނަމާއި ވައްޓަފާޅިއަށް ބަލާލި ނަމަވެސް ފޯޅަވައްސާއި ފުވައްމުލަކާއި އެއްގޮތް ކަންތައްތަކެއް ހުންނަ ކަމަށެވެ. އެ ހުރިހާ ކަމަށް ބެލި ނަމަވެސް ފޯޅަވަހީގެ ސިޔާދަތު ލިބުން އެންމެ އައުލާކަން ބޮޑީ ދިވެހިންނަށްކަން ނަޝީދު ފާހަގަކުރައްވާފައި ވެއެވެ. 

ނަޝީދު ގެންދަވަނީ ފޯޅަވަހި މައްސަލައިގައި ދައުލަތުގެ ސްޓޭންޑް ބަދަލުކުރުމާއި ގުޅިގެން ނުރުހުން ފާޅުކުރައްވަމުން ނެވެ. 

އެ މައްސަލައިގައި ދައުލަތުގެ ސްޓޭންޑް ބަދަލުކޮށްފައިވަނީ މޮރިޝަސްއާއެކު ޑީލެއް ހަދައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބޮޑެތި ތުހުމަތުތަކެއްވެސް ދަނީ ކުރެވެމުން ނެވެ. އެ މައްސަލައިގައި ގޮތް ނިންމުމަށް އަންނަ ހުކުރު ދުވަހު ވަނީ ބައިނަލްއަގްވާމީ ކޯޓުގައި ތާވަލުކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.