މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު-- ފޮޓޯ/ މަޖިލިސް
ހަބަރު
24 Apr 2023 | 21:09
ޝަރީއަތުގެ މަޖްލީހުގައި، ރާއްޖެއިން ފޮނުވި ސިޓީގައިވާ ކަންކަން މޮރިޝަސްއިން ވަނީ ހާމަކޮށްދީފައި: ޠާރިގު

އެޓްލަސްގައި ބޭއްވުނު ޝަރީއަތުގެ މަޖްލީހުުގައި މޮރިޝަސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ފޮނުއްވާފައިވާ ސިޓީގެ ވާހަކަ ދައްކާފައިވާ ކަމަށް ރައްޔިތުން މަޖްލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.

ޠާރިގު މިހެން ވިދާޅުވެފައިވަނީ މިއަަދުގެ ރައްޔިތުން މަޖިލީހުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ސަރުކާރުން މޮރިޝަސްއާއެކު ހަދާފައިވާ "ޑީލު" ތަހުގީގުކޮށް، މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފޮނުއްވި ސިޓީ ހާމަކުރުމަށް ގޮވާލާ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ހުށައެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރަމުންނެވެ. 

އެގޮތުން ޠާރިގު ފުރަތަމަ ކަމަކަށް ފާހަގަކުރެއްވީ މިހާރު އޮތް ސަރުކާރު އައި ފަހުން، 2019 ވަނަ އަހަރުގެ ތެރޭގައި މޮރިޝަސްގެ ފަރާތުން އިންޓަރނޭޝަނަލް ކޯޓަށް ހުށަހެޅި މައްސަލާގައި އެތަނުން ނެރުނު ކޮންމެހެން އަމްލުކުރުން ލާޒިމް ނޫން ގާނޫނީ ލަފާއެވެ.

އެގޮތުން މި ލަފާއަށް އަމަލުކުރުމަށް ޖެނެރަލް އެސެމްބްލީ އަށް ފޮނުވާ އޭތި ފާސްކުރިއިރު ދިވެހިރާއްޖޭގެ ސަރުކާރުން ވޯޓު ދީފައި ވަނީ ނުވަތަ ރާއްޖޭގެ ސިޔާދަތީ ބާރު ހިފެހެއްޓުމަށްޓަކައި ރާއްޖޭގެ ސްޓޭންޑަކަށް ވެފައި އޮތީ މޮރިޝަސް އާ ދެކޮޅަށް، އިނގެރޭސި ވިލާތާއި އެއްކޮޅަށް ކަމަށް ޠާރިގް ވިދާޅުވިއެވެ.

މިއާއިއެކު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިދިޔަ އަހަރު ތެރޭގައި މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީގައި އޮތް އިބާރާތް ސާފުކޮށް ނޭނގުނު ނަމަވެސް އެންމެ ފަހުން އެޓްލަސްގައި ބޭއްވި ޝަރީއަތުގެ މަޖްލީހުގައ މޮރިޝަސް ގެ ފަރާތުން އެސިޓީއާއި ބެހޭގޮތުން ވާހަކަ ދައްކާފައިވާ ކަމަށް ޠާރިގު ވިދާޅުވިއެވެ.

"އެ ސިޓީގައި އޮތް އިބާރަތް ކަމަށް މޮރިޝަސްގެ ފަރާތުން ވަކާލާތު ކުރަމުން މިބުނަނީ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީގައި އެމެރިކާގެ މިލިޓަރީ ބޭސްއެއް އޮތް ޑީއޭގޯ ގާސިއާ ހިމެނޭ ސަރަހައްދަށް ރާއްޖެ މެދުވެރިކޮށް ދިޔުމުގެ ފުރުސަތު ހޯދައި ދޭނެ ކަމަށް. ވަރަށް ނުރައްކާތެރި ވާހަކަ އެއްގެ ވާހަކަ އެއް ސިޓީގަ އޮތް ކަމަށް އެޓްލަސްގައި މޮރިޝަސްގެ ފަރާތުން ވާހަކަ ދައްކަވާފަ އެބައޮތް." ޠާރިގު ވިދާޅުވިއެވެ.

މި ސިޓީގައި އެމެރިކާގެ މިލިޓަރީ ބޭސް އޮތް ތަނަކަށް ސާވޭ ކުރުމަށް މޮރިޝަސްގެ ބޮޑު ވަޒީރު އެގައުމުގެ ފަރާތުން ފޮނުވާ ސާވޭ ޓީމް ދިވެހިރާއްޖެ މެދުވެރިކޮށް ކޮށް އައްޑޫ ކޮޅުން ފޮނުވައިދޭނެކަމަށްވާ ކަމަށް ބުނެފައިވާ ކަމަށް ވެސް ޠާރިގު ވިދާޅުވިއެވެ.

"މިލިޓަރީ ބޭސްއަކާއި ދޭތެރޭ ދިވެހިރާއްޖެ ހަނގުރާމަ އުފެދިދާނެ ހާލަަތެއް ހިނގައިދާނެ ކަމަށް އެސިޓީގައި އޮތް ކަމަށް އެޓްލޮސްގަ މޮރިޝަސްގެ ފަރާތުން އެބޮތް ވަކާލާތު ކޮށްފަ. މި ހުންނަނީ ވަރަށް ނުރައްކާތެރި ކަންތައްތައް." ޠާރިގު ވިދާޅުވިއެވެ.

އެޓްލަސްގައި ބޭއްވުނު ޝަރީއަތުގެ މަޖްލީހުގައި ދެކެވުނު ވާހަކަތަކުގެ ތެރޭގައި ރައީސް ޞާލިހް މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީގެ ވާހަކަ ދައްކާފައިވެއެވެ. އެގޮތުން މި ސިޓީގައި ރައީސް ޞާލިހް ވަނީ މޮރިޝަސްގެ ބޮޑު ވަޒީރު ފޯޅަވައްސަށް ކުރިމަގުގައި ކުރާ ދަތުރުތައް ފަސޭލަކޮށްދިނުމަށް ދިވެހިރާއްޖެއިން އެހީތެރިވެދޭނެ ކަމުގެ އެއްބާރުލުމާއި ޔަގީންކަން ދީފައި ކަމަށް މޮރިޝަސްގެ ފަރާތުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.