ސުލައިމާން އަށް ހަމަލާދިން ސަރަހައްދު
ދުނިޔެ
24 Apr 2023 | 20:49
އިޒްރާއިލުން ފަލަސްޠީނުގެ މީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފި

އިޒްރާއިލް ސިފައިން ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި މީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފިއެވެ.

އަޤަބަތް ޖަބަރް ރެފިޔުޖީ ކޭމްޕްގައި އިޒްރާއިލް ސިފައިން ހިންގި މިލިޓަރީ ރެއިޑެއްގައި ޝަހީދުކޮށްލި މީހަކީ ސުލައިމާން އަޔުޝް ނަމަކަށް ކިޔާ މީހެކެވެ.  

ޖެރިކޯގެ ގަވަރުނަރު ޖިހާދު އަބޫ އަސަލް ބުނެފައިވަނީ، ސުލައިމާން ގެ ގަޔަށް އޭނާ މަރުވަންދެން ބަޑިޖަހައިފައިވާކަމަށެވެ. މި ހާދިސާ ހިނގި ޖަބަރް ރެފިޔުޖީ ކޭމްޕަކީ އިޒްރާއިލް ސިފައިން އާންމުކޮށްވެސް ވަދެ ރެކިޑުގެ ނަމުގައި އާންމު ގޮތެއްގައިވެސް ފަލަސްޠީނުގެ މީހުންނަށް އެކިވަރުގެ އަނިޔާދޭ ސަރަހައްދަކަށް ވަނީ ވެފައެވެ. 

އިޒްރާއިލް ސިފައިން ބުނެފައިވަނީ އެމީހުން އެސަރައްހައްދަށްވަނީ ހަތިޔާރުއެޅި ހަނގުރާމަވެރި ދެމީހުން ކަމަށް ޝައްކުކުރެވޭ ދެމީހަކު ހޯދުމަށް ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ހައްޔަރު ކުރެވިފައިވާކަމަށްވެސް އިޒްރާއިލް ސިފައިން ވަނީ ބުނެފައެވެ. 

އިޒްރާއިލް ސިފައިންނާއި ފަލަސްޠީނުގެ މީހުންނާއި ދެމެދު އޮތް ހަމަނުޖެހުންތައް ފާއިތުވި އަހަރު ވަރަށް ބޮޑުތަނުން ވަނީ އިތުރުވެފައެވެ. 

އިޒްރާއިލުން ބުނަނީ އެމީހުން  ހަތިޔާރާއި އުކު ކުރިއަށް ގެންދާ ރެއިޑް ތަކަކީ އެސަރަހައްދުގެ ސަލާމަތަށްޓަކައި ކުރިއަށް ގެންދާ ރެއިޑް ތަކެއް ކަމަށެވެ. އެހެން ކަމުން އެ ރެއިޑުތައް މެދު ކަނޑާ ނުލެވޭނެ ކަމަށެ.

މި ފާއިތުވި މަހުން ފެށިގެން އިޒްރާއިލާއި ފަލަސްޠީނާއި ދެމެދު އޮތް ހަމަނުޖެހުން ތައް ވަނީ ވަރަށް ބޮޑުވެފައެވެ. ރަމަޟާން މަހު މަސްޖިދުލް އަޤްޞާގައި ރޭ އަޅުކަން ކުރަން ތިބި ބަޔަކު މިސްކިތް ތެރޭގައި ތިއްބައި އިޒްރާއިލް ސިފައިން ވަނީ ހަތިޔާރާއި އެކު މިސްކިތަށް ވަދެ މިސްކިތުގެ ހުރުމަތް ކަނޑައި އިޢްތިކާފަށް ތިބި މީހުންނަށް ހަމަލާވެސް ދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.